އަދުގެ ޚާއްސަ

Print

މާބުރުގެ ފަރިޔާދު

ޝާޢިއުކުރީ ޝަކީލާ ޙާމިދު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


 
ޝަކީލާ ޙާމިދު ބިޖިލީގެ ހއ. ކެލާ

ޢިޝްގު އަލިފާން ރޯވެގެން ހިތުގާ އަނދާ ގިންޏޭ މިއީ
    ޗިސްވެ މޭ ވިރި އޮހޮރިގެން އޮހޮރޭ ކަރުނައޭ ލޭ މިއީ

ލޯބި ފިރުމުންތައްލިބުނު ރަންދައުރެކޭ އަސްތާއެއީ
   ލޯބި  ލޯބިން މަސްތުކުރި  ޖާދޫގެ  ސާހިލެކޭ  އެއީ 

ގަސްތަކާ މާތަކުތެރޭގައި ވަސްބަލަން އުޅުމުގެތެރޭ  
                    ދަސްވި  ގިނަގުނަ މާމަލުން  ރަހަހޯދި  މާބުރެކޭ   މިއީ

ވެރިކަމާ ޖާހާއި ބާރާ މިލްކުވެވިފައި ވީކަމުން
                   އަރިއަހަށް ކެނޑިނޭޅި ފުރުސަތުތައް އޮހުނު  ރަހެކޭ   މިއީ

ގަސްތުގައި ހިޔަހާސް މަލުން ފޮނިބޯން އުޅުނު އުޅުމުގެތެރޭ
                   އަސްލުމާފެނި އޭގެ މައްޗަށް  ހިތްލެނބުނު ޖިސްމެކެ  މިއީ

ހޯދި މަންޒިލަކީއެޔޭ މިސްރާބުބެލި ސަމުގާމެޔޭ
                   ދޯދިތައް   ފޮނުވާ ހަނދުގެ  ޖާދޫގެ   އަލިކަމެކޭ   އެއީ

މަސްތުވެއްޖޭ ހިތްވެރޯނާ ޖިސްމު ކުދިކުދިވާވަރަށް
                   ހިއްސުތައް އޮބިނޯވެގެން ފުރި އުތުރި އެރި ކަނޑެކޭ  އެއީ

 މާލިބޭތޯ ބުރުޖަހާ ގިނަގުނަވި މާބުރުތަކުތެރޭ
                    ހާލުގައި ޖެހިގެން   ޠަވާފު ކުރަންޖެހުނު  އަޅެކޭ   މިއީ

ދުނިޔަވީ ހުރިހާ ކަމެއްދޫކޮށް އެއަށް ޚާލިސްވެގެން
                   އުނިނުވާ ލޯބަށް ސަލާމްޖެހި  ޢާޝިގެކެ  އަމުދުން  މިއީ

ނުލިބުމުން އުފަލާ އަރާމާ ލައްޒަތާ އެމަލުގެފުށުން
                   ހުލިވެގެން ކުށްވެރިކަމުގެ  ރަހަލިބުނު  ޒާލިމެކޭ    މިއީ
(ނިމުނީ)

އިދާރާ

އެނގޭތަ؟

ވާހަކަ