އަދުގެ ޚާއްސަ

Print

އަރަތް 2: ކުކުޅު ބެހުން

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އަރަތް


ފޮނުވީ: އެމް

މީހަކު ނިޔާވިއިރު، އޭނާގެ މިލްކުގައިވާ ކުކުޅުތަކެއް ބެހުމަށް ވަސިއްޔަތްކުރިއެވެ. އެކުކުޅުތަކުގެ ޖުމްލަ ޢަދަދަކީ 17 އެވެ. އެ 17 ކުކުޅު ބަހަން ޖެހެނީ އޭނާގެ 3 ދަރިންނަށެވެ. އޭނާ ވަސިއްޔަތްކޮށްފައިވަނީ:
އެންމެ ދޮށީ ދަރިފުޅަށް ދެބައިކުޅަ އެއްބައި ދިނުމަށެވެ.
ދެވަނަ ދަރިފުޅަށް ތިންބައިކުޅަ އެއްބައި ދިނުމަށެވެ.
ތިންވަނަ ދަރިފުޅަށް ނުވަބައިކުޅަ އެއްބައި ދިނުމަށެވެ.
އަދި އެއްވެސް ކުކުޅެއް މަރާނުލައި، ކުކުޅުތައް ބެހުމަށް ވެސް އޭނާ ވަސިއްޔަތްކޮށްފައި ވެއެވެ.

މި މައްސަލަ ފަނޑިޔާރުގެއަށް ހުށަހެޅުނު ހިނދު، މި ވަސިއްޔަތުގައިވާ ގޮތުގެ މަތިން ކުކުޅުތައް ބަހާނެ ގޮތެއް ފަނޑިޔާރުންނަށް އެނގިވަޑައެއް ނުގަތެވެ. އެހެންކަމުން، ވަސިއްޔަތުގައިވާ ގޮތުގެ މަތިން ކުކުޅުތައް ބައްސަވައިދެއްވުން ހަވާލުކުރެއްވުނީ، ދިވެހިރާއްޖޭގައި އޭރު ހުންނެވި އެންމެ މޮޅު ހިސާބު ޢިލްމުވެރިޔާއާއެވެ. އޭނާއަކީ ތުއްތުގެ ނަމުން މަޝްހޫރުވެފައިވާ ޢަބްދުﷲ އިސްމާޢީލެވެ.

ކުކުޅުތައް ބައްސަވައި ދެއްވުމަށް ތުއްތު ވަޑައިގެންނެވިއިރު، އޭނާގެ ރަޙުމަތްތެރިއެއްގެ ގޭގައި ބަނދެފައި އިން ކުކުޅެއް މޮއްސަވާލައްވައިގެން ގެންދެވިއެވެ. ފަހެ، ތުއްތު ކުކުޅުތައް ބައްސަވައިދެއްވީ ކިހިނަކުންހެއްޔެވެ؟؟؟

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ