އަދުގެ ޚާއްސަ

Print

ހުވަފެނަކީ، ސަމާސާ އެއްޗެއް ނޫނެވެ! (04)

ޝާޢިއުކުރީ އިސްމާޢީލް ޝާކިރު . ހިމެނޭބަޔަކީ ސައިންސް


15 މާޗު (ހޯމަ) އާ ގުޅޭ...

އިސްމާޢީލު މުބާރަކު

ކަލަކު ވޮޑިގެންވާ ކަމުގެ ބޮޑު ޙަޤީޤަތަށް އިންކާރުކުރާ ބަޔަކު ވެސް ދުނިޔޭގައި އުޅެ އެވެ.  އެހެންނަމަވެސް ޙަޤީޤަތުގައި  މިކަމަށް ޗެލެންޖުކޮށް، ހެއްކާއި ބުރުހާނު ގެނެސްދެވޭނެ އިންސާނީ އެއްވެސް ސިކުނޑިއެއް ފެންނާކަށް ނެތެވެ. އެފަދަ ޙުއްޖަތެއް ޢިލްމެެއް ސައިންސެއް ވެސް ނެތެވެ.  ބުނެވޭ ގޮތުގައި ޗައިނާގެ ކޮންމެސް ޕްރޮވިންސެއްގައި ހުރި މީހަކު ދެވަނަ ބޮނޑު ހަނގުރާމައިގެ ފަހުން އޭނާގެ ސިކުނޑިޔަށް ލިބުނު ޝޮކަކުން ނުނިދާ އިންނަތާ ސާޅީސް އަހަރަށްވުރެ ގިނަވެއްޖެއެވެ. މީ ސިކުނޑި ހަމަޖެހޭ މީހެއްނޫނެވެ. އޭނާގެ ހަށިގނަޑު ބޭނުން ކުރަނީ ޝައިޠާނާ ނޫންކަމެއް ވެސް ނޭނގެއެވެ.  އެނގޭ ކަމަކީ އެއީ ހަމަ މީހެއް ނޫންކަމެވެ. ދުނިޔޭގައި ހުއްޓަސް ދުނިޔޭގެ ހޭވެރިކަމެއް ނެތް މީހަކީ ދުނިޔޭގައި ހުރި މީހެއް ނޫނެވެ. 

                  
އާދެ! ކޮންމެއަކަސް އިންސާއަށް  ނިދުމަށްފަހު އޭނާގެ ހަށިގަނޑު އެއީ އޭނާއެއް ނޫނެވެ. އެ އޮނިގަނޑުގައިވާ މީހާ ވާނީ އެހެން ދުނިޔެއަކަށް ދަތުރުކޮށް ގޮސްފަ އެވެ.  އެ ހިނދު މީހާޔާ ހަށިގނަޑު ގުޅިފައި ވާނީ ލޮލަށް ނުފެންނަ ހިމަ މަކުނުވާފަށެއްފަދަ ރޫޙާނީ ގުޅުމަކުންނެވެ.  މިހެންވެ މާއްދީ ވިސްނުމަކުން ކިތައްމެ ވަރަކަށް ހުވަފެނާއި މީހާޔާ މެދުވާ ގުޅުން ބަޔާންކޮށްދޭން އުޅުނަސް ތެދު ޙަޤީގަތާ ހިސާބަށް ދިއުމަކީ ވާނެކަމެއް ނޫނެވެ.              

 ތި ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން ދެހާސް ހަތަރުވަނަ އަހަރު އެރި ސުނާމީގެ ހުވަފެން ފެނިފަވަނީ ރާއްޖޭގެ ރަށްތަކުންނާ މާލޭން އެންމެ މީހަކަށް ދެމީހަކަށް ނޫނެވެ. އެކިގޮތްގޮތަށް އެތައް ބަޔަކަށެވެ. ބއެއް މީހުންނަށް ހަފުތާއެއް ކުރިން ފެންނަން ފަށައިފިއެވެ. ބައެއް މީހުންނަށް 72 ގަޑި ކުރިން، ބައެއް މީހުންނަށް 48 ގަޑި އިރު ކުރިން އަނެއް ބަޔަކަށް ސުނާމީ އެރުމުގެ 24 ގަޑި އިރު ކުރިން ހުވަފެނުން  ފެނިފައިވެއެވެ. މީ އިއްތިފާގެއް ނޫނެވެ.                               

 އިންސާނާގެ ސެލްތަކަކީ  ކޮމްޕިއުޓަރ ނެޓްވޯކާ ވަރަށް އެއްގޮތް ސިފަތަކެއް ހުރި އެއްޗެކެވެ ސެލްތަކުގެ ތެރޭންލާފަައި މަޢުލޫމާތު ލިބިގަނެ މަޢުލޫމާތު ފޯރުވާ ހަދައެވެ. "ޖެނެޓިކްސް ކޯޑްގެ "  މާނަޔަކީ ކޮބައިތޯއެވެ؟ ކޯޑް ގެ މާނަޔަކީ ހަމަ ބަހުރުވައެވެ. ކޮންމެ ބަހުރުވައެއްގައި ކަނޑައެޅިފާވާ ހަތަރު ބައެއް ވެއެވެ.  އެއީ 1)  އުކުރު  (2) ޖުމްލަ (3)   ލަފްޒު  (4)  ޕެރެގްރާފް .                             

 އިންސާނުންގެ ހަށިގަނޑުގެ ހުރިހާ ކަމެއް އޭގައި މާތް ﷲ  ލިއުއްވާފަވާ ޖީންގެ ޑީ އެން އޭގެ ބަހުރުވަޔަށް އިންސާނުންގެ ބަހުން ކިޔާގޮތް ބަލައިލަމާތޯއެވެ.                       


 1 ) ނިއުކްލިޔޮޓައިޑް   = ސިފަ                                
2 )  ކޯޑަން   = އަކުރު                                    
3 ) ޖީން   = ލަފްޒު                                      
4)  އޮޕެރޯން = ޖުމްލަ                                      
5)  ރެގިއުލޯން  = ފެރެގްރާފް 
                                
ޑީއެން އޭ ގަައި އެކުލެވޭ މުހިއްމު  ހަތަރު ކެމިކަލް އަކީ 1 އެޑިނައިން  2 ތަޔަމައިން 3 ގުއަނައިން 4 ސައިޓޯސިން މިއެވެ.  

                          
ކޮންމެ  ސެލް އެއްގެ ތެރޭގަވާ މީން ކޮންމެ ވައްތަރެއްގެ  ތިން ބިލިއަން ކެމިކަލް އެތިކޮޅުން އެމީހެއްގެ ސީދާ ނަކަލު ޤުދުރަތުން ލިއުއްވާފައިވެ އެވެ.  އެހެންވެ ސެލްތަކުގެ ތެރޭގައި މިވާ ޑީއެންއޭ އަކީ އިއްތިފާޤެއް ނޫންކަން އާދެ!  އަމިއްލަޔަށް އުފެދިފާވާ އެއްޗެއް ނޫންކަން އަދި އެއީ އެ އުފެއްދެވި ފަރަތަކާ އުފެދިފާވާ އެއްޗަކާ ސީދާ މުވާސަލާތު ކުރެވޭ ބަސްމަގެއްކަން އެނގެއެވެ.  
                                     
ޖިންނި ޝައިޠާނުން އިންސާނުންގެ ފުރާނަ ޤައިދުކުރުމަށްފަހު  އޭނާގެ ހަށިގނަޑު ސަވާރީއެއްގެ ގޮތުގައި ބޭނުން ކުރާކަމީ އަޅުގަނޑުމެން އެންމެންވެސް ދަންނަކަމެކެވެ. އަޅުގަނޑުމެންނަށް ފެނަނަނީ މޮޔަވެގެން އުޅޭ މީހެކެވެ.  އޭނާގެ ހަށިގަނޑުގެތެރޭގައި ހިނގާކަމެއް އަޅުގަނޑުމެން ނުދެކެމު އެވެ.  އޭނާގެ ހަށިގަނޑުތެރޭގައި ވަނީ އޭނާތޯ ނުވަތަ އޭނާ ނޫން އެހެން ބާރެއްތޯ އަޅުގަނޑު މެންނަށް ނިންމޭނީ ކާރެއްގެ ތެރެ ފެންނަހެން ދުއްވަން އިންނަ މީހާ ފެންނަން އިންނަ ނަމަ ނޫންތޯއެވެ؟ އާދެ!  އެވަގުތު އޭނަގެ މި ސާލަކީ ކާރު ދުއްވަން ނޭނގޭ މީހަކު ކާރަކަށް އަރައިގެން އުޅުމުގެ މިސާލެވެ. އެހެނީ ދުއްވަން ނޭނގޭ މީހަކު ކާރަކަށް އެރިޔަސް ސްޓާޓް ކޮށްލުމާއެކު ދާނީ ދާނެ ދިމާއަކަށެވެ. މިހެން މިވަނީ ޖިންނި ޝައިޠާނެއްގެ ރޫޙު ވައިރޯޅިއެއްފަދައިން ހަކަތައެއްގެ ސިފައިގައި އައިސް އަޅުގަނޑުމެންގެ ހަށިގަނޑުތެރެއަށްވަދެ އަޅުގަނޑުމެންގެ ރޫޙު ޖެހިޖެހީނުން ހޭނައްތާލުމަށްފަހު އެ ހަށިގަނޑުގެ ކޮންޓްރޯލް އަތުލައިގެން ދުއްވަން ފެށީމައެވެ. އަޅުގަނޑުމެންނަށް އެ ވަގުތު އެ ސޮރު އައިސް  ޖެހުމާއެކު ޢިހްސާސްކުރެވޭނީ މޫނުމައްޗަށް އަނދިރިވެގެން ވެއްޓޭކަމެވެ. އަދި ހޭނެތި އަނގައިން ފޮނުއައިސް އެ ލިބުނު އަނިޔާގައި ބޭރު ފުށުން ފެންނާނީ މިކަހަލަ ކަމެކެވެ.

                                                
އިންސާނާޔަށް  އޭނާގެ ހަށިގަނޑު ނުވަތަ އެސަވާރީ ޙަވާލު ކުރެވެނީ އެންމެ ފުރަތަމަ އޭނަގެ މަންމަގެ ރަޙިމުގެ ތެރޭންނެވެ. ދެން ދުނިޔެއަށް އައިސް އެ ހަށިގަނޑުގެ ކޮންޓްރޯލްތައް ދަސްކުރުމަށް އެތައް ދުވަހެއް ނަގައެވެ. އެއަށްފަހު އެ ހަށިގަނޑައިގެން ކުޅަދާނަ ފުޓްބޯޅަކުޅުންތެރިޔަކަށް ނުވަތަ ކުޅަދާނަ އެތުލީޓަކަށް ނުވަތަ މާޝަލް އާޓް ތެޅުންތެރިއަކަށް ވުމުން އަޅުގަނޑުމެން ޙައިރާންވާކަށް ނުޖެހެއެވެ. އެންމެ ފުރަތަމަ ދުނިޔެއަށް އައިއިރު އަނގަޔާ އަތާވެސް ދިމާކުރާކަށް ނޭނގެއެވެ. ފުރަތަމަ ދަސްކުރާ ފިލާވަޅަކީ އެއީ ކަމުގައި ވެދާނެއެވެ. މީން އެނގެނީ އަޅުގަނޑުމެން ވެސް މި ހަށިގަނޑުގެ ކޮންޓްރޯލްތައް ދަސްކޮށް މިއަށް ފަރިތަވެފައި މިތިބީ ދުނިޔެއަށް އައުމަށްފަހުގައި ކަމެވެ. ޖިންނި ޝައިޠާނުންނަށް މި ބިންމަތީގައި ދުއްވާލާ އިންސާނީ ޢިހްސާސް ރަހަބަލައިލަން މާތް ﷲ ހައްދަވައިފައިވާ މިފަދަ ފުރިހަމަ ސިފައެއް ލިބުމުން ފަގީރަކަށް ލިމަޒިން ކާރެއް ލިބުމަށް ވުރެ އުފާވާނެއެވެ. އެހެނީ މާތް ﷲ ކީރިތި ޤުރްއާނުގައި  ބަޔާންކުރައްވައިފައިވަނީ އިންސާނާ ޚައްލުޤުކުރައްވައި އުފައްދަވައިފައިވަނީ  ވަނީ އެންމެ ރިވެތި ސޫރައިގައިކަމަށެވެ.        
  
ޣާފިލްކަމުގެ ތެރޭގައި ބައެއްމީހުން އެ މީހުންގެ މާއްދީ ހަމަ މަހުން އުފެދިފާވާ މި ހަށިގަނޑުގައި ހަކިހިއްޕާލައިގެން އެއީ ތިމާ ކަމުގައި ހީކޮށްގެން އެއަށް ފަޚްރުވެރިވެ ތިމާޔަށްވުރެ ނުކުޅެދޭ މީހުންނަށް ތިމާގެ ހަށިގަނޑުގެ ވަރުގަދަކަމާއި ފުރިހަމަކަން، އެ ތޮށިގަނޑުގެ ޒީނަތްތެރިކަން ދެއްކުމަށްޓަކާ އަވަތިނެތި އުޅެނިކޮށް އޭގެތެރެއިން ތިމާ ނުކުންނަންވީ ވަގުތު އައިސްޖެހިދެ އެވެ. ގެއެއްގެ ވަޒަންވެރިން ނުކުމެގެން ދިއުމުން ގެ ފަޅުވެގެން ދާހެން އޭނާ ވަޒަންވެރިވެ އުޅުނު ހަށިގަނޑު އޭނާ އޭގެތެރެއިން ނެރެލީމަ ފަޅުވެގެންދެއެވެ، ދިރިތިބި މީހުން އެއީ އޭނާ ކަމުގައި  ދެކިގެން ހިތާމަކޮށް ހަދައެވެ. ސަހަރާގެ އެކަނިވެރި ގަބުރުސްތާނުގެ ތެރޭގައި އެކަނިމާއެކަނި ވަޅެއްގެތެރޭ ގިޔާމަތްވަންދެން އޮންނަނީ ކަމުގައި ހީކުރެއެވެ. ނަމަވެސް ޙަޤަޤަތްވަނީ ހީވާގޮތާ މާދުރުގަ އެވެ. ހަށިގަނޑަކީ ތިމާކަމަށް ހީކޮށް   ތިމާވަރެއް ނެތިގެން އުޅުނު އެ ޒީނަތްތެރި ސުފަރމޮޑެލް ހަށިގަނޑު ނުކުޅެދޭ މީހާގެ ހަށިގަނޑަށް ވެސް  ވާހެން ބިމުގެ މައްޓަށްވެގެން ކިލާފަނިތަކާ ފަނިފަކްސާތައް އައިސް ގަސްކާނާޔަށް ބަދަލް ކޮށްލައިފާނެއެވެ. ހަށިގަނޑަކީ ތިމާ ނޫންކަން ގަބޫލުކުރާހިތް ނުވިޔަސް މި ޙަޤީޤަތާ ކުރިމަތިލާން ޖެހޭނެއެވެ. ކިލާފަންޏާ ބިމުގެ ތެތް މަށްޓާއި މުރަކަޔަށް ހަށިގަނޑުބަދަލުވެގެން އެ ހިސާބުން ނިމޭނަމަ ތިމާގެ  ހަށިގަނޑަކީ  ތިމާ ކަމުގައި ނިންމި ދާނެ އެވެ.                                   
                
ނިދާފައި އޮންނަ އިރު ފުރާނަ ދުރަށް ދަނީ ކަމުގައި ވަންޏާ ނޭވާ ލުމާ ޙަޖަމު ކުރުމުގެ ނިޒާމާ ލޭދައުރުވުމުގެ ނިޒާމް ފުރާނަޔާ ނުލާ ކުރިޔަށް ދަނީ ކީއްވެގެންތޯ  މީ އުފެދޭނެ ސުވާލެކެވެ.  އާދެ ! އަޅުގނޑު މި ލިޔުމުގެ  ކުރީކޮޅުގައި ވަރަށް ގިނައިން ދަންނަވާފައި ވާނޭ ފަދައިން ނިދީގައި ފުރާނަ ހަށިގަނޑާ ދުރަށްދަނީ އެ ހަށިގަނޑާ މުޅިން ގުޅުން ކެނޑިގެނެއް ނޫނެވެ. ފުރާނަޔާ މަސްގަނޑާ ގުޅުވައިދެނީ ނިދާފައި އޮންނަ މީހާގެ ސިކުނޑީގެ މަތީ ބައިގަވާ " ސިމްޕެތެޓިކް ނާވަސް ސިސްޓަމް " އޭ ކިޔޭ ހިސާބަކުން އުފެދިފަވާ ހިމަ ލޮލަށް ނުފެންނަ ހަކަތަޔަކުންނެވެ.  އަޅުގނަޑު އެޔާ ބެހޭގޮތުން މި ލިޔުމުގެ ކުރީ ބައިގަ ވާނީ ވާހަކަދައްކާފައެވެ. އަޅުގަނޑުމެންގެ މޯބައިލް ފޯނަކީވެސް ހަކަތަޔަކުން އެއްފޯނު އަނެއް ފޯނާ ގުޅޭ ވަސީލަތެކެވެ. ގުޅިފައި ވާއިރު ވާފަށެއް ފެންނާކަށް ނޯވެ އެވެ. ހޭލާ ހުންނައިރު ވެސް އަޅުގަނޑުމެންގެ ނޭވާލުމާ ލޭ ދައުރު ކުރުމާއި ހަޖަމުކުރުމުގެ ނިޒާމް މަސައްކަތް ކުރަނީ އަޅުގަނޑުމެން އެކަމަށް ވިސްނައިގެން ނޫނީ ބާރެއް ލައިގެން ނެއް ނޫނެވެ. އެއީ ހަށިގަނޑާއި ގުޅިފާވާ އޮޓޮމެޓިކް ވަޒީފާތަކެވެ. ރޫޙަކީ އަޅުގަނޑެމެންގެ ހޭވެރިކަމެވެ.  އެހެންކަމުން ހޭވެރިކަމާ ނުލައި ހިނގަމުން ދާކަންކަމަށް ކޮންމެހެން ހޭވެރިކަމަކަށް ބޭނުމެއް ނުވާނެއެވެ.  އެހެންނަމަވެސް ފުރާނަ ހަށިގަނޑުން މުޅިން ވަކިވެގެން ދިއުމަށްފަހު ހަށިގަނޑު ހުއްޓުމަކަށް އަންނާނެއެވެ.           
 
ނިދާފައި  އޮންނައިރު ނިދާފައޮތް މީހާގެ، އުޑުތަކާގުޅޭ ސަމާވީ ރޫޙާނީ މީހާ އޭނާގެ އަރާމުލިބެމުން ހަމަޖެހެމުންދާ ހަށިގަނޑައި އެންމެ ކައިރީގަވެސް ހުރެދާނެއެވެ. ނުވަތަ އެތައްހާސް މޭލެއްގެ ދުރުގައި ޖައްވުގެ ތެރޭގައި އުދުހެމުން އުޅެފާނެ އެވެ. ކިތައްމެ ދުރުގާވިއަސް ރޭންޖްލިބިލިބި ހުންނާނެއެވެ.  ކަރަންޓާއިދަގަތްފާނުން އުފެދިފަވާ ހަކަތައިގެ ގުޅުމަކަށް ބަދަލެއް ނާންނާނެއެވެ.  ނަމަވެސް  މި ގުޅުން ކަނޑައިގެން ހިނގައްޖެނަމަ ފުރާނަޔަށް ދެން ހަށިގަނޑަށް އެނބުރިއައުމުގެ ދޮރު ބަންދު ވީއެވެ. ދިރި ތިބި މީހުންނަށް ފެންނާނީ އޭނަ މަރުވެފައިވާތަނެވެ. އެހެންނަމަވެސް މާތް ﷲ މިކަން ހަމަ ޖައްސަވާފައި އޮތީ އެއަށްވުރެ މާ ފުރިހަމަޔަށް ކަމަށްވާތީ ކިތަންމެ ނާޒުކް ގުޅުމަކުން ގުޅިފައިވިޔަސް ވަރަށް މަދުން ނޫނީ މިހެން ދިމައެއް ނުވާނެ އެވެ. ފުރާނަ ހަށިގަނޑަށް ރުޖޫޢަ ވާކަށް މާ ގިނަ ވަގުތެއް ނުނަގައެވެ. ކިތައްމެ ދުރުގާވިޔަސް ހަމައެކަނި ހިތަށް އަރުވާލުމާއެކު ފުރާނައައިސް ހަށިގަނޑުތެރެއަށް ވަދެ އެވެ.  ބުނެވޭ ގޮތުގައި ވިސްނުމަކީ ރޫޙު ކުރާކަމެކެވެ.  ބުއްދިޔަކީ ރޫޙުގެ އިންސްޓރޫމަންޓެކެވެ.

(ނުނިމޭ)

އިދާރާ

އެނގޭތަ؟

ވާހަކަ