އަދުގެ ޚާއްސަ

Print

ފިހުނު ބަނބުކެޔޮ

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ސުފުރާ

     ބޭނުންވާތަކެތި
 
1- ދަރު އުނދުނެއް، ނުވަތަ އުނދުނެއްގެ ގޮތުގައި ބޭނުންކުރެވޭނެ ބިމުގެ ފަސް ހިކިތަނެއް.
2- ހިކި 4 އުނބު،  ނުވަތަ ހެޔޮވަރު 4 ކާށީގެ ހިކި ބޮނބި.
3- ބަނބުކޭލެއް. (ހެޔޮ ވަރަށް ފުށްއަރާލާފައިވާ، ނުވަތަ ފާވެފައިވާ)
4- ވަޅިއެއް
5- ފަތް ހިނގުލެއް (ދޮންކެޔޮ ފަތެއްގެ ފަހަތުގައި)
6- އަލިފާން.


ތައްޔާރުކުރައްވާނެ ގޮތް

ހ- ފުރަތަމަ 2 ކާށީގެ ބޮނބި،  ނުވަތަ ދެ އުނބު، އުނދުނު ތެރޭގައި އަންދާލާށެވެ! ދެން އެވަގުތުގެ ތެރޭގައި ބަނބުކެޔޮ ރީތި ކޮށް މަށާލާށެވެ. ދެން ކެޔޮ މެދުން ފަޅާލައިފައި ކަރުގަނޑު ނަގައި އެއްލައިލާށެވެ. އަދި ކޭލުގެ ކޮންމެ ފަޅިއެއް ދެފަޅިއަށް ބައިކޮށްލާށެވެ. އޭރުން ބަނބު ކެޔޮ އޮންނާނީ ހަތަރު ފޮއްޗަށެވެ.

މިހާރު ރޯކޮށްފައިވާ ބޮނބިތައް އަނދައިފާނެކަމަށް ބަލަމާހިނގާށެވެ. ދެން އަޅިތައް ރަނގަޅަށް އުނދުނުތެރެއަށް، އަތް އަތަށް ޖައްސައި ހެޔޮވަރުކޮށްލާށެވެ. އެއަށް ފަހު ކެޔޮ ފޮތިތައް ބަންޑުން އުނދުނުތެރޭގައި އަތުރާލާށެވެ. ދެން ކެޔޮފޮތިތަކުގެ މަތީގައި ފަތް ހިނގޫ ބާއްވާލާށެވެ. ބޭނުމަކީ، އަޅި ހޭކުނަ ނުދިނުމެވެ. ބޭނުންނަމަ ދަށުގައިވެސް ފަތްހިނގުލެއް ބޭައްވިދާނެއެވެ. އެކަމަކު ގިނަމީހުނަށް މީރީ އަޅީގެ އަސަރުވެސް ކޮންމެވެސް ވަރަކަށް ހުރީމައެވެ.

ކޮންމެއަކަސް ދެން ބާކީ ހުރި ބޮނބިތައް ފަތްގަނޑުމައްޗަށް އަޅާލާށެވެ. އެކަމަކު ފަތްގަނޑު މައްޗަށް ބައި އިންޗިއަށް އަޅި އަޅާލައިފައެވެ. އޭގެ ފަހުން ބޮނބިތައް އަޅާފައި  އަންދާލާށެވެ. އަނދާނިމުނީމާ އަޅިތައް ކަހާލާފައި، ފަތްގަނޑުތައް ނަގާށެވެ. މިހާރު އެެދުވާވަހުން ކުޅުދިޔާވާނެއެވެ. އުނދުނުގައި އެހެރީ ދިވެހި ފިހުނު ބަނބުކޭލެވެ. އެކުވެރީންނާއި އާއިލާޔާއެކު ފަރީއްކުޅުއްވާށެވެ.


 

ހަމަމިގަލަމުން

އިދާރާ

ވާހަކަ