އަދުގެ ޚާއްސަ

Print

ޞަލީބީ ޙަސަދަ

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އަޙްމަދު މުޙަންމަދުއްޞަދީޤު (ޤަޠަރު)
ތަރުޖަމާ: އިބްރާހީމް ރަޝީދު މޫސާ


އޭ! ލަޢުނަތް ލިބިގެންވާ ޞަލީބީ ޙަސަދަޔާ!
އަލިފާން ފަރުބަދައެއް ފަދައިން އަހަރެންގެ ހުޅުގަނޑު ކިތައްފަހަރަށް ރޯކޮށްފިންތަ؟
އަހަންނަކީ މިނިވަނެއް.... އަހަންނަކީ އަޅެއް ނޫން!
އޭ! ﷲގެ ދުޝްމިނާ! އަހަރެންގެ ވަޒަނުން ފެއްސިގެން ދުރަށްދޭ!
އަހަރެންގެ ލޭ ހޮޅިތަކުން ލޭބުއިމަށް ކަލޭ އައީ.
އަމާންކަން ލިބިފައިވާ މީހުންނަށް ބިރުދެއްކުމަށް ކަލޭ އައީ.
އުޑުގެ ކޯފާއާއި ލަޢުނަތް ކަލޭއަށް ފުދިގެންވޭ.

އަނިޔާވެރިންނަށް ލިބޭ ގޮވާން މާދަން ކަލޭއަށް ކަނޑަން ލިބޭނެ.
ކަލޭ ގޮވާލާ ގޮވާލުމަކީ، ޢިލްމެއް އަދި ޙަޟާރަތެއް ނޫން.
އެއީ ޢުދުވާނެއް. އެއީ އޮޅުވާލުމެއް.
ޙަމަލާތަކެއް ފުލުގައި ޙަމަލާތަކެއް.
ބަދުނަސީބުކަމާއި ތަދުމަޑުކަން ގެނުވި ޙަމަލާތަކެއް.
ކަލޭމެންނަށް ވަޅިޔާއި ޚަންޖަރާއި އަނިޔާ ފިޔަވައި -
ދުނިޔޭގެ ބިމުގައި ފަޚްުރުވެރިވުމަށް ލިބިފައިވަނީ ކޮން ތަރިކައެއްތަ؟
ޮކޮންމެ ކައިވަތެއްގައި އޮތީ، ޖާހިލުކަމާއި ޖަހާލަތު.
ކޮންމެ ފަސްކޮޅެއްގައި އޮތީ ހަލާކާއި ނާތަހުޒީބު.
ކަލޭ އަހަރެންގެ ހިތާ އަހަރެންގެ ރަށް ވީދާ ހަދައިފީމު.
ކަލޭ އަހަންނަށް ޢަޒާބުގެ ރާ ބޯންދީފީމު.
އަހަރެންގެ ކޮއްތަކަށް ހައިހޫނުކަމާ ޙިރުމާން ހަދައިފީމު.
ރީތި ބަގީޗާތަށް ހަނގުރާމައިގެ ވައުތަކަކަށް ހަދައިފީމު.
ރީތި ޝިޢާރުތަކުގެ ހުރި ފޮންޏަކީ އެއީ
މަކަރާ ހީލަތާ އޮޅުވާލުމާ ކަންދެއްކުން.
އަހަރެންގެ އުންމަތް އެ ދަޅައިގައި ޖެހި މަގު އޮޅުނީ.
އެ ގެއްލެނިވުމުން ބޭރަށް ދެން ނިކުންނާނީ ކޮން އިރަކުން؟
ސެރިއޯ ވޭގައި... ޤުދުސުގައި އަދި ފިލިޕީންސްގައި
ކަލޭމެން ކިބައިން ތެދުވެރިކަމެއް ނުފެނުނު، އެކަމަކު ވަގުންގެ މިޒާޖު.
އަހަރެންގެ ފާރުގަނޑު އަދިވެސް ނުހިކޭ.
އިސްރާގެ ޙިމާ އަދިވެސް ލެއިން ކެކި އަރާ.
ކަލޭމެން ނަސޭހަތްދިނީ އަހަރެމެންނާ ހަނގުރާމަ ކުރަން.
އޭ! ބޮސްނިޔާ.... ކަލޭގެ ހިތާމަތަކުން އަހަރެންގެ ހިތްވަނީ ކުދިކުދިވެފާ.
ކަލެއަށްޓަކާ އަހަންނަކީ ''މުޢުތަޞިމު'' ނަމަ ކިހާ ރަނގަޅުދޯ!
ނުވަތަ ޝަހީދުންގެ ރޫޙީ ނިދާނަމަ، ކިހާ ރަނގަޅު ދޯ!
ކަލޭގެ އަޑު ދުނިޔެއަށް އިއްވާ!
މަގުފުރެދުމުގެ ކުރިމަތީގައި ޙައްޤު ފަތުރާ!
ޞަލީބުންގެ ނަޖިހުން މިސްކިތް ޠާހިރުކުރޭ!
ފަރުބަދައެއްހެން މަތިހަށިނަގާ ސާބިތުވެ ހުރޭ!
ހުރިހާ ތަނެއްގައި ތިބި މުސްލިމު އަޚުންނޭ!
އީމާންކަމުގެ ޢިއްޒަތް ނިކަމެތި ކަމަށް ނުރުހޭ
ކަލޭމެންގެ ދީން އެ ނުރައްކަލުން ދިފާޢުކުރޭ
އޭ ހުޅަނގުގެ މީހާ! އިންޒާރު އަތުވެއްޖެ.
ރުޅި އައިސްފައި ތިބި މީހުންގެ ރުޅި މައްޗަށް ހިނގައްޖެ.
ހުޅަނގުގެ ޟަމީރު މަރުވެފައި އޮތަސް، އަހަރެން އަދި މިހިރީ ދުނިޔޭގައި
ކަލޭމެންގެ ބަސްފޮތުގައި ޒަމާނުއްސުރެ އޮތީ-
ބަދަލު ހިފުމާ، މީހުން މެރުމާ، އިނިޔާއާއި ބޭ އިންސާފު.
އަހަރެމެން މުސްލިމުން އުންމަތްތައް މިނިވަންކުރީމު.
ކައުނުގައި އިސްލާމީ ދިދައިން ޞުލްޙަ  ފެތުރީމު.
އޭ! މާދަމާ އަންނަން އޮތް ޠޫފާނުތަކާ!
އޭ! ހިތްވަރުގަދަ ބަޠަލުންތަކާ!
މި އޮތީ ދުވަސް އައިސްފާ!
ފުޠޫޙާތަށްޓަކާ އަސްތަކަށް ސަވާރުވޭ!

ީީ(ނިމުނީ)



ހަމަމިގަލަމުން

އިދާރާ

ވާހަކަ