އަދުގެ ޚާއްސަ

Print

ހަތަރެސްފައިގެ އިނގިލި ކާ ކުއްޖެއް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޤަބޫލުކުރަންދަތި


ފޮނުވީ: އެމް

ކުޑަކުދިން އިނގިލި އަނގަޔަށް ލައެވެ. އިނގިލި ބޮއެވެ. އެއީ ކުޑަކުދިންގެ ޠަބީޢަތެވެ. ނަމަވެސް އެކަމާމެދު ބެލެނިވެރިން ކަންބޮޑުވެއެވެ. ބައެއްފަހަރު އެއީ ވަރަށް ކަންބޮޑުވާން ޖެހޭ މައްސަލައަކަށް ވެސް ވެދެއެވެ.

ފޮޓޯގައި އެވަނީ މޮރޮކޯގެ ތާޒާ ނަމަކަށް ކިއުނު ރަށުގެ ކުއްޖެކެވެ. ޢުމުރުން ފަސް އަހަރުގެ ޞަފާ ނަކަމަށް ކިޔާ މި ލޯބިލޯބި ކުއްޖާގެ ދެއަތަށް ނިކަން ބައްލަވާލައްވަ ބައްލަވާށެވެ!
ޞަފާ ކުޑައިރު، އެހެން ކުދިންނެކޭ އެއްފަދައިން އަނގަޔަށް އަތްލާންފެށިއިރު، އެކަމާމެދު އޭނާގެ މަންމައާ ބައްޕަ ކަންބޮޑެއް ނުވެއެވެ. އެކަމަކީ އެހެން ކުދިންވެސް ކުރާކަމަކަށް ވާތީއެވެ. އޭގެ ދުވަސްކޮޅެއް ފަހުން، އެ ދެމަފިރިން ކަންބޮޑުވީ، ޞަފާ، އިނގިލި ކާންފެށުމުންނެވެ. ނިކަން ފޯރިއާއެކު، ޞަފާ އެކަން ކުރަން ފެށިއެވެ. ދެން އެކަން ހުއްޓުވުމަށްޓަކައި ދެއަތަށް އަންގި ލެއްވުނެވެ. ނަމަވެސް އިނގިލި ކެއުން، ޞަފާ ހުއްޓައެއް ނުލިއެވެ. އެއްދުވަހަކު، އޭނާގެ މަންމައާއި ބައްޕަ ހެނދުނު ހޭލިއިރު، ޞަފާ ވަނީ، ރޭގަނޑު ނިދަން އޮވެގެން ދެ އިނގިލި އެއްކޮށް ކައި ހުސްކޮށްފައެވެ.

ދެން ޞަފާގެ ބައްޕަ އޭނާ ގޮވައިގެން އަވަހަށް ހޮސްޕިޓަލަށް ދިޔައެވެ. ލޭ ޓެސްޓުކުރުމަށްފަހު، ޑަކުޓަރު ވިދާޅުވީ އެއްވެސް މައްސަލައެއް ނެތްކަމަށެވެ. ނަމަވެސް ދެއަތުގެ އިނގިލިތައް ޞަފާ ކައި ހުސްކުރިއެވެ. ދެން ދެފައިގެ އިނގިލިތައް ކާން ފެށިއެވެ. ޞަފާގެ މަންމައާއި ބައްޕަގެ ކަންބޮޑުވުން ދިޔައީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

އެއްދުވަހަކު، ޞަފާގެ އަތަށް ހޫނުފެން އެޅުނެވެ. އެކަމަކު ޞަފާ ނުރޮއެވެ. ކީއްވެގެންހެއްޔެވެ؟ އޭނާގެ މަންމައާއި ބައްޕައަކަށް މިސުއާލުގެ ޖަވާބެއް ނޭގުނެވެ. އަދި އޭނާގެ އަތް ބިނދުނެވެ. އެދުވަހުވެސް ކަމެއް ވިއެކޭ އޭނާއަކަށް ހިއެއް ނުވިއެވެ. މިފަދަ ކަންތައްތައް ވާން ފެށުމުން އޭނާއަކީ އިޙުސާސް ނުކުރުވޭ ކުއްޖެއްކަން، އޭނާގެ މަންމައާއި ބައްޕައަށް އެނގުނެވެ. ޑަކުޓަރުން ކުރި ތަޙުލީލުތަކުން މިކަން އޮތީ ނޭގިފައެވެ.

ކުޑަކުދިން ކުރާ ކަންތައްތަކާމެދު، ފަރުވާތެރިވުމަކީ އެކުދިން ފުރިހަމަ ޞިއްޙަތެއްގައި ބޭތިއްބުމަށް ނުހަނު ބޭނުންތެރިކަމެކެވެ. އެއް ޑަކުޓަރަކު ވިދާޅުވާ އެއްޗެއް ޤަބޫލުކުރައްވައިގެން ނުތިއްބަވާށެވެ. ކުޑަ ކުއްޖަކަށް ކަމެއް ވެއްޖެނަމަ، އެހެން ޑަކުޓަރުންގެ ބަސް ވެސް ހޯއްދަވާށެވެ.

މި ޙާދިސާއިން ވެސް ތިޔަބޭފުޅުންނަށް އިބްރަތެއް ޙާޞިލުވެވަޑައިގަންނަވާނެ ކަމަށް އުންމީދުކުރަމެވެ. އިނގިލި ބޯ ކުދިންނާމެދު ފަރުވާތެރިވެ ވަޑައިގަންނަވާށެވެ!

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ