އުފާވެރިކަން ޤަބޫލު ކުރާށެވެ.
އާދަމް ޝަރީފު މުޙައްމަދު، ރޯޒީ، ށ. ފުނަދޫ
ކަލާ އުފާވެރިކަން ޤަބޫލުކުރާށެވެ.
ނޫނީ އުފާވެރިކަމެއް ނާންނާނެއެވެ.
ދޫނިލައްވާ އެތަކެއް ތޫލިއަޑުތަކެއް އަހަރެމެން ދަންނަމެވެ.
ހަމަ އެކަނި ކުދިކުދި އެތިއެތިކޮޅު ފެންނަ ހިނދުގައެވެ.
ވައިޖެހޭނެކަން ޤަބޫލުކުރާށެވެ.
ފިނީގެ ދުވަސްތަކުގައި އާރޯކަން ހިތަށް ގެންނާށެވެ.
އާއެކެވެ. ދޫނި ލަވަކިޔާ ސަބަބަކީ އެއީ އެވެ.
އެއާ ކުރިމަތިލާންޖެހޭ އެންމެ އުނދަގޫ ދުވަސްތަކުގައިވެސް
ބަހާރުމޫސުން ހަނދާން ކުރާތީއެވެ.
ކަލާ އުފަވެރިކަން ޤަބޫލުކުރާށެވެ.
އެއީ ބޭރަށް ފެންނަންހުންނަ އެއްޗެއް ނޫނެވެ.
ބަހާރު މޫސުމެއްގެ ސަބަބުން ލަވައެއް ނުފެދޭނެއެވެ.
ލަވަޔަކުން ބަހާރު މޫސުން އުފެއްދޭ ވަރަށެވެ.
އާއެކެވެ. ތިބާގެ ހިތަށް އުފާވެރިކަން ގެނުވިދާނެއެވެ.
ތިބާއަށް އުފާވެރިކަން ހޯދަން އެނގޭނަމައެވެ.
ދެރަވާންޖެހޭވަގުތު ތަކުގައިވެސް ތިބާގެ ކުރިމަތީގާ އުފާވެރިކަން ވެއެވެ.
އުފާވެރިކަން ވެއެވެ. އެކަމަކު އެކަން ޖެހޭނީ ޤަބޫލު ކުރާށެވެ.
(ނިމުނީ)