މި މިހިންގެ ބަހޭ...ޙިމާޔަތްކެރޭ...
ޙައްވާ ޝާމާ ފިލިގަސްދޮށުގެ/ ލ.މާމެންދޫ
ދިވެހިބަހަކޫ އަހިންގެ ބަހޭ ދިވެހި ބަހަކޫ ވަޠަންގެ ބަހޭ
ދިވެހި ބަހުގާ މިވަން އަސަރާ، އެވަން ފޮނިކަން ކެރާށެ ހަނދާން
ރިވެތި ބަހަ އަދު ނިކަން ލޯތްބުން، ވަޒަންކެރުމޭ އޮތޫ ކުރިއަށް
ދިވެހިބަހަ އަދު ހިމާޔަތް ހަމަ ކެރާން އެންމެން އުމާށޭ ދާން
ކިހައި ދެރަހޭ ލަހެއްނުވެ ގެއްލި މިދަނޫ ހަމަ އަމިއްލަ ބަހޭ
ހިތަށް ހަމަ އެއްޗެކޭ ނާރައިހެ ބަލަ މޮޔައިން ތެކުންނޭ ހޭން
މަވެސް މިދަނޫ ނިކަންބާރަށް އެބައިހިން ކައިރިއަށް އަވަހަށް
އިނބިހިނަށްވެސް މޮޅޭ ވާނޫ ހިނގާށޭ ދާން ސަލާމަތް ދޭން
ނުވޭދޯއޭ ފަހުމް މިވަމުން އުމަން ބަދަލަށް ދިވެހިބަހުގާ
ދެލޯ ހޮޅުވައި ބަލާށޭ އޭ ދިވެހިބަހަ ވެސް ދަނޫއޭ ދާން
އުމާން އޮތް ޖީލަތެއްވެސް ބޭނުމޭ ވާނޫ ބަހޭ ޤައުމީ
ދިވެހިބަހަ ފޯރުކޮށްދޭން އަދު ހިފާށޭ އަތު ޖިހާދަ ކެރާން
(ނިމުނީ)
...(މާދަރީބަހުގެ ދުވަހުގައި....2010/02/21)