އަދުގެ ޚާއްސަ

Print

ހެޔޮ ދެމަފިރީންގެ ތަރާނާ، ޙަޤީޤީ ލޯބީގެ ނަމޫނާ

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


-ނަބީލް-

ކަލާ ރީއްޗެވެ. އެހެންނެއް ނޫނެވެ. ރީއްޗަކީ ކަލާއެވެ. ކަލާއަކީ ރީއްޗެވެ.
މިއީ ހިތެވެ. ޤަބޫލުކުރާ ގޮތެވެ.
އެހެންވީ ތިޔަ ރީތި ސޫރައަށް ދީފައި ހުރީ ޢިއްފަތުގެ ހަނދުވަރެވެ. ޢިއްޒަތުގެ ކުލަވަރެވެ.
އެހެންވީމާ ލޯ ވަނީ ތިޔަ ސޫރައިގައި ތަތްވެފައެވެ. އަތްވަނީ ހިތުގެ ހުންގާނުން ދޫވެފައެވެ.
    
މިއީ ލޯތްބެވެ. ލޯތްބަކީ މިއީއެވެ. މިކަމުގައި އޮތީ ދެފަރާތުގެ ނަފާވެރިކަމަށްޓަކައި ވަފާތެރިވުމެވެ. އޯގާތެރިކަމުގެ ވެދުންތަކާއެކު ތެދުވެރިވުމެވެ. އިޙްތިރާމުގެ ހަދިޔާތަކުން އިޙްސާންތެރިވުމެވެ.

ކަލާއަކީ ރީއްޗެވެ. ރީއްޗަކީ ކަލާއެވެ.
ކަޅުކުލައަކީ ތިޔަ އިސްތަށީގައި ހުރި ކުލައެކެވެ.
އޮމާންކަމަކީ ތިޔަ ހަންގަނޑުގައި ހުރި ގޮތެކެވެ.
އެހެންނެވެ. ތިޔަ އިސްތަށީގެ ފަށުވިކަމާއި ހަމުގެ އޮމާންކަން އަދި އެއްދުވަހަކުން އެކީ އެކަށް ދެމީހުންގެ ލޯތްބަށް ހަދިޔާކުރާނީއެވެ.
އޭރުން ވެސް ލޯބީގެ ކުލަ ވާނީ ރީތިވެފައި އޮމާނެވެ. ޙަޔާތުގެ މަލަ ވާނީ ސާފުވެފައި އަމާނެވެ.
މޫނަށް އަރާ ރުލަކުން މި ޙަޔާތަކަށް ބުރުލެއް ނާރާނެއެެވެ.

އަހަރެމެންގެ ޒުވާންކަން އަހަރެމެންގެ ދަރީންނަށް ހަދިޔާކުރާނީއެވެ.  އެފަހުގައި ހިނިތުންވެގެން ބަލަންތިބޭނީއެވެ.
އެހެނީ އެއީ އަހަރެމެންނެވެ. އެއީ އަހަރެމެންގެ ޒުވާންކަމެވެ. އެ ޒުވާންކަމަކީ އަހަރެމެން ދެމީހުން ތަހުޒީބުކުރި ލޯބީގެ މަތިވަރެވެ. މި ގޮތުގައި ތިބުމަށް ތަރުޙީބު ދިން ލޯބީގެ މޭވާއެވެ.
އޭގެ ރަހަ މީރުވާނެވެ. އެ ރަހައިން އަހަރެމެންނަށް ތާޒާކަން ލިބޭނެއެވެ.

    

ހަމަމިގަލަމުން

އިދާރާ

ވާހަކަ