އަދުގެ ޚާއްސަ

Print

ނުކިޔަވާ ކުދިންނަށް ދޭ ފަރަންޖީ އަދަބު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޤަބޫލުކުރަންދަތި


ޢަބްދުލްމުޢީދު ޙަސަން


ނުކިޔަވާ ކުދިންނަށް ދޭ ފަރަންޖީ އަދަބުގެ ވާހަކަ އަޑުއެއްސެވިންތޯ އެވެ؟ އެއީ ފަރަންސޭސިވިލާތުގެ ދޮން ފަރަންޖީއަކު، އޭނާގެ އުފަން ދަރިފުޅަށް ދިން އަދަބެކެވެ. އެކުއްޖާއަކީ، ކިޔެވުމުގެ ރޮނގުން ދަށް ކުއްޖެކެވެ. އިމްތިޙާންތަކުގައި އެކުއްޖާ ހޯދާ ނަތީޖާތައް ދަށެވެ. މިކަމާމެދު ރުޅިއައިސްގެން، އެކުއްޖާގެ ބައްޕަ، އެކުއްޖާއަށް ދިން އަދަބަކީ، ނަތީޖާ ކަރުދާސް އެކީގައި ކާންދިނުމާއި، ހެޓަކަށް ތަޅައި އަނިޔާކުރުމެވެ. މިއީ، ނުކިޔަވާ ކުދިންނަށް ދޭ ފަރަންޖީ އަދަބެވެ.

މިވާހަކަ ޝާއިޢުކޮށްފައިވާ، "ލުޕެރިސިއާން" ނޫހުގައިވެ އެވެ. ދަރިފުޅަށް އަނިޔާކުރި ހަރުކަށި ބައްޕަ ކުށްވެރިކޮށް، އޭނާގެ މައްޗަށް ކޯޓުން ޙުކުމެއް ކަނޑައަޅާފައިވެ އެވެ. ދެ އަހަރު ދުވަހުގެ މުއްދަތަށް އޭނާ ޖަލަށް ލުމަށާއި، އޭނާ އަނިޔާކުރި ދަރިފުޅަށް އެންމެ ޔޫރޯއެއް ދިނުމަށް އެ ޙުކުމުގައިވެ އެވެ.

ދާދި މިދާކަށް ދުވަހު ހިނގާފައިވާ މި މައްސަލަ، ކޯޓާ ހަމައަށް ދިޔައީ، ޓީޗަރުންގެ ފަރާތުންނެވެ. އެކުއްޖާ ކިޔަވަން ދިޔައިރު، އެކުއްޖާގެ ލޮލާއި އަނގަމަތި އާދަޔާ ޚިލާފަށް ދުޅަވެފައިވެ އެވެ. އެކަމާމެދު ޓީޗަރުން ކަންބޮޑުވެ، ބެލިބެލުމުން ކަމުގެ ޙަޤީޤަތް އެނގުނެވެ. ދެން މައްސަލަ ކޯޓަށް ހުށަހެޅުމުން، ކޯޓުގައި އެކުއްޖާގެ ބައްޕަ ބުނެފައިވެ އެވެ.

"އެންމެ ފަހުން ދަރިފުޅަށް އަނިޔާކުރި ފަހުން، އަޅުގަނޑާއި ދަރިފުޅާ ދެމެދުގައި ވަނީ ގުޅުން ބަދަހިވެ ވަރަށް ބޮޑަށް ގުޅުން ރަނގަޅުވެފަ އެވެ. އޭގެފަހުން އަޅުގަނޑު ދަރިފުޅަށް އިތުރު އެއްވެސް އަނިޔާއެއް ނުކުރަމެވެ."


މަޞްދަރު:
އައްރިޔާޟު ދުވަހު ނޫސް.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ