www.fanvai.info

Print

ދެ ފަހަރަށް ހިނިފުޅު ވަޑުވައި ލައްވާ!

ޝާޢިއުކުރީ ޢަބްދުއްރަހީމް މަނަދޫ . ހިމެނޭބަޔަކީ ހެއްވާމަޖާ


ޅޮހީ ޢަބްދުއްރަޙީމު


1- ވާހަކަ ދަންނަވާ މީހާ

އެއްޒަމާނެއްގައި އުޅުނު ރަސްކަލަކަށް ވާހަކަ ކިޔާ މީހަކު ވާހަކަ ދަންނަވައިދޭން ފަށައިފިއެވެ.

"އެއްޒަމާނެއްގައި އުޅުނޯ މީހަކު......"

މި ހެން ބުނެ ހަމަ ވާހަކަ ފަށައިގަތްތަނާ ވާހަކަ ކިޔައިދޭ މީހާއަށް ފެނުނީ ރަސްގެފާނުގެ ދަރުބާރަށް ހާޒިރުކުރެވެމުންދާ މީރު ކާތަކެތީގެ ތަބައްތަކެވެ. ޝާހީ ފަރިއްކޮޅެވެ.  އޭނާއަށް ކުޅު ދިޔާވެގެން އަނގަ ކާލެވުނެވެ.

ރަސްގެފާނު މިހާ ވާހަކަ އަޑުއައްސަވާ ހިތްޕުޅުން  އިންނަވަނިކޮށް  ކުއްލިއަކަށް މެދުކެނޑުމުން މި ވީގޮތެއް  ބެއްލެމަށް ހަމަ އެވަގުތު ސުވާލު ކޮށްލެއްވި އެވެ.

"ދެންވީ ކިހިނެއް؟"

ވާހަކ ކިޔާ މީހާ ވަރަށް އަވަސް އަވަހަށް " ދެން އެމީހާ މަރުވީ......."


2. ފިޤުހު

އަންހެނަކު ސިޑިން އަރައަރާ ހުއްޓާ އޭނާގެ ފިރިމީހާ ކަމަކާ ރުޅި އައިސްގެން އޭނާއާ ދިމާއަށް ލޯއަޅާލާފައި އެބަބުނެ އެވެ.

"ކަލޭ ތިޔަ ސިޑިން މައްޗަށް ފިޔަވަޅެއް އެޅިޔަސް، ސިޑި މަތީ ތި ފިޔަވަޅު މަތީ ހުއްޓި ހުއްޓަސް، އަދި ތިރިޔަށް ފިޔަވަޅެއް އެޅިޔަސް ތީ މީގެ ފަހުން އަހަރެންގެ އަނތްބެއް  ނޫނެވެ."

ދެން އަންހެންމީހާ ހެދިގޮތަކީ ސިޑިމަތީ އިށީންދެ ތިރިޔަށް ސޮއްސާލީ އެވެ. އަންހެނާ އޭގެ ފަހުން ވެސް އެ ފިރިހެންމީހާގެ އަނތްބެއްގެ  ގޮތުގައި އިނެވެ.

(ނިމުނީ)

ހަވާލާ:

ޖެމްސް އެންޑު ޖުވެލްއިން ތަރުޖަމާކުރެވިފައި..

www.fanvai.info