އަދުގެ ޚާއްސަ

Print

26 ވަނަ އަރަތް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އަރަތް


ޢަބްދުލްމުޢީދު ޙަސަން


މިއަރަތުގެ ޖަވާބު ދެއްވުމަށް ކަނޑައެޅިފައިވާ އެންމެ ފަހު ތާރީޚަކީ، 10 ޖެނުއަރީ 2010 އެވެ.

މިއަރަތުގެ ރަނގަޅު ޖަވާބު ދިމާކުރައްވާ ބޭފުޅުންނަށް އެރުވުމަށް ހަމަޖެހިފައިވާ އިނާމުގައި، 10 ފަންގިފިލާއަށްވުރެ ތިރި ނޫން ޢިމާރާތެއް ހިމެނެ އެވެ.


އަރަތް:

އަހަރެންނަކީ، އިސްލާމީ ބުދެކެވެ. ބަރބީއާ ވާދަކޮށް އަހަރެން ކުރި ހޯދީމެވެ. ބައެއް ޢަރަބި ޤައުމުތަކުގެ ސްކޫލްކުދިންނަށް، އަހަރެން ގެންގުޅުން މަނާކުރެވުނެވެ. އޭގެތެރެއިން އެއް ޤައުމަކީ، ޓިއުނީޝިއާ އެވެ.

އަހަރެންގެ ދެ ނަކަލާއި އެތައް ކޮޕިއެއް ވެ އެވެ. އެއް ނަކަލުގައި އަހަރެން ބުރުގާ އަޅަމެވެ. އަނެއް ނަކަލުގައި ބުރުގާއެއް ނާޅަމެވެ. އަހަރެންގެ ކޮޕީތަކުގެ ގޮތުގައި ޓީޗަރުންނާއި ޑަކުޓަރުން އުފެއްދުމުގެ ޚިޔާލަކީ، އަހަރެން ވުޖޫދަށް އައުމަށްފަހު އުފެދުނު ޚިޔާލެއް ކަމަށް ބުނެވެ އެވެ.

ވަރަށް ބޮޑު ސިއްރެއް ބުނަން ހެއްޔެވެ؟ އަހަރެންގެ ބިޓެއް ނުހުރެ އެވެ. ނަމަވެސް އެއީ މައްސަލައެއް ކަމަކަށް އަހަރެންނަކު ނުދެކެމެވެ. އެހެނީ، އަހަރެން މިއުޅެނީ، ކުދިންނަށް ބިޓު ހިއްލަން ދަސްކޮށްދޭކަށް ނޫނެވެ.

ބިއްލޫރި ގަނޑެއްގައި އަހަރެންގެ ނަން ލިޔެފައި، އަނެއް ފަރާތުން ބަލާލައިފިނަމަ، ކިޔޭނީ "ލާ ލިއްލާހި" ކަމަށް ބައެއް ކުދިން ބުނެއުޅެ އެވެ. އެއީ ތެދެއް ކަމަށްވަނީނަމަ، އަހަރެންގެ ނަމުގެ އަނެއްފަރާތުގެ މާނައަކީ، "ﷲ އަށްޓަކައެއް ނޫން" މިއެވެ.

އެހެންކަމަށްވަނީނަމަ، އަހަރެންގެ ނަމަކީ ކޮބާ؟


އެހީ:
އަހަރެންގެ ހަށިގަނޑު ހަދާފައިވަނީ، ފުއްލާއެއްގެ ސިފައިގައެއް ނޫނެވެ.


ޚާއްޞަ ނޯޓެއް:

25 ވަނަ އަރަތުގެ އިނާމުގެ ޙައްޤުވެރިޔާއަށް ކަނޑައެޅިފައިވާ އިނާމު، އޭނާއަށްޓަކައި އެބަ އިންތިޒާރުކުރެ އެވެ. އޭނާއާ ގުޅޭނެ ނަންބަރެއް ލިބިފައި ނުވާތީ، އަޅުގަނޑުވެސް މިހުންނަނީ، އެ އިނާމު ރައްދުކުރާނެ ގޮތެއް ނޭނގިފަ އެވެ. މިހާތަނަށް އިނާމު ޙައްޤުވާ އެއްވެސް ބޭފުޅަކާ ގުޅޭނެ ފޯނު ނަންބަރެއް އަޅުގަނޑަށް ލިބިފައެއް ނުވެ އެވެ. ވީހާވެސް އަވަހަކަށް، ގުޅޭނެ ނަންބަރެއް ފޮނުއްވައިދެއްވުން އެދެމެވެ. އަދި އިނާމުގެ ޙައްޤުވެރިން ފަންވަތަށް ފޮނުއްވާ އެބޭފުޅުންގެ ފޯނު ނަންބަރު، އަޅުގަނޑާ ހަމައަށް ފޯރުކޮށްދެއްވުމަށް، ފަންވަތުގެ އިޚުލާޞްތެރި އެޑިޓަރުންނަށް ދަންނަވަމެވެ.

ހުރިހައި ބޭފުޅުންނަށް މިފުރުޞަތުގައި އިޚުލާޞްތެރި ޝުކުރު އަރިސްކުރަމެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ