އަދުގެ ޚާއްސަ

Print

ރިހާކުރު ދިޔަ

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ސުފުރާ

ލިޔުނީ ލީން

ބޭނުންވާ ތަކެތި

4 ސ.ސ ރިހާކުރު
1 ކުޑަ ކާށީގެ ކިރު
5 ހިކިމިރުސް ( ފޮޅިކޮށްފަ)
1 ލުނބޯ
1 ފިޔާ
ކުޑަ ލޮނުކޮޅެއް
ހިކަނދިފަތް ކޮޅެއް

ހައްދަވާނެ ގޮތް


ފުރަތަމަ ފިޔާކޮޅު ވަރަށް ތުނިކޮށް ކޮށާފަ އޭގެތެރެއަށް ލުނބޯ ފެލުމަށްފަހު ވަރަށް ރަގަޅަށް މޮޑެލާނީ. އެއަށްފަހު ހިކިމިރުސް ފުނޑުކޮށްފަ ފިޔާކޮޅާ އެކު ރަގަޅަށް މޮޑެލާނީ. އޭގެ ފަހުން ހިކަނދިފަތްކޮޅު ވަރަށް ތުނިކޮށްކޮށާފަ އެހެން އެއްޗިއްސާއެއްކޮށް ކުޑަކޮށް މޮޑެލާނީ. ދެން މީގެ ތެރެއަށް ރިހާކުރުކޮޅު އެއްކޮށްލާފަ ކިރުއަޅާފަ ރަގަޅަށް އެއްކޮށްލާނީ. ދެން ލޮނުރަހަ ހެޔޮވަރު ކުރުމަށް ކުޑަ ލޮނުކޮޅެއް އަޅާލާފަ އެއްކޮށްލާ. މިހާރު މިހިރީ ރިހާކުރުދިޔަ ތައްޔާރު ކުރެވިފަ. މިއާ އެއްކޮށް ބަތާ، ހުތްއަނބު، މުރަނގަފަތް އަދި ވަޅޯމަސް ބޭނުން ކުރުމުން ވަރަށް މީރުވާނެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ