މޮޅު ފަންނުވެރިއަކަށް ވާށެވެ.
އާދަމް ޝަރީފު މުޙައްމަދު، ރޯޒީ، ށ. ފުނަދޫ
ފަރުބަދައިގެ އެންމެ އުހުގައިވާ ގަހެއްގެ މަޤާމު ކަލާއަށް ނުލިބިއްޖެނަމަ
ވާދީގެ ތެރޭގައިވާ ގަހަކަށް ވާށެވެ. އެއީ
ވާދީގެ ތެރޭގައިވާ ހިލަގަނޑެއްގެ ކައިރީގައިވާ އެންމެ ރަނގަޅު ގަހަށެވެ.
ގަހަކަށް ވުމުގެ ފުރުޞަތު ނުލިބިއްޖެނަމަ ވެޔޮ ގަނޑަކަށް ވާށެވެ.
އަހަރެމެން އެންމެންނަކަށް ކައްޕި ކަމެއް ނުކުރެވޭނެއެވެ.
ފަޅުވެރިންގެ ގޮތުގައިވެސް ބަޔަކު އުޅެން ޖެހެއެވެ.
އަހަރެމެން އެންމެންނަށްވެސް ކޮންމެވެސް ކަމެއް ވެއެވެ.
ޚިޔާރު ކުރަންވީ ގާތުގައިވާ މަސައްކަތެކެވެ.
މާސިންގާ ކަނޑަކަށްވުމުގެ ފުރުޞަތުން މަޙުރޫމް ވެއްޖެނަމަ
ފަޅެއްގެ ޚިދުމަތްފޯރުކޮށްދިނުމަށް ފަޅަކަށް ވާށެވެ.
އިރެއްގެ މަޤާމު ނުލިބިއްޖެނަމަ ތަރިއަކަށް ވާށެވެ.
ކާމިޔާބީ ގުޅިފައިވަނީ ތިބާ ކުރާ މަސައްކަތުގެ ކުޑަބޮޑުމިނާ ހެއްޔެވެ؟
ކޮންމެ ކަމެއްކުރިއަސް އެކަމެއްގެ އެންމެ މޮޅު ފަންނުވެރިއަކަށް ވާށެވެ.
(ނިމުނީ)