އަދުގެ ޚާއްސަ

Print

އަންހެން މައްޔިތާ ހިނަވަން ބެލިއިރު އެއީ ފިރިހެނެކެވެ.

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޤަބޫލުކުރަންދަތި


ޢަބްދުލްމުޢީދު ޙަސަން


އެއީ ވަރަށް އާދަޔާ ޚިލާފު ހާދިސާއެކެވެ. އަދި އެހައިމެ ބިރުވެރި ހާދިސާއެއްމެ އެވެ. އެ ހާދިސާ ކުރިމަތިވެފައިވަނީ، ސަޢޫދީ ޢަރަބިއްޔާގެ އަންހެން ޖަމާޢަތްތެރިންތަކަކަށެވެ. ޤަބުރުސްތާނަށް މައްޔިތާ ގެންދިޔައީ ހިނަވައި ކަފުންކޮށް ވަޅުލުމަށްޓަކަ އެވެ. އަންހެން ޖަމާޢަތްތެރިން މައްޔިތާގެ މޫނު ކަޝްފުކުރިއިރު ފެނުނީ އާދަޔާ ޚިލާފު މަންޒަރެކެވެ. އެހިނދު އެތާތިބި އަންހެން ޖަމާޢަތްތެރިން ގަތްބިރުން ރޮއި ހޭރިގަތެވެ.

ސަޢޫދީ ޢަރަބިއްޔާގެ އައްރިޔާޟު ދުވަހު ނޫހަށް މިކަމާބެހޭ މަޢުލޫމާތު ދެއްވަމުން ޢައްބާސް ނާޞިރު ވިދާޅުވެފައިވެ އެވެ. އޭނާއަކީ، ހިލޭސާބަހަށް މަސައްކަތްކޮށްދެއްވާ ޖަމާޢަތްތެރިއެކެވެ. އޭނާ ވިދާޅުވެފައިވަނީ، (18 މެއި 2010 ވީ) މި ދިޔަ އަންގާރަ ދުވަހު، ޤަބުރުސްތާނަށް މަރުވެފައިވާ އަންހެނަކު ގެންދިޔަ އެވެ. އެއީ ސަޢޫދީ ޢަރަބިއްޔާގެ ހޮސްޕިޓަލަކުން ނެރުނު މައްޔިތެކެވެ. އަންހެން ޖަމާޢަތްތެރިން އެ މައްޔިތާ ހިނަވައި ކަފުންކުރުމަށްޓަކައި، އަންހެނުން ހިނަވާތަނަށް ވެއްދި އެވެ. މައްޔިތާގެ ޢާއިލާގެ ފަރާތުން އައިސްތިބި މީހުންނާއެކު އަޅުގަނޑު ވެސް ހުރީ ބޭރުގަ އެވެ. ކުޑައިރުކޮޅެއް ފަހުން ހިނަވާތަނުގެ ތެރޭގައި ތިބި، އަންހެން ޖަމާޢަތްތެރިން ރޮއިހޭރޭ އަޑު އިވެން ފަށައިފި އެވެ. އެއަޑަށް، ބޭރުގައި ތިބި މީހުން ކަންބޮޑުވެ ހާސްވި އެވެ. ދެން ވެގެން އުޅޭގޮތެއް ބެލީމެވެ. އަންހެން ޖަމާޢަތްތެރިން، ކުއްލި ބިރުވެރިކަމަކާ ކުރިމަތިލާން ޖެހުނީ، ޤަބުރުސްތާނަށް ގެނައި އަންހެން މައްޔިތާ ހިވެނުމަށްޓަކައި އޭނާގެ މޫނު ކަޝްފުކުރިއިރު، މުސްކުޅި ފިރިހެނެއްގެ މޫނު ފެނުމުންނެވެ. އަޅުގަނޑުމެން ބަލައި ޗެކުކޮށް، އެއީ ފިރިހެނެއްކަން ކަށަވަރުކުރީމު އެވެ. ދެން އެ މައްޔިތާގެ މޫނު ނިވާކުރުމަށްފަހު، ހޮސްޕިޓަލަށް ފޮނުވާލީމު އެވެ.


މައްޔިތާ ނެރުނު ހޮސްޕިޓަލް

މި ހާދިސާއާމެދު ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރި އެވެ. އަދި މި މައްސަލަ ތަޙުޤީޤުކޮށް ބަލައި ދިނުމަށް މައްޔިތާގެ ގާތްތިމާގެ މީހުން އެދުނެވެ. ހޮސްޕިޓަލުގައި މަރުވާ އަންހެނެއްގެ ބަދަލުގައި މަރުވެފައިވާ އެހެން އަންހެނަކު ފޮނުވިޔަސް، ޖަމާޢަތްތެރިންނަށް އެކަމެއް ނޭނގޭނެ އެވެ. ޖިންސު ބަދަލުވާ ޙާލަތްތަކުގައި ނޫނީ މިބާވަތުގެ ކަމެއް ފަޅާއެރުމަކީ ނާދިރު ކަމެކެވެ.


މަޞްދަރު: އައްރިޔާޟު ދުވަހު ނޫސް.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ