އަދުގެ ޚާއްސަ

Print

ދިވެހިރާއްޖޭގައި އުޅޭ ބައެއް ބޮލި (1)

ޝާޢިއުކުރީ އަޙްމަދު ސަމީޢު . ހިމެނޭބަޔަކީ ތިމާވެށި

 
އަޙްމަދު ސަމީޢު

ބޮއްޔޭ ބުނުމުން އަޅުގަނޑުމެން ކޮންމެ ދިވެއްސަކަށް ވެސް އެނގެ އެވެ.  ނުވަތަ އަޅުގަނޑުމެން ކޮންމެ މީހަކަށް ވެސް  އެ ނަން ވަރަށް ފަރިތައޭ ހީކުރެވެ އެވެ.  ނަމަވެސް ބޮލި މިބަހަކީ ވަރަށް ބޮޑު އާއިލާއަކަށް ކިޔާ އާންމުނަމެވެ. އެހެންކަމުން ވަކި ކަހަލަ ބޮއްޔެއް، ނުވަތަ ވަކި ބަވަތެއްގެ ބޮއްޔެއްގެ ނަންބުނުމުން ވަރަށް ގިނަ ފަހަރަށް އެނަމަކާމެދު އަޅުގަނޑުމެންނަށް އޮންނަނީ ގޮތެއް ނޭނގި ފަ އެވެ. ކުޑަކޮށް ހުއްޓުން އަރައިލާގޮތްވެފަ އެވެ. ޚާއްޞަކޮށް ޒުވާން ދިވެހި ޖީލަށެވެ.

 ރާއްޖޭގައިވެސް ވަރަށް ގިނަވައްތަރު ވައްތަރުގެ  ބޮލި އުޅެވެ.  ނަމަވެސް ދިވެހިރާއްޖޭގައި އުޅޭ ބޮލީގެ ތެރެއިން ދިވެހިން އެމީހުންގެ ބޭނުން ތަކަށް ބޭނުން ކޮށްފައިވަނީ ވަރަށް މަދުބާވަތެއްގެ ބޮއްޔެވެ. ދިވެހިން އާންމުކޮން ބޮލި ބޭނުން ކުރަމުން އައިސްފައިވަނީ ރާއްޖޭންބޭރަށް ވިއްކަން ގެންދާ މުދަލެއްގެ ގޮތުގައެވެ. އެއީވެސް 2 ނުވަތަ 3 ބާތެކެވެ.

އަޅުގަނޑު މިލިޔުމުގައި ކިޔުންތެރިންނަށް ހުށަހަޅާ ލެވޭތޯ މިމަސައްކަތްކުރަނީ ދިވެހިރާޖޭގައި އުޅޭ ބައެއް ބޮއްލި ، ސަންގު ، ހައް ، ގޮޅާ ، ރިނދަލި ، ފޫއެނބުރި ފަދަ ތަކެތީގެ ނަމާއި  އެތަކެތީގެ ފޮޓޯއެވެ. މަޤުޞަދަކީ، އަޅުގަނޑުމެންގެ ހެދިބޮޑުވަމުން އަންނަ ޒުވާނުންނާއި ކިޔަވާ ކުދިން، ދިވެހި ބޮލީގެ ވެށްޓަށް އަހުލުވެރި ކުރުވުމެވެ.  ދަރިވަރުންގެ ހިތުގައިވާ ބޮލީގެ ބަސްކޮށާރު މުއްސަނދިކުރުމަށް އެހީތެރިކަމެއް ފޯރުކޮށްދެވޭތޯ ބެލުމެވެ. 
އަޅުގަނޑު މިލިޔުމުގައި މި ހުށައަޅާދޭ ބޮލީގެ ލިސްޓަކީ މ. ޝަފިޤުގޭ އަލްފާޟިލް އަޙްމަދު ސަފީޤު، ''ރަސްއައިން'' މަޖައްލާގެ އެގާރަވަނަ ޢަދަދަށް ލިޔުއްވާފައިވާ މަޒުމޫނެއްގައިވާ ލިސްޓެކެވެ. އަދި އަލްފާޟިލް އަޙްމަދު ސަފީޤު ބައެއް ބޮއްޔަށް ދެއްވާފައިވާ ތަފުސީލާއި، ދިވެހި ބަހުގެ ބަސްފޮތުގައި ބޮއްޔާބޭހޭގޮތުން ހުރި ބައެއް މަޢުލޫމާތެވެ.  ފޮޓޯތައް ހޯދީ އިންޓަރނެޓްގެ ތަފާތު ސައިޓްތަކުންނެވެ.

01 ހާބޮލި  Distorsio anus


  
 

02 ހަނދުވަރުގޮޅާ   neritina gagates

ގޮޅާގެ ބާވަތެއް. ގިނައިން މިނުކުމެ އުޅެނީ ހަނދުވަރުދޭ ރޭރެއަށެވެ. (ބފ)
ސައިޒު : މިހާތަނަށް ހިފުނު އެންމެ ބޮޑު 22 އެމް އެމް


 

03 ހަކިގޮޅާ  Nodilittorina australis

ގޮޅާގެ ބާވަތެއް. މިގޮޅާގެ ބޭރުގައި ނުސާފު ހުދުކުލައަކާއި ފެހިމުށި ކުލައަކާއި، ކަޅާއި އަދި ދަނބުކުލައަކުން ކުރެހުން އެޅިފައިވެއެވެ. އަނގަމަތި ހުންނަނީ ހުދުކުލައިގައެވެ. (ބފ)

 

04 ހަކުރު ބޮލި Cypraea isabella

ބޮލީގެ ބާވަތެއް. ގަދަމުށިކުލައިގެ ތިކީގެ ރޮނގުތަކެއް ވަރަށް ހިމަކޮށް މިބޮލީގެ ބޭރުގައި ހުރެއެވެ. ބަނޑުދަށްފަރާތް ހުންނަނީ ހުދުކޮށެވެ.(ބފ). ބުރަކަށިމަތީގައި މުށިކުލައާއި ގާތް ދޮންކުލައެއް ހުރެއެވެ


05 ހިރުބޮލި  Cypraea talpa

 (1) ބޮންތިއާއި އަސާގެ މަތީކޮޅުގައި ހުންނަގޮބު. (2) ކަސަބުބޯ ވަޅުގައި ކާއްތާ އޮމާންކޮށް އޮފުއެރުވުމަށް ބޭނުންކުރާ ދޮންކުލައިގެ ބޮއްޔެއް. (ބފ)

 

06 ހިޔަމަރިނދަލި  spondylus wrightianus

ރިނދަލީގެ ބާވަތެއް މިރިނދަލީގައި ހުންނާނީ ނުސާފު ހުދުކުލައެކެވެ. ރިނދަލީގެ ބޭރުގައި ދިގު ފައިކަށިތަކެއްހެން އެކިވަރުގެ އުންތަކެއް ހުރެއެވެ. (ބފ)

 

07 ހޮއިބޮލި  bulla ampulla

ބޮލީގެ ބާވަތެއް. މިއީ ތުނިކޮށް ވައްކޮށް ހުންނަ ފޫއެނބުރިއެކެވެ. ކުލައަކީ ކަޅު މުށިކުލައެވެ. (ބފ)

 

08 ހުދުދަތްބޮލި  cypraea leucodon




09 ހުދުފޫއެނބުރި  conus virgo

ފޫއެނބުރީގެ ތެރޭގައި ހުންނަ ހުދުކުލައިގެ ބާވަތެއް (ބފ)

 

 10 ހުދުގޮޅާ  nerita plicata 

ގޮޅާގެ ހުދުބާވަތް. (ބފ)
އެނބުރިފޫޅު (އުތުރުގެ ބައެއް ރައްތަކުގައި) ފެނަގޮޅާ (ހުވަދުއަތޮޅު)



(ނުނިމޭ)..............

އިދާރާ

ވާހަކަ