އަދުގެ ޚާއްސަ

Print

އޫރު ރޯގާ އާއި މޫސުމީ ރޯގާ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެނގޭތަ


ޢަބްދުލްމުޢީދު ޙަސަން


އޫރު ރޯގާ އަށް ދޭ ބޭހަކީ، ރައްކާތެރި އެއްޗެއް ނޫނެވެ.

ޢުމުރުން ދިހަ އަހަރު ނުފުރޭ ކުޑަކުދިންނާއި މާބަނޑު އަންހެނުންގެ ގަޔަށް، އޮސްޓްރޭލިއާގައި އޫރު ރޯގާގެ ވެކްސިން ނުޖަހަ އެވެ.

އޫރު ރޯގާގެ ބޭސް ބޭނުންކުރާ ބައެއް މީހުން މަރުވުމަކީ އެކަށީގެންވާ ކަމެކެވެ. (މިހާތަނަށް 40 މީހުން މަރުވެފައިވާ ކަމަށާއި، 12 މީހުން މުޅިން ވާ ވެފައިވާ ކަމަށް އެނގިފައިވެ އެވެ.)

އޫރު ރޯގާ އަށް ދޭ ބޭހުގެ ސަބަބުން މީހަކަށް ލިބޭ އެއްވެސް ގެއްލުމެއްގެ ޒިންމާ، ބޭސް އުފެއްދި ފަރާތުން ނުނަގާނެ އެވެ.

އޫރު ރޯގާ އަށް މިހާރު ދޭން އެންމެ ރަނގަޅު ފަރުވާއަކީ، މޫސުމީރޯގާ ޖެހުމުން ދޭ ފަރުވާ އެވެ.

އޫރު ރޯގާ ޖެހިގެން މީހަކު މަރުވުމަށްވުރެ، މަގުމަތީގައި އެކްސިޑެންޓެއް ވެގެން މީހަކު މަރުވުން މާ ގާތެވެ.



ކޮންމެ އަހަރަކު، 340000000 (ތިންސަތޭކަ ސާޅީސް މިލިޔަން) އަށްވުރެ ގިނަ މީހުންނަށް މޫސުމީ ރޯގާ ޖެހެ އެވެ.

މޫސުމީ ރޯގާ ޖެހިގެން ކޮންމެ އަހަރަކު، 250000 (ދުއިސައްތަ ފަންސާސް ހާސް) އާއި 500000 (ފަސްސަތޭކަ ހާސް) އާ ދެމެދުގެ ޢަދަދަކަށް މީހުން މަރުވެ އެވެ.

މޫސުމީ ރޯގާ ޖެހިގެން، އެމެރިކާގައި ކޮންމެ އަހަރަކު ގާތްގަނޑަކަށް 36000 (ތިރީސް ހަ ހާސް) މީހުން މަރުވެ އެވެ.



އޫރު ރޯގާ ފާޅުވިފަހުން، އޫރުރޯގާ ޖެހިގެން އެއްއަހަރު ދުވަހުގެ ތެރޭގައި މަރުވާނެ ކަމަށް، ކަމާބެހޭ ފަރާތްތަކުން ލަފާކުރާ ޢަދަދަކީ، 10000 (ދިހަ ހާސް) މީހުންނެވެ.

16 އޮކްޓޯބަރ 2009 އާ ހަމައަށް އޫރު ރޯގާ ޖެހިގެން މަރުވެފައިވާ މީހުންގެ ޢަދަދަކީ، 4735 (ހަތަރު ހާސް ހަތްސަތޭކަ ތިރީސް ފަހެއް) އެވެ.



އޫރު ރޯގާއަކީ، އަދި ނުރައްކާތެރި ބައްޔެއް ނޫނެވެ.

އޫރު ރޯގާ ނުރައްކާތެރި ބައްޔެއް ކަމުގައިވާނީ، އޭގެ ވައިރަސް މިހާރަށްވުރެ ބޮޑަށް ވަރުގަދަ ވެއްޖެނަމަ އެވެ. މިހާތަނަށް އެއީ ބަލިކަށި ވައިރަހެކެވެ.



މަޢުލޫމާތު ނެގި މަޞްދަރު: އިސްލާމްއޮންލައިން ޑޮޓް ނެޓް.

ހަމަމިގަލަމުން

އިދާރާ

ވާހަކަ