www.fanvai.info

Print

އާޓާފުށު ބަކުން

ޝާޢިއުކުރީ ޖުވޭރިޔާ ވަޖުދީ . ހިމެނޭބަޔަކީ ސުފުރާ


ތުއްތުކުދިންގެ ކާނާ

އާޓާފުށު ބަކުން

ޖުވައިރިޔާ ވަޖުދީ

ބޭނުންވާތަކެތި

2/1 ޖޯޑު ހުންނަހާ އާޓާފުށް

2/1 ޖޯޑު ހުންނާހާ ކާށި ބޯކިރު

5 ރެހި

ތައްޔާރުކުރާނެގޮތް

 ތެއްޔަކަށް ފެން ފޮދެއް އަޅާލާފައި އާޓާފުށްކޮޅު އަޅާފައި ގިރާލުމަށްފަހު ރެހިކޮޅު ވެސް އަޅާފައި ރޯފިލަންދެން ހަލަމުން ކައްކާލާށެވެ.ކެކި ރޯފިލުމުން އުނދުން މަތިން ބާލާފައި  ބޯކިރު ފޮދާއި އެއްކޮށްފައި މިކްސަރުން މަސްކޮޅު އޮމާން ވަންދެން ފުނޑާލާށެވެ.ދެން ތުއްތު ދަރިފުޅަށް ކާންދޭށެވެ.

----------------------


ބަކުން ބަކުން
 
  ތުއްތު ކުދިންގެ ކާނާ

މިފޮތުގައި މިލިޔަނީ 6 މަހާއި  1 އަހަރާއިދެމެދުގެ ކުދިންނަށް ކާންދޭން ތައްޔާރުކޮށްފައިވާ ރެސިޕީ ތަކެކެވެ.ފުޅި ފުޅިއާއި ދަޅު ދަޅު ގައި ހުންނަތައްޔާރީ ކާނާގެ ބަދަލުގައި ހަރަދުކުޑަކޮށް އަޅުގަނޑު މެންނަށް ފަސޭހައިން ލިބޭ ބާވަތް ތައް ބޭނުންކޮށްގެން ތުއްތު ދަރިފުޅަށް ހަށިގަނޑަށް ބޭނުންވާ ބައިތައް ހިމެނޭގޮތަށް ކާނާ ތައްޔާރުކޮށް ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން މިފޮތުގައިވާ ކާނާތަކުގައި ތުއްތު  ދަރިފުޅަށް ކޮންމެހެން ބޭނުންވާ ބަައެއް ބާވަތް ތައް ހިމަނާފައި ވާނެއެވެ.
  
މި ކާނާ ތައްޔާރު ކުރާއިރު ނުވަތަ ކައްކާއިރު ބަލާނީ ވީހާވެސް މަދުން ފެން އަޅައިގެން ކިރިޔާ ރޯފިލާވަރުގެ ފެން ފޮދެއްގައި ކެއްކޭތޯއެވެ. އެއީ ފެން ގަނޑުގެ ތެރެއަށް ތަރުކާރީ ކޮޅުގައިވާ ވިޓަމިން ކޮޅު ދާނެތީއެވެ. ޗަސްކުރާއިރު ރަނގަޅަށް އޮމާން ވާވަރަށް ވުރެ ހިކިނަމަ ކެއްކި ފެން ފޮދެއް ނުވަތަ މިނެރަލް ވޯޓަރ ފޮދެއް އެއްކޮށްލާށެވެ.
         
ކައްކާއިރު އަބަދު ވެސް ބަލާނީ އާއްމުކޮށް ތުއްތު ދަރިފުޅު އެއްފަހަރަށް ނުވަތަ ދެ ފަހަރަށް ވާވަރުގެ އެތިކޮޅެއް ކެއްކޭތޯ އެވެ. އެއީ ގިނައިން ކައްކާފައި ބާކީ ގިނައިރުވުމުން ތާޒާކަން ކެނޑޭނެތީއެވެ.އަދި ކާށި ކިރު އަޅާ ބާވަތް ތައް ކައްކާނީ 1 ފަހަރަށް ވާވަރަށެވެ.
             2 މާރޗް 2009        
                           
               ޝުކުރިއްޔާ

 
                                                                                ޖުވައިރިޔާ ވަޖުދީ
                                 


www.fanvai.info