އަދުގެ ޚާއްސަ

Print

ތަމްރީނަށް ބޭނުންވާ ކަންތައްތައް ދެނެގަތުން - 6

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


12ޖަނަވަރީ (އަންގާރަ)އާ ގުޅޭ.. 

TNA ގެ ސުވާލު ނަންބަރު 7 - ސްޓާފުން ވަޒީފާ އަށް ޝަރުޠު ހަމަވޭތަ؟

 
ބިންމާ އިބްރާހީމް ވަޙީދު
  
އެންމެ ފަހު ސުވާލަކީ، މުވައްޒަފު ނުވަތަ މުވައްޒަފުންގެ ކިބައިގައި، ވަޒީފާ އަށް ބޭނުންވާ ޝަރުޠުތައް ހަމަ އަށް އެބަހުރި ހެއްޔެވެ؟ މީހަކަށް ވަޒީފާއެއް އަދާނުކުރެވުމުގައި އެކި ސަބަބުތައް ހުރެދާނެ އެވެ. އެއީ ހަމައެކަނި އެ މީހާގެ ޖިސްމާނީ ނުވަތަ ބުއްދީގެ ކުޅަދާނަކަން ހުރިވަރެއްގެ މައްޗަށް ހިފެހެއްޓިފައި އޮންނަ ކަމެއް ނޫނެވެ. އޭނާގެ ނަފްސާނީ، ޖަޒުބާތީ ނުވަތަ ހަމައެކަނި މިޒާޖުގެ ސަބަބުން ވެސް، ވަޒީފާ އަށް ނުކުޅެދިދާނެ އެވެ. ވަޒީފާގައި ބުނާ ޝަރުޠުތަކަށް ވުރެ އޭނާގެ ފެންވަރު މަތިވާ ކަމަށްވަންޏާ، އޭނާގެ މަޤުޞަދު ތަފާތު ވެދާނެ އެވެ. ވަޒީފާއާ މެދު ހިތްހަމަނުޖެހެންޏާ ވެސް އެ ވަޒީފާ ފުރިހަމަ އަށް އަދާނުކުރެވިދާނެ އެވެ. ޢަޒުމެއް ނެތިއްޖެ ކަމަށްވަންޏާ، ވަޒީފާ އަށް އޮންނަންޖެހޭ ވަފާތެރިކަން ކުޑަވާނެ އެވެ.
 
 
އަސްލު ޕީޑީއެއް ހުރިކަން ޔަޤީންވެފައި، އެ މުހިންމުވެފައި، އެއީ މަސައްކަތުގެ ފެންވަރާ ގުޅުންހުރި އަދި ކުރީއްސުރެ ވެސް ވާޞިލު ނުވެވިފައިވާ ލަނޑުދަނޑިއަކަށް ވެފައި، ފަރިތަކުރާނެ ގިނަ ފުރުޞަތުތަކެއް އޮވެފައި، ޓްރޭނިންގެ ސަބަބުން ވެސް އެ ފަރަގު ނައްތާނުލެވިފައި، ވަޒީފާގެ ޝަރުޠުތައް ބަދަލުނުކުރެވުނު ކަމަށް ވަންޏާ، ބޭނުންވާ މިންގަނޑަށް މަސައްކަތުގެ ފެންވަރު ގެންދެވޭނެ ހަމައެކަނި ގޮތަކީ، މީހާ ބަދަލުކުރުމެވެ. މި ފަދަ ހާލަތެއް ކުރިމަތިވެއްޖިއްޔާ، ދެން ހެދޭނީ ދެ ގޮތެކެވެ. މީހާ ބަދަލުކުރާށެވެ. ނުވަތަ ވަޒީފާ ބަދަލުކުރާށެވެ. މީހާ ބަދަލުކުރުމަށް ނިންމުމަކީ އުނދަގޫކަމެކެވެ. އެއްގޮތަކުން ބަލާއިރު، އޭގެ މާނަ އަކީ، ބަލިގަބޫލުކުރުން ކަމުގައިވާތީ އެވެ. އޭގެ އިތުރަށް، އޭގެ ސަބަބުން ނުބައި ނަތީޖާއެއް ވެސް ނުކުމެދާނެ އެވެ. ސަބަބަކީ، ތިމާ އަކީ، ބޭނުންވާ ފެންވަރު ނެތުމުގެ ސަބަބުން ފެއިލްވީ މީހެއް ކަމުގެ އިޙްސާސް ކުރެވޭ ކަހަލަ ގޮތެއް، އެ މުވައްޒަފަކަށް ދިމާވެދާނެތީ އެވެ. މި ފަދަ ހާލަތެއް މެދުވެރިވުމުން، މައްސަލަ ޙައްލުކުރަންވާނީ، ކަމުގައި ޝާމިލުވާ އިންސާނުންގެ ޝުޢޫރުތަކަށް ޚާއްޞަ އިސްކަމެއް ދީގެންނެވެ.
   
މަޤާމުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަސްލު ފެންވަރާ ހަމަކުރުމަށްޓަކައި، މަޤާމުގައި ހުންނަންޖެހޭ ފެންވަރުގެ މިންގަނޑުތައް އަލުން ބަޔާންކުރުމަކީ، ކުރެވިދާނެ ކަމެކެވެ. ގަބޫލުކުރަން ދަތިވިޔަސް، މި ކަން އާންމުކޮށް ކުރިމަތިވަނީ، މެނޭޖަރުންގެ ފެންވަރުގެ މުވައްޒަފުންނަށެވެ. މުހިންމު މަސްއޫލިއްޔަތުތަކާ ކުރިމަތިލުމަށްޓަކައި، ހަމައެކަނި ވަކި ކަހަލަ އުސޫލެއްގައި އެ މީހުން ހިފަހައްޓައިގެން ތިބުން އެއީ ސަބަބެއްކަމުގައި ވެދާނެ އެވެ. އަދި މި ފަދަ ޙައްލެއް ހޯދަން އެ މީހުން، ވަރަށް ގިނައިން ދެކޮޅުހަދަ އެވެ. އެހެންވިޔަސް، ވަޒީފާގެ މަސްއޫލިއްޔަތު އަލުން މުރާޖަޢާ ކުރުމުން ލިބޭ ނަތީޖާ އަކީ، ސްޓާފުންނަށް ވިސްނައިދިނުމުގެ ބާރުގަދަ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެކެވެ. ވަޒީފާގެ މިންގަނޑުތައް، ގޮތްގޮތަށް ބަދަލުކުރުމުގެ މަޝްވަރާ ފެށުމަށްޓަކައި، ޓްރޭނިން ރާވާ ފަރާތުން އިސްނެގިދާނެ އެވެ. އޭރުން، ލިބެން ތިބި މީހުންގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ހިފުމާއެކު، އަލުން ތަމްރީނުދިނުން، ނުވަތަ އަލުން މަސައްކަތާއި ޒިންމާއައި، މަސްއޫލިއްޔަތު ހަވާލުކުރަންޖެހުމަށް ހިނގާނެ ޚަރަދު ވީހާ ވެސް ކުޑަ ކުރެވޭނެ އެވެ.
   
އެ ބައެއްގެ މަސައްކަތް ދިރާސާ ކުރެވުނު މީހުން، ޓީއެންއޭ ހަދާއިރު، ޕާރޓްނަރެއްގެ ހައިސިއްޔަތުން ބައިވެރިވުމުގެ ފުރުޞަތު ދޭންވާނެ އެވެ. ތަމްރީނަކީ، "ދަސްކުރާ މީހާގެ ބޭނުންތަކަށް އިސްކަންދީގެން" ރާވާ ޙަރަކާތްތަކަކަށް ހަދާއިރު، އެ ކަމަކީ ވިސްނާލަން މުހިންމު ނުކުތާއެކެވެ. މަޢުލޫމާތު އެއްކުރުމުގެ މަރުޙަލާގައި ވެސް، މުވައްޒަފުންނަކީ، އެކުގައި މަސައްކަތްކުރާ ހަމަހަމަ ބަޔަކަށް ހެދުމުން ލިބޭ ވަރަށް ގިނަ ފައިދާ ހުރެ އެވެ. އެއް ފައިދާ އަކީ، ޚިޔާލެއް ހޯދާއިރު، މުވައްޒަފުންގެ އެއްބާރުލުން ލިބޭލެއް މާބޮޑުވެފައި، ސީރިޔަސްކޮށް މުވައްޒަފުން އިތުބާރު ކުރާނެ އެވެ. އަނެއް ފައިދާ އަކީ، މަސައްކަތްކުރާ މީހުން ތިބޭނީ، މަސައްކަތްކުރާ ހާލަތުތަކުގައި ދިމާވާ މައްސަލަތައް އެންމެ ރަނގަޅަށް އެނގޭ ކަހަލަ މަޤާމެއްގަ އެވެ. އޭގެ އިތުރަށް، ތަފާތެއް ނެތް ހަމަހަމަ ގުޅުމެއް ގެންގުޅުމުން، ޓްރޭނިން ރާވާ މީހާ އަށް، މަޢުލޫމާތު އެއްކުރުމުގެ މަރުޙަލާގައި ވެސް، މުވައްޒަަފުންނާ ގާތް ގުޅުމެއް ގެންގުޅެވުނުކަމުގެ ގެރެންޓީ ލިބޭނެ އެވެ. އަދި އެއްކުރާ ޑޭޓާތަކުގައި، އިތުބާރު ހުރެފައި  ޞައްޙަވުން ވަރަށް ގާތްވާނެ އެވެ. ނަތީޖާއަކަށް ވާނީ، ކަމުގައި ޝާމިލުވާ އެންމެން، އެ މަޢުލޫމާތު ފަސޭހައިން ގަބޫލުކުރުމެވެ. އެ ސްޓަޑީ ހެދުމުގައި ފުލްކޮށް ބައިވެރިވެމުގެ ފުރުޞަތު ލިބުނުކަން އެއްމެން ޔަގީންކުރާ ނަމަ، އޭން ނުކުންނަ ނަތީޖާ ގަބޫލުކުރަން އެ މީހުންނަށް މާ ފަސޭހަވާނެ އެވެ.
   
މަސައްކަތްކުރާ ފެންވަރު ވަޒަން ކުރުމަށްޓަކައި، ބައެއް ހާލަތްތަކުގައި، އޮގަނައިޒޭޝަނުން ބޭރުގެ ވަސީލަތްތައް ވެސް ލިބެންހުރެދާނެ އެވެ. މިސާލަކަށް އެމެރިކާގެ، ބްރޯޑުކާސްޓިން ދާއިރާގައި މަސައްކަތްކުރާ ޓެކްނިކަލް މީހުންނަށް، ސޮސައިޓީ އޮފް ބްރޯޑުކާސްޓް އިންޖިނީއާރސް (SBE) ރަސްމީގޮތުން ގަބޫލުކުރާ ލިއުމެއް ޙާޞިލުކުރެވެ އެވެ. ބްރޯޑުކާސްޓް އިލެކްޓްރޯނިކްސް އާއި ޤާނޫނުގެ ޢިލްމު ހުރިވަރެއް ބެލުމަށްޓަކައި، SBE އިން ބައިވަރު ޓެސްޓުތައް ހެދެން ހުރެއެވެ. މުވައްޒަފުންގެ ފެންވަރު ބެލުމަށާއި، ފުޅާ ދާއިރާއެއްގައި ގަބޫލުކުރާ ސެޓްފިކެޓެއް ވަކިވަކި މީހުންނަށް ލިބިދިނުމަށްޓަކައި، ބްރޯޑްކާސްޓު އޮގަނައިޒޭޝަންތަކުން މީގެ ބޭނުންހިފައެވެ. އެ ނޫން ވެސް، ފަސޭހަ ނުވަތަ އުނދަގޫ ޓެސްޓުތަކުން، ބްރޯޑްކާސްޓިންގ އޭރިޔާތަކުގެ ފެންވަރު ވަޒަންކުރެވެން ހުރެއެވެ. ބައެއް ފަހަރު މި ފަދަ ކަންތައްތައް އިންތިޒާމް ކުރަނީ SBE ފަދަ، އޮގަނައިޒޭޝަނުން ބޭރު ތަންތަނުންނެވެ. އަނެއްބައި ފަހަރު، ތަނުގެ އެތެރޭން ވެސް މި ކަން އިންތިޒާމް ކުރެވެއެވެ. އަދި އަންނަނިވި ފަރާތްތަކަކީ ވެސް، އެ ފަދަ ޚިދުމަތް ދޭ ތަންތަނެވެ.

Asia Pacific Institute for Broadcasting Development
www.aibd.org.my/

American Society for Training and Development
www.astd.org/

Asia Pacific Broadcasting Union
www.abu.org.my/

Asian Media Information & Communication Centre (AMIC)
www.amic.org.sg/

(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ