www.fanvai.info

Print

އިލެކްޓްރިކް ވެހިކަލް

ޝާޢިއުކުރީ ޢަބްދުﷲ ފިރާޤު . ހިމެނޭބަޔަކީ ޓެކްނޮލޮޖީ



ޢަބްދުﷲ ފިރާޤް

ދުނިޔެއަށް ދިމާވެފައިވމާ އެންމެ ބޮޑު އެއް މައްސަލައަކީ، ދުނިޔޭގެ ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރެވެ. މިކަމުގެ ބޮޑުބައެއް ހިއްސާކުރަނީ އަޅުގަނޑުމެން ޖައްވަށް ދޫކުރަމުންދާ ވިހަ ގޭހެވެ. އަޅުގަނޑުމެން ދުއްވާ އިންޖީނުލީ އުޅަނޑުފަހަރަކީ މިކަމުގެ މައިގަނޑު އެއް ސަބަބު ކަމުގައި ނޫނީ ނުވާނެއެވެ.
    ސައިންސްވެރިންނާއި ރިސާރޗްކުރާ މީހުން ތާއަބަދު މިފަދަ ކަން ކަމުގެ ޙައްލެއްފެނޭތޯ މަސައްކަތް ކުރަމުންދެއެވެ. މީގެ ނަތީޖާއެއްކަމުގައި ބެލެވޭ އެއް އުފެއްދުމަކީ އިލެކްޓްރިކް ވެހިކަލެވެ.  މިފަހަރު މިބަލައިލަނީ، "ގޯ ގްރީން ޓެކް" ގެ އުފެއްދުމަކަށެވެ.


ކޮޒްމޯ (COZMO)

މީ ތިމާވެއްޓާ ރަޙުމަތްތެރި ކާރެކެވެ.

މި ކާރަކީ 4 ފުރޮޅުލައި، 3 ދޮރުފަތާއެކު ހިމެނޭ ކާރެކެވެ.

ކާރު ދުއްވުމަށް އިލެކްޓްރިކް ޕަވަރ ބޭނުންކުރާއިރު، ކާރުގެ މައި އޮނޑިގަނޑު  (ބޮޑީ) ހެދުމަށް ޖުމުލަގޮތެއްގައި ބޭނުންކޮށްފައިވަނީ "ފައިބަރ ގްލާސް" އެވެ.

މި ރީތި ކާރު ދުއްވުމަށް ބެނުންކޮށްފައިވަނީ "ޕްރޮގްރާމަބްލް" އިލެކްޓްރިކް ކޮންޓްރޯލަކާއި، 27 ހޯސްޕަވަރުގެ އިލެކްޓްރިކް މޯޓަރެކެވެ. މި މޯޓަރަށް ޕަވަރ ދިނުމަށް ބޭނުން ކުރަނީ 72 ވޯލްޓްގެ "އޭ.ޖީ.އެމް" ގެ 6 ބެޓެރިއެވެ.

ގަޑިއަކު 45 ކިލޯމީޓަރ ބާރުމިނުގައި ދުއްވުމުގެ ޤާބިލްކަން ލިބިފައިވާ މި ކާރު 60 މޭލާއި 90 މޭލު ދެމެދުގެ ދުރުމިނަކަށް ފުލް ޗާރޖް ހުރިނަމަ ދުއްވޭނެއެވެ. ފުލް ޗާރޖް ކުރުމަށް ބޭނުންވާނީ 6 ގަޑިއިރާއި 8 ގަޑި އިރާއި ދެމެދުގެ ވަގުތެކެވެ.

މި ކާރުގައި ދިގުމިނުގައި ހުންނާނީ 8.5 ފޫޓެވެ. ފުޅާމިނުގައި 4.9 ފޫޓު ހުންނައިރު، އުސްމިނުގައި ހުންނާނީ 4.0 ފޫޓެވެ.

ކާރުގެ ބަރުދަނަކީ 500 ކިލޯއެވެ. ކާރުގައި އުފުލޭނެ ބަރުދަނަކީ 250 ކިލޯއެވެ.

އެހެން ކާރުތަކެކޭ އެއްފަދައިން މިކާރުގައިވެސް ހެޑްލައިޓާއި، ސިގުނަލް، ސްޓޮޕް އަދި ރިވާރސް ލައިޓް ހިމެނެއެވެ. މީގެ އިތުރުން ސްޕީޑް މީޓަރާއި، ބެޓެރީ ކެޕޭސިޓީ އާއި، ބެޓެރީ ޗާރޖިންގ ފަދަ މުހިންމު އިންޑިކޭޓަރ ތައްވެސް ހިމެނެއެވެ.

ތަފާތު ގިނަ ކުލަތަކުގައި މި ކާރު ލިބެން ހުރެއެވެ. މީގެ ތެރޭގައި، އަޅި، ރީނދޫ، ރަތް އަދި ނޫ ކުލަ ފަދަ ކުލަތައް ހިމެނެއެވެ.

ކާރުގައި ހިމެނޭ މުހިންމު އެހެން ބައެއް ކަންކަމުގެތެރޭގައި:-

•    އިމަޖެންސީ ބުރަކި
•    ވައިޕަރ
•    ހީޓަރ، ޑީ ފޮރަސްޓް
•    ސައިޑް މިރަރ
•    އެލޮއި ވީލް
•    ޕަވަރ ވިންޑޯ، ޑޯ ލޮކް
•    ރިއަރ ވިންޑޯ ވައިޕަރ އަދި ޑީ ފޮރސްޓް
•    އެފް.އެމް، އޭ.އެމް ރޭޑިއޯ، ސީޑީ ޕްލޭޔަރާއި ސްޕީކަރ

މި ކާރަކީ އަޅުގަނޑުމެންގެ މާޙައުލު ފަދަ ތިމާވެށީގެ މައްސަލަތައް ބޮޑު، ބިން ކުޑަ މާޙައުލަކަށް ވަރަށް އެކަށޭނަ ކާރެއްކަމަށް އަޅުގަނޑު ދެކެމެވެ. ތިޔަ ބޭފުޅުންގެ ޚިޔާލުފުޅަކީ،  ކޮބައިތޯއެވެ؟.
 

(ނިމުނީ)

www.fanvai.info