އަދުގެ ޚާއްސަ

Print

ޙައްޖާޖީންގެ ތެރޭގައި އޫރުރޯގާ ފެތުރިގެން ނުދެ އެވެ.

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެނގޭތަ


ޢަބްދުލްމުޢީދު ޙަސަން


މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރީ، ގާތްގަނޑަކަށް 2300000 (ދެ މިލިޔަން ތިންސަތޭކަ ހާސް) ޙައްޖާޖީންނެވެ.

އޭގެތެރެއިން 700000 (ހަތް ސަތޭކަ ހާސް) ޙައްޖާޖީންނަކީ، ޤަވާޢިދާ ޚިލާފަށް ޙައްޖުވި ޙައްޖާޖީންނެވެ.

ޤަވާޢިދާ ޚިލާފަށް ޙައްޖުވި ޙައްޖާޖީންގެ ތެރޭގައި ގިނައީ މަސައްކަތު މީހުންނެވެ.

އައްރިޔާޟު ދުވަހު ނޫހުގެ ވެބްސައިޓުގައި މީހަކު ފާޅުކޮށްފައިވާ ޚިޔާލެއްގައި ވެ އެވެ.
"ޤަވާޢިދާ ޚިލާފަށް ޙައްޖުވާ މީހުންނަށް ސަޢޫދީ ސަރުކާރުން ފޭލިގެ ޖަހައިދޭންވީ އެވެ. އޭރުން އެމީހުން މަގުމަތި ހަޑިކޮށް ނުހަދާނެ އެވެ. އަދި އެމީހުންގެ ސަބަބުން، ތަނުގެ ޢާއްމު ނިޒާމަށާއި އެހެން ޙައްޖާޖީންނަށް އުނދަގުލެއް ވެސް ނުވާނެ އެވެ."

މިއަހަރު، ޙައްޖާޖީންގެ ތެރޭގައި އޫރު ރޯގާ ފެތުރިދާނެ ކަމުގެ ބިރު ވަރަށް ގިނަ ފަރާތްތަކުން ދެމުން ގެންދިޔަ އެވެ. ނަމަވެސް، ޙައްޖުގެ އަޅުކަން އަދާކޮށް ނިމުނީ، އެ ވަބާ ޙައްޖާޖީންގެ ތެރޭގައި ފެތުރިގެން ދިއުމެއް ނެތި އެވެ.

މުޅިއެކު، އޫރުރޯގާއަށް ޕޮޒިޓިވްވި ޙައްޖާޖީންގެ ޢަދަދަކީ، 73 އެވެ. އޭގެ ތެރެއިން މަރުވީ އެންމެ 5 މީހުންނެވެ.

ޙައްޖު މޫސުމުގައި ޙައްޖާޖީންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެނޫން ސާމާނު ވިއްކުމުގެ ޚިދުމަތްދިނުމަށްޓަކައި 33000 (ތިރީސް ތިން ހާސް) ފިހާރަ މައްކާގައި ހުޅުވިފައިވި އެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ