ފާސިދުން
އާދަމް ނަޞީރު އިބްރާހީމް (2004)
ފާސިދުން އަބަދުމެ ތިބޭނީ ފިތުނަޔަށް ލޮބުވަތަވަތައި
ފާސިޤުންނާއެކު، ހަލާކުގެ މާ ކަނޑެއްގައި ފަތަފަތައި
ރައްކަލާއި ނުރައްކަލާ ދައްކާ ޙަޔާތުގެ ދަތުރުގައި
ޝައްކުތައް ގިނަގުނަކަމުން، ނައްޓައި ނުލެވިގެން މަތަމަތައި
މިތުރަކަށް ހިނިތުންވުމެއް، އިތުރުވެ އައީ ނަމަ ފަހިވުމެއް
ކަތުރަކަށް އޭނާ ބަލައި، ފިތުނައިގެ ނަގުލަށް ފިތަފިތައި
މަސަލަހުން ހިތް ނޯވެގެން، އަސަރުން ދެ ލޯ ފެންބަރުވެގެން،
''ހަސަބުގައި'' މާ މަތިވެގެން،ހަސަދައިން ހަދަން އެކި ހަތަހަތައި
ރަންވަރަނގު ކަރުދާހުގައި ނީހައިގެ ބަސްތައް ބަންދުކޮށް،
ރަންރިހީގެ މި ސާލުގައި އޭން ބޮޑެތި ފައްޓަރު ގަތަގަތައި
އާންމުވާ ކޯފާގެ ދަށުގައި ފިތި ފަނާވާ ވަގުތު ވެސް،
ކާމިޔާބުގެ ތަޚުތުގައި ވެޑުވިއްޖެ ކަމުގައި ހިތަހިތައި
(ނިމުނީ)