އަދުގެ ޚާއްސަ

Print

ގާންދީގެ ފައިވާންޖޯޑުކޮޅު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވާހަކަ


ޢަބްދުލްމުޢީދު ޙަސަން


ޙިކުމަތްތެރި ވާހަކައެއްގައި ވެ އެވެ.

އެއްދުވަހަކު މަހާތުމާ ގާންދީ، ރޭލަކަށް އަރާވަޑައިގެންނެވުމަށްޓަކައި އަވަސްވެވަޑައިގަތެވެ. އޭރު ރޭލު ފުރަން ތައްޔާރުވަނީ އެވެ. ގާނދީ އަވަސް އަވަހަށް ރޭލަށް އަރާވަޑައިގަންނަވަން އުޅުއްވުމުގެ ތެރޭގައި އެއް ފައިންޕުޅުގައިވާ ފައިވާންކޮޅު ވެއްޓުނެވެ. ހަމަ އެހިނދު އެތަނަށް އަނެއް ފައިންޕުޅުގައިވާ ފައިވާންކޮޅު، ގާންދީ ވައްޓަވާލެއްވި އެވެ.

މި މަންޒަރު ދުށް މީހުން ވަރަށް ބޮޑަށް ޙައިރާންވި އެވެ.

އޭން މީހަކު ރޭލުތެރޭގައި ހުރެފައި ގާންދީއަށް ދެންނެވި އެވެ.

"ސާހިބާއެވެ! އެއްފައިންޕުޅުގައިވާ ފައިވާންކޮޅު ވެއްޓުމުން، އެތަނަށް އަނެއް ފައިންޕުޅުގައިވާ ފައިންވާންކޮޅު ވައްޓަވާލެއްވީ ކީއްވެތޯ އެވެ؟"

ޙިކުމަތްތެރި ގާންދީ ވިދާޅުވި އެވެ.

"ފަޤީރަކު އެ ނަގާއިރު، އޭނާއަށް ދެ ފައިވާންކިބަ ދިނުމަށް އަޅުގަނޑު ބޭނުމެވެ.
ދެ ފައިވާންކިބަ ލިބިއްޖެނަމަ އޭނާއަށް އެއިން ފައިދާކުރާނެތީ އެވެ."


މަޞްދަރު:
އިބްނުމިޞްރު ޑޮޓް ނެޓް.


ހަމަމިގަލަމުން

އިދާރާ

ވާހަކަ