އަދުގެ ޚާއްސަ

Print

ހުވަފެނަކީ، ސަމާސާ އެއްޗެއް ނޫނެވެ! (03)

ޝާޢިއުކުރީ އިސްމާޢީލް ޝާކިރު . ހިމެނޭބަޔަކީ ސައިންސް


އިސްމާޢީލު މުބާރަކް

އާދެ! އަޅުގަނޑުމެން ނިދީމާ އުޑުތަކުގެ  ރޫޙާނީ ޢާލަމާއި ގުޅޭ،  (އަޅުގަނޑު ކުރިން  ދެންނެވި) ސްޕިރިޓް މޮލެކިއުލް ތަކުން އުފެދޭ ހަށިގަނޑަކީ ވަރަށް ނާޒުކް އާވިގަނޑެއް ނުވަތަ ލޮލަށް ނުފެންނަ ދުންގަނޑެއް ފަދަ އެއްޗެކެވެ.  އެ ހަށިގަނޑު ސަމާވީ ޢާލަމްގައި ކުޅެނީ މި މާއްދީ ޖިސްމާނީ ހަށިގަނޑުގެ ބަދަލު ރޯލެއް ކަމުގައި  ވެސް ކުރީން ދަންނަވައިލެވިއްޖެ އެވެ.   ހަށިގަނޑާ ދުރަށް ދަތުރުކޮށް ދިއުމަށްޓަކާ ހަށިގަނޑުގެ ކާނާއިން އުފައްދާ ތަބީޢީ ހަކަތައިން ބައެއް  އިލެކްޓްރޯމެގްނެޓިވް ހަކަތަޔަކަށް ބަދަލުވާ ކަމުގައިވެސް އަޅުގަނޑު ވާނީ ދަންނަވާފައެވެ. 
                                           
މީ މިކަމާ ގުޅޭ ގޮތުން ސައިންޓިފިކް އެކިއެކި ވެބްސައިޓްތަކުގައި މަޢުލޫމާތު ދީފާވަގޮތެވެ. މިކަހަލަ ވަރަށް ގިނަ ދިރާސާތައް އެމެރިކާގެ ސްޓެންފޯޑް ރިސާރޗް އިންސްޓިޓިއުޓްގައި މިހާރުވެސް ކުރެވެމުން އެބަދެއެވެ.                                 

ބިމުން ފެށިގެން އަށްޑިހަ ކިލޯމީޓަރު މަތީގާ ( އަޔަނޯސްފެއަރ) ކިޔާ ފަށަލައެއްވެއެވެ. މީ އެތައް ހާސް މެގަ ވޮޓެއްގެ ކަރަންޓް ހުރި ފަށަލައެކެވެ. ސައިންސްގެ ލޮލަށް ފެންނަ ގޮތުގައި  ގުގުރިއަކީ މި ފަށަލައިގައި އުފެދޭ ޝޯޓު ސާރކިޓްވުމުން ނުވަތަ ކަރަންޓް ސޯޓްވުން ތަކަކުން ދިމާވާ ކަމެކެވެ. ރޭޑިޔޯ ފްރިކުއެންސީތަކާ އަދި އެތައް ވައްތަރެއްގެ ކަރަންޓުން އުފެދޭ ބާނިތައް ދުނިޔޭގެ އެއް ބިތުން އަނެއް ބިތަށް އަބަދުވެސް މި ފަށަލައިގެ ތެރޭން ދަތުރުކޮށްކޮށް ހުރެއެވެ. މި ފަށަލަ ނެތްނަމަ ނުވަތަ އިރުން އަންނަ  (ސޯލާ ވިންޑް )ގެ ރޭޑިޔޯ އެކްޓިވް ޠޫފާނަކުން މި ފަށަލަ ހަލާކުވެއްޖެނަމަ ސެޓެލައިޓް ތަކާ މުވާސަލާތު ކުރަން އަޅުގަނޑުމެން ގެންގުޅޭ ހުރިހާ ވަސީލަތެއް ވަގުތުން ހުއްޓުމަކަށް އަންނާނެ އެވެ. އަދި އެހެން ވެއްޖެނަމަ އިންސާނުން ހޯދާފައި  މިވާ ތަރައްޤީއާ ކުރިއެރުން ސިކުންތު ކޮޅެއްގެ ތެރޭގާ އެތައް ޒަމާނެއްގެ ފަހަތަށް ދާނެ އެވެ. ދައްޖާލު އަރާ ވަގުތު ގާތްވުމުން ނުވަތަ އެހެން ސަބަބަކާހެދި ނަމަވެސް ދުނިޔެއަށް މިހެން ދިމާވެއްޖެނަމަ ސެޓެލައިޓުން މިސްރާބު ހޯދާ މިސައިލްތައް ހިލަޔަށް ބަދަލްވެގެންދާނެއެވެ. މަތިންދާ ބޯޓާ އާގުބޯޓް ފަހަރު މިސްރާބު އޮޅި ދެވޭ ނުދެ   ދިމާއެއް ނޭނގި އެކަތި އަނެކައްޗާ ޖެހި މުޑިއަރާނެއެވެ.  މޯބައިލް ފޯނުތަކުގެ ބޭނުން ކެނޑި ރޭޑިޔޯ ސްޓޭޝަން ތަކާއި ޓިވީ ސްޓޭޝަންތައް ހުއްޓުމަކަށް އަންނާނެ އެވެ.            

އިންސާނީ ލޮލަށް ނުފެންނާ މިހާ ވަރުގަދަ މުހިންމު ކޭބަލެއް ބިމުން ފެށިގެން އައްޑިހަ ކިލޯ މީޓަރު މަތީގައި އަޅާފަ މިވަނީ ހަމަ ގައިމުވެސް އެމެރިކާ މީހުންނެއް ނޫނެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި މި ބިމުގެމަތިން  ރައްކާތެރި ކަމުގެ ފުރާޅެއް ލައްވާފައިވާ ކަމުގާ ވަޙީ ކުރައްވާފާވެ އެވެ.  އެއީ ހަމަ އެކަނި އިރުން އަންނަ ރޭޑިޔޯ އެކްޓިވް ޠޫފާނުތަކުން ރައްކާތެރިކަން ދޭ ފުރާޅެއްގެ އިތުރަށް އެމެރިކާ މީހުން ޔޫރަޕްގައި ބަހައްޓަމުން ގެންދާ މިސައިލުން ދިފާޢުވާ ނިޒާމަށްވެސް ރައްކާތެރިކަން ހަމައެކަނި ދޭ ފުރާޅެވެ. މި ފުރާޅު ނެތްނަމަ ޑިފެންސް މިސައިލުތަކަށް ހަމަލާދޭ މިސައިލްތަކުގެ ރޭންޖް ހޯދައެއް ނުގަނެވޭނެ އެވެ. މި ފުރާޅުގެ ރައްކާތެރިކަމުގެ ވާހަކަ އަޅުގަނޑު ދެއްކުމަށްވުރެ ބުއްދިވެރި ގޮތަކީ، ތިޔަ ބޭފުޅުން އަޅުގަނޑު މި ދެންނެވި ހުރިހާ ޚިދްމަތްތަކާ ގުޅުވައިގެން ވިސްނާ ވަޑައިގަތުމެވެ. އީމާންތެރި ހިތަކާއި، ސަލާމަތްބުއްދިއެއްގެ ވަސީލަތުންނެވެ.                 

 އިލެކްޓްރިސިޓީ ނުވަތަ ކަރަންޓަކީ ކުރިއަށް ކޮއްޕާ ބާރެއް ކަމުން ފޯނުން ދެކެވޭ ވާހަކަތަކާއި ރޭޑިޔޯ އާއި ޓީވީން ފޮނުވާ ޕްރޮގްރާމްތައް މި ދެންނެވި (ބިމުން ފެށިގެން އައްޑިހަ ކިލޯ މީޓަރު މަތީގައިވާ) "އަޔޮނޯސްފެއަަރ" ގެ ފްރިކުއެންސީތަކަށް ޓްރާންސްމީޓަރު މެދުވެރިކޮށް ފޮނުވާލުމަށްޓަކައި ޖަހައިފައިވާ އެންޓަނާތައް ތިޔަ ބޭފުޅުން މާލެޔާ ރާއްޖޭގެ އެކި ދިމަދިމާއިން  ދެކެވަޑައިގަންނަވާނު އެވެ.  ދިރާގު އެންޓަނާތަކާއި ވަޠަނިއްޔާގެ އެންޓަނާތައް، ޓީވީއެމް ދިވެހި ރާއްޖޭގެ އަޑު، އަދިވެސް މި ފަދަ އެހެންތަންތަނުގެ އެންޓަނާތައް ޖަހާފައި އެ ހުންނަނީ ރީއްޗަކަށް ނޫނެވެ. 
                                
ޓްރާންސްމީޓަރު ތަކުން މި ދެންނެވި ފްރީކުއެންސީ ތަކަށް ފޮނުވާލައިގެން  މާތް ﷲ އެ ކަލާނގެ ކަލާނފުޅުގައި ބަޔާންކުރައްވައިފައިވާ ރައްކާތެރިކަމުގެ ފުރާޅުގެ ތެރެއަށް ވެއްދުމަށްޓަކައެވެ. އާދެ ! މިހެން ހެދުމަށްޓަކައި އަޅުގަނޑުމެން މި ކުރާ ކަމަކީ އަޅުގަނޑުމެންގެ ތަބީޢީ އަޑު ނުވަތަ މަންޒަރު ކަރަންޓު ސިގްނަލްތަކަކަށް ބަދަލުކުރަނީ އެވެ. ވަރުގަދަ ކަރަންޓް ޓްރާންސްމީޓަރެއް  ބޭނުން ކޮށްގެން މިކަން ކުރުމަށްފަހު  އެ ސިގްނަލްތައް  ''އިލާހީ ކޭބަލް''ގެ ތެރެއަށް ފޮނުވާލުމުން ވަރަށް ބާރު ދުވެލީގައި ގޮސް އެ ކޭބަލްގެ ތެރެއަށް ފެތުރި އެ ސިގްނަލްތައް ލިބޭގޮތަށް ހަދާފައިވާ ފޯނު ނުވަތަ ރޭޑިޔޯ ނުވަތަ ޓީވީތަކުން ވަގުތުން ފެންނަން ފަށައެވެ. ނުވަތަ އިވެން ފަށައެވެ. މީ އަޅުގަނޑުމެން މި އަދު ވެސް ބޭނުން ކުރަމުންދާ އިލާހީ ނިޢުމަތެކެވެ.  މީ އަޅުގަނޑު ދަންނަވަމުން މި އަންނަ ހުވަފެނުގައި އިންސާނީ ހޭވެރިކަން ދަތުރުކުރުމުގައި ވެސް ހަމަ ކަން ހިނގާގޮތެވެ. އެހެންނަމަވެސް ކަރަންޓް އެކަންޏެއް ނޫނެވެ. މި ކަމުގައި ދެފަރާތެއް ބައިވެރިވެއެވެ. ބިމުގެ މެދުން ފެށިގެން އަށްޑިހަ ކިލޯމީޓަރ މައްޗަށް ފެތުރިފާވާ ޖާޒުބިއްޔަތު (ގްރެވިޓީ) އަކީ ނުވަތަ ބިމަށް ދަމާ ބާރަކީ ކަރަންޓުގެ އަންހެން ވައްތަރެވެ.  ކަރަންޓަކީ ކޮއްޕާ ބާރެކެވެ.  ގްރެވިޓީ އަކީ ދަމާ ބާރެކެވެ.  މުޅި ކާއިނާތު ވަނީ މި ދަމާ ބާރާ ކޮއްޕާ ބާރުން ފުރިފަ އެވެ.  މި ދެމަފިރިންނަށް ވަކިންނެއް ނޫޅެވެއެވެ.  ކީރިތި ﷲ މި ޙަޤީޤަތް މީގެ ސާދަ ސަތޭކަ އަހަރު ކުރިން ކީރިތި ޤުރުއާނުގައި ވަނީ ބަޔާން ކުރައްވައިފަ އެވެ. އާދެ! އެކަލާނގެ ކޮންމެ އެއްޗެއް މެ ޚަލްޤު ކުރައްވާފައިވަނީ ޖޯޑުޖޯޑަށެވެ.  މިހެންވެ ސައިންޓިފިކަލީ މި ދެބާރު އެއްކޮށްލައިގެން މިކިޔަނީ " އިލެކްޓްރޯމެގްނިސިޓީ" އެވެ .
                 
 އަޅުގަނޑު މި ދެންނެވި "ސްޕިރިޓް މޮލެކިއުލްތަކުން'" މި ކުރާ ކަމަކީ އިންސާނާގެ ހޭ ވެރިކަން މާތް ﷲގެ އިޒުނަފުޅާއެކު، އެ އެއްޗަކާ ލާމެހިފައިވާ ހަށިގަނޑުގެ ތަބީޢީ ހަކަތަ އިލެކްޓްރޯމެގްނެޓިކް ހަކަތަޔަކަށް ބަދަލު ކޮށްލަނީއެވެ. އަދި އެ އަށްފަހު މުޅި ކާއިނާތަށް ފެތުރިފައިވާ "އިލެކްޓްރޯމެގްނެޓިކް" ފްރީކުއެންސީތަކުން ބަސްބުނާހާ ވަގުތު ކޮޅެއް ނުވަތަ އެސްފިޔަ ޖަހާލާހާ ވަގުތުކޮޅެއްގެ ތެރޭގައި ނުވަތަ އަލީގެ ބާރު މިނުގައި ނުވަތަ އެއަށްވުރެވެސް  ބާރަށް ދަތުރު ކުރެވޭނެ މަގު ފަހި ކޮށްދެނީއެވެ. އެންސްޓެއިންގެ މަޝްހޫރު އީކްއޭޝަން   (އީ އީކުއަލް އެމް ސީ ސްކޮޔާޑް)  ހަރުކޮންމެ އެއްޗަކީ ނުވަތަ މާއްދާޔަކީ ހަކަތައެވެ. މީ މިކަމަށް ބާރުދޭ އީކުއޭޝަނެކެވެ.  ފެނަކީ ދިޔާއެއްޗެކެވެ. ގަނޑުކުރުމުން ހަރުވެ އެވެ. ކެއްކުމުން ގޭހަށް ބަދަލުވެ އާތްވަށް އަރައިގެންދެ އެވެ.   އެއިންސްޓެއިން ހޯދި  "ކުއަންޓަމް ތިއަރީ " އަކީ ކަށަކުޅަދުންވަތަ މާތްﷲ މި ކާއިނާތުގައި ލައްވައިފައިވާ  މި ދެންނެވުނު ބާރެވެ.
                         
އެހެންކަމުން އަޅުގަނޑު ކުރިންދެންނެވި ހަށިގަނޑުގެ ސެލްތަކުގެ ތެރޭގައިވާ މޮލެކިއުލެއް ކަމަށްވާ ޙަޤީޤަތް ނޭނގޭ " ސްޕިރިޓް މޮލެކިއުލް ތަކުން " މި ހަކަތއިން އުފައްދާ މި ހަށިގަނޑަކީ އަޞްލު މާއްދީ ހަށިގަނޑުގެ ކޮޕީއެކެވެ. އަދި ހަށިގަނޑަށް ނުދެވޭ ހިސާބުތަކަށް ދިއުމަށް ކަނޑައެޅޭ ރީޕްރެޒެންޓިޓިވް އެކެވެ.  ނުވަތަ ހަށިގަނޑުގެ ފަރާތުން ފުރާނަ ގޮވައިގެން ގޮސްހުރި އެމްބެސަޑަރެކެވެ. ހަށިގަނޑުގެ ޚާއްޞަ މަންދޫބެކެވެ.  ކުރުކޮށް ދަންނަވަންޏާ އެއީ ހަމަ މާއްދީ ހަށިގަނޑުގެ ސާފު ނަކަލެކެވެ.                                   

އިންސާނާ ނިދުމަށްފަހު މާއްދީ ދުނިޔޭގެ މަސައްކަތްތަކަށް އަލުން އެނބުރި ވާސިލްވުމަށްޓަކައި ވަރުބަލިކަމާއި ބަލިކަން ފިލުވާ ފަރުވާލިބިގެން އައުމަށް މާތް ﷲ ގެ އަމުރުފުޅާއެކު މިދެންނެވި މޮލެކިއުލްތަކުން އޭނާގެ ހަށިގަނޑުގެ ތަބީޢީ ހަކަތަ އިލެކްޓްރޯމެގްނެޓިކް ހަކަތަޔަކަށް ބަދަލުކުރުމުން އޭނާގެ ރޫޙު އެކަލާނގެ ކަނޑައަޅުއްވައިފާވާ ހިސާބަކަށް ދަތުރުކޮށް ދާ ކަމުގެ ހެއްކަކީ، ހަށިގަނޑުގައި އެއްވެސް މައްސަލައެއް ނެތް މީހަކު ރޭގަނޑެއްގެ ދިހައެއް ޖަހާއިރު ނިދައިފިއްޔާ އަނެއްދުވަހުގެ ހައެއް ޖަހާއިއިރު ހުންނާނީ އޭނާގެ ހަށިގަނޑުތާޒާވެ، ދުވާލުގެ މަސައްކަތަށް ތައްޔާރުވެފައެވެ. ހަމަ މިގޮތަށް މީހަކު ދިހައެއް ޖަހާއިރު ނިދަން އޮށޯވެ މުޅިރޭގަނޑު އޮށޯވެ އޮތަސް ނުނިދާކަމުގައި ވަނީ ވިއްޔާ އޮށޯވެ އޮތުމުން އޭނާގެ ވަރުބަލިކަން ނުފިލާ އަނެއްދުވަހު ހެނދުނު ހުންނާނީ ތާޒާކަން ކެނޑި ވަރުބަލިވެފަ އެވެ. ދެން މުޅި ދުވަހު ކަންނެތްކަމާއި ވަރުބަލިކަން އިޙްސާސްކުރަންޖެހޭނެއެވެ. ދެން ހަމަ މިގޮތަށް ރެއަކަށްފަހު ރެއެއް ނުނިދައި ހަފުތާޔަކަށް ދިގުދެމިގެން ހިނގައްޖެ ނަމަ، ނަތީޖާޔަކީ ކޮބައިތޯއެވެ؟ .. އާދެ އޭނާގެ މާއްދީ ހަށިގަނޑު ހަލާކުވެ ހުއްޓުމަކަށް އައުމެވެ.

(ނުނިމޭ)

އިދާރާ

ވާހަކަ