އަދުގެ ޚާއްސަ

Print

ދުޢާ އިޖާބަ ކުރައްވާ އިސްމުފުޅެއް

ޝާޢިއުކުރީ މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމް . ހިމެނޭބަޔަކީ އެނގޭތަ


ތަރުޖަމާ: މުޙައްމަދު ޝުޖާޢު ޢަބްދުއްރަޙީމް، އޭނާޒް/ބ.ދަރަވަންދޫ

އިބްނު މާޖާ، ޢާއިޝާ ރަޟިޔަﷲޢަންހާގެ ކިބައިން ރިވާ ކުރެއްވިއެވެ. އެއްދުވަހަކު ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. [އޭ ޢާއިޝާއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ތިމަން ކަލޭގެފާނަށް، އެ އިސްމުފުޅަކުން  ދުޢާ ދެންނެވުމުން ، ދުޢާ އިޖާބަ ކުރައްވާ އިސްމުފުޅެއް އުނގަންނަވާ ދެއްވިކަން ކަމަނާ ދެނެވަޑައިގެންވަމު ހެއްޔެވެ؟ ތިމަންކަމަނާ ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ. ތިމަން ކަމަނާގެ ބައްޕާފުޅާއި މަންމާފުޅަށްޓަކައި ކަލޭގެފާނު ތިމަންކަމަނާއަށް އެ އިސްމުފުޅު އުނގަންނަވާ ދެއްވުން ކީއްތޯ އެވެ.


ދެން ރަސޫލާ ޙަދީޘްކުރެއްވިއެވެ. އޭ ޢާއިޝާއެވެ. އެ އިސްމުފުޅު ކަމަނާއަކަށް ބޭނުންފުޅެއް ނުވާނެއެވެ. ޢައިޝަތުގެފާނު ވިދާޅުވިއެވެ. ދެން ތިމަން ކަމަނާ ދުރަށް ޖެހިވަޑައިގެން އިށީނދެވަޑައިގެން ގަޑިއެއްހާއިރުވަންދެން އިންނެވުމަށްފަހު، ތެދުވެ ވަޑައިގެން އެކަލޭގެފާނުގެ އިސްތަށިފުޅުގައި ބޮސްދީފައި ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ. ކަލޭގެފާނު ތިމަންކަމަނާއަށް އެ ނަންފުޅު އުނގަންނަވާ ދެއްވުން އެދިވަމެވެ.  ދެން އިތުރު ރަސޫލާ ޙަދީޘްކުރެއްވިއެވެ. އޭ ޢާއިޝާއެވެ. ތިމަންކަލޭގެފާނު އެ އިސްމުފުޅު ކަމަނާއަށް އުގަންނަވާދެއްވުމަކަށް، އެ އިސްމުފުޅު ކަމަނާއަކަށް ބޭނުމެއް ނުވާނެއެވެ. އެ އިސްމުފުޅުގެ ބޭނުން ކުރައްވައިގެން، ދުނިޔޭގެ ކަމަކަށް އެދިވަޑައި ގަންނަވާކަށް ކަމަނާއަކަށް ބޭނުމެއް ނުޖެހޭނެއެވެ. ޢައިޝަތުގެފާނު ވިދާޅުވިއެވެ. ދެން ތިމަންކަމަނާ ތެދުވެ ވަޑައިގެން ޥުޟޫ ކުރައްވައިގެން ދެރަކްޢަތް ނަމާދެއް ކުރެއްވީމެވެ. ދެން މި ދުޢާކުރެއްވީމެވެ.

اَللَّهُمَّ إِنِّيْ أَدْعُوْكَ اللَّهَ ، وَأَدْعُوْكَ الرَّحْمَنَ ، وَأَدْعُوْكَ الْبَرُ الرَّحِيْمَ، وَأَدْعُوْكَ بِأَسْمَائِكَ


 الْحُسْنَى كُلَّهَا ، مَاعَلِمْتُ مِنْهَا وَمَا لَمْ أَعْلَمْ ، أَنْ تَغْفِرَ لِيْ وَتَرْحَمَنِيْ


ޢާއިޝަތުގެފާނު ވިދާޅުވިއެވެ. ދެން ރަސޫލާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމަ ހިނިވަރުނަ ކުރެއްވުމަށްފަހު ޙަދީޘްކުރެއްވި އެވެ. އެ އިސްމުފުޅުވަނީ، ކަމަނާ އެ އިސްމުފުޅުތަކުން ތި ދުޢާ ކުރެއްވި ނަންފުޅުތަކުގެ ތެރޭގައެވެ.]

(ނިމުނީ)

ލިޔުންނެގީ: އައްދުޢާއުލްމުސްތަޖާބް(އިޖާބަ ކުރައްވާނޭ ދުޢާ) ޞަފްޙާ:49، މިފޮތުގައިވާ ދުޢާތައް ޖަމާކޮށް ތަރުތީބުކުރެއްވީ: أحمد عبدالجواد


އިދާރާ

ވާހަކަ