އަދުގެ ޚާއްސަ

Print

ކިޔާލަބަލާށެވެ! ވިސްނާލަ ބަލާށެވެ!

ޝާޢިއުކުރީ މުޚްތާރު ޢަބްދުއްރަޙްމާނު . ހިމެނޭބަޔަކީ އިޖުތިމާޢީ


މުޚްތާރު އަބްދުއްރަޙްމާން ނޫރާނީގެ ށ.މިލަންދޫ

ތިބާގެ ވަށައިގެން ހިނގާ ކަންކަން ވެއެވެ. ކޮންމެ ދުވަހެއްގެ ތަޖުރިބާތައް ވެ އެވެ. ފެންނަ މަންޒަރުތަކެވެ. ކުރެވޭ އިޙްސާސްތަކެވެ. މި ކަންކަމުގައި މާނަތަކެއް ވެ އެވެ. އެކުލެވޭ ޖުމުލަތަކެއް ހިމެނެ އެވެ. އެއިން ޙިކްމަތްތެރި ބަސްތަކާއި، ވިސްނުންތައް ފައިދާ ވެ އެވެ. އެހެންކަމުން މި ފަދަ ފިކުރުތަކުން ފައިދާވި ބައެއް ބަސްބަސް ތިޔަ ބޭފުޅުންނަށް ހަދިޔާ ކޮށްލާނަމެވެ. ބައެއް ބަސްބަހާ އެ ބަސްބަހުގެ މައްޗަށް ކުރު شرح އެއް ލިޔެލާނަމެވެ.  ނަމަވެސް ބައެއް ބަސްބަހަކީ ޢިލްމީގޮތުން ދިގު شرح އެއް ކުރެވިދާނެ ބަސްބަހެވެ.

01 އަންނާނީ رمضان މަހެވެ. ރޯދަމަސް ޖެހޭނީ ގެންނާށެވެ.

ރޭދުވާ ތަކުރާރުވަމުން ދާއިރު އެހެނިހެން މަސްތައް ފަދައިން رمضان މަސް ވެސް އައިސް މާޒީ ވެގެން ހިނގައިދާނެ އެވެ. ނަމަވެސް  رمضان މަސް ރޯދަ މަހަކަށް ހެދޭނީ އެ މީހާގެ عمل ންނެވެ. ހަމައެކަނި ކެއިން ބުއިން ދޫކޮށްލާފައި ހުރުމަކުން އޭނާ އަކީ ރޯދަވެރިއަކަށް ނުވާނޭކަމުގައި  حديث ގައި واردވެގެން ވެ އެވެ.


 02 شيطان އާ  ވެސް وعظ ބުނެފާނެ އެވެ. ބުނާ މީހާގެ عمل ތަކަށް ފާރަވެރިވެގެން ބަލާށެވެ.

މީހުންނަށް ديني نصيحة ދޭ މީހުންގެ ގޮތުގައި ނުވަތަ ކަންކަމަށް އެހީތެރިވާ މަދަދުގާރުންގެ ގޮތުގާ ވެސް شيطاني عمل ތައް މީސްތަކުންގެ މެދުގައި ފަތުރާ يهودي އެޖެންޓުން އުޅެފާނެ އެވެ. އެކަމަކު އެ މީހުންގެ ޢަމަލުތަކަށް ރަނގަޅަށް ބަލައިފި ނަމަ އޭނާގެ ޢަމަލުތައް އޭނާ وعظ ގައި ބުނި (ހަމަ ކަށަވަރުން މާތް رسولއާ ގައި ރިވެތިވެގެންވާ ނަމޫނާވެ އެވެ.) ބުނި ބުނުމާ خلاف އަށް އޭނާގެ عمل ތައް ފެނިއްޖެނަމަ އެ ފަދަ މީހަކު ވާނީ ދޫކޮށްލާށެވެ. ހަނގުރާމައިގެ ދުވަހު މުޝްރިކުންނަށް ނަޞްރު ދިނުމަށް އައި شيطانއާ ވެސް ފިލައިގެން ދަމުން، އަހުރެން ކަލޭމެންގެ ކަންތަކުން ބަރީއަ ވެގެން ވަމޭ އަހުރެން ﷲ އަށް ބިރުގަންނަމޭ ބުންޏެއް ނޫންހެއްޔެވެ؟ އެ ފަދަ  شيطان އެއް ކަމުގައި އޭނާ ވެދާނެ އެވެ. މި ކަމަށްޓަކާ (كتاب الله و سنتي) ގައި ކަންހުރި މަގުން ދަސް ކުރާށެވެ.


03 ފެން ނެތް ބޮޑެތި ކާށި ނުބިންނާށެވެ.

ތިމާއަށް ނުކުރެވޭފަދަ ކަންތައް ކުރާނެކަމަށް ބުނެ ފޮނި ނުކަނޑާށެވެ. ނުވަތަ އެހެން ބަޔަކަށް ކޮށްދޭނެކަމަށް ބުނެ، އެ ބައެއްގެ ކިބައިން ވަގުތީ މަންފާއެއް ލިބިނުގަންނާށެވެ.


04 ޒަމާނުގައި ކަލެއަށް ދެ ދުވަސް ވެ އެވެ. އެއީ ކަލެއަށް އެއް ދުވަހެވެ. ކަލޭގެމައްޗަށް އަނެއް ދުވަހެވެ.

ބަސް ބުނުމާ، ކަންކަމުގައި ކަލެއަށް ބާރު ލިބިފައިވާ ދުވަހު، ކަލޭގެމައްޗަށް އެ ފަދަ ބަހެއް ބުނުމަށް ނޭދޭފަދަ ބަހެއް ކަލޭވެސް އަނެކާއަށް ނުބުނާށެވެ. ކަލޭގެމައްޗަށް އެއްވެސް މީހަކު އެފަދަ ޢަމަލެއް ކުރަން ނޭދޭ އިހާނާތްތެރި ޢަމަލެއް ކަލޭވެސް އެހެން މީހުންނާމެދު ނުކުރާށެވެ.


05 ޒަމާނުގެ ކެހިވެރިކަމުގެ ވައިރޯޅިން نصيب ގެ ބައްތި ނިއްވައިލާނެ ވަގުތެއް ނޭގޭނެ އެވެ.

މި ދުނިޔޭގެ ދައުރުވުން ތަކުގައި ކަލެއަށް ލިބިފައިވާ مالى قدر އެއް ނުވަތަ حكومي ވެރިކަމެއް صحّي ދުޅަހެޔޮކަމެއް  މިފަދަ ކޮންމެ نعمة އެއް ލިބިފައިވާ މީހާ އެ ނިޢުމަތް ހެޔޮ ގޮތުގައި ބޭނުންކުރާށެވެ. މި ފަދަ ކޮންމެ ނިޢުމަތަކާ މެދު غافل ނުވާށެވެ. زمانގެ ކެހިވެރިކަން އަބަދުވެސް ކަލެއަށް ފާރަވެރި ވުމުގައި ފިލައި ނުދާނެ އެވެ.


06 ސަމުގާގެ މާގަނޑު ހުއްޓޭނީ ގަހާއަށެވެ.

ސަމުގާގެ މާގަނޑު ގަހާއަށް ހުއްޓޭފަދައިން ކަލޭ ލޮލުގެ ބެލުން އެދިމާއަކަށް ވަޤުފު ކުރެވޭ ދިމާއަކީ ކަލޭ ހިތުގައިވާ އެދުންތަކުގެ مرجع އެވެ.

07 ވާވެލާވެލި ހަމަވެގެން ކުރާ ނައު ދަތުރެއް އެނބުރިއެއް ނާންނާނެ އެވެ.

އެ މީހެއްގެ އަޖަލު ހަމަވެ، ތިން ފިލާޖެހި ނަވަކަށް އަރައިގެން އެ ކުރާ ދަތުރުގައި ދެން އޭނާ އެނބުރިއެއް ނާންނާނެ އެވެ. (ވާވެލާވެލި ހަމަވެގެން) މި ބަހުގެ މާނައަކީ އޭނާގެ ކޯވަރުތަކާ ނޭވައިގެ އަދަދު ހަމަވެގެން އެމީހާ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ حضرة އަށް އެނބުރި އެ ދަނީ އޭނާއަށްޓަކައި ފަސްކުރެވިފައިވާ ކޯވަރެއް ނުވަތަ ނޭވައެއްވެސް ނެތި އެވެ.


08 ބަޅި (ގަޅި) އުކާނީ މޭވާ ހުންނަ ގަސްގަސް ބަލާފަ އެވެ.

އެ މީހެއްގެ ކިބައިގައި دنيوي ކޮންމެވެސް ޤަދަރުވެރިކަމެއް ނެތް މީހަކާ مخاطب ކޮށް ބަހުގެ ޙަމަލާ  އެއް ދިނުމަކީ ނާދިރު ކަމެކެވެ. ވަކިމީހެއް ނުވަތަ ވަކި قوم  އެއް ނަމަވެސް އެ މީހަކު ނުވަތަ އެ قوم އެއް ދެރަކޮށް ނިކަމެތި ކޮށްލުމަށް ބަހުންނާއި ޢަމަލުން ޙަމަލަދޭނީ އެ ބައެއްގެ ކިބައިގައި އެހެން މީހުން احترام އާ قدر ދީ އުޅެފާނެ ކަހަލަ ކަންތައްތަކެއް ހުންނާނެތީ އެވެ. ހަމަ އެހެންމެ އެ ބަޔަކު އެ ކަމަކުން ކުރިއަރައި އަންނަ  ކަމެއްގެ މަގު ބަންދުކޮށްލުމުން ތިމާމެންގެ މައްޗަށް ދެމުން އައި احترام އުނިވެދާނެ ކަމުގައި ބިރު ހިތުގައި ނުވާނަމަ ބަޅި އުކައި ގައު އުކައެއް ނުހަދާނެ އެވެ.


09 ފުރިހަމަނުވާ ހަނދުގައި ދުރުން އައިސް ހަނދު ކޭތައެއް ނުހިފާނެ އެވެ.

ޒުވާންކަމުގެމައްޗަށް ރީތިކަމާއި ، ރިވެތިކަން ފުރިހަމަވެއްޖެ އަންހެނާ ބޮޑުވެ ފުރާވަރަށް އަރާ ދުވަސްވަރަކީ، އެ ހަނދުގައި، ހިފާނެ ކިތަންމެ ކޭތައެއްގެ ހިޔަނި، ދުރާ ގާތުން އެރުމުގެ ފުރުޞަތަކަށް ބަލަބަލައި ތިބޭ ދުވަސްވަރެކެވެ. ޅެމުން ސިފަކޮށްފައިވާ ފަދައިންނެވެ.

ބަޅިނދާ ކޮކާ އެ މާބުރު، ފަޅިއަޑުކުރާ ވިގޮތްތައް
     މަޅިކެހި ޖަހާދުވަސްތައް ސަޅިވާ ވަގުތު މިއީތާ


10 ކަން ހިންގާން ތިބޭ ވެރިން اصلاح ވެއްޖެނަމަ رعيّة ން ތިބޭނީ اصلاح ވެފަ އެވެ.

ކޮންމެ ހަށިގަނޑެއްގެ ވެރި ގުނަވަނަކީ، އެ ހަށިގަނޑުގައިވާ ހިތެވެ. އެ ހިތް اصلاح ވެއްޖެނަމަ އެ ހަށިގަނޑު فساد އެއް ނުކުރާނެ އެވެ. އެ ހިތް فساد ވެއްޖެނަމަ އެހަށިގަނޑު اصلاح އެއް ނުކުރެވޭނެ އެވެ. އެ ހިތް އެދި ގޮވާ ކޮންމެ ކަމަކަށް އެ ހަށިގަނޑު حركات ކުރާނެއެވެ. ކޮންމެ ޤަބީލާ އެއްގެ، ނުވަތަ ކޮންމެ جماعة އެއް، ނުވަތަ ކޮންމެ قوم އެއްގެ ވެރި ގުނަވަނަކީ އެ قوم އެއްގައި ކުރިމަގު ދައްކާ علم ވެރިންނާއި ކަން ހިންގަވާން ތިއްބަވާ ވެރިންނެވެ. އެ  قوم އަކަށް ކުރިމަގު ދައްކާ علم ވެރިންނާ ކަން ހިންގަވަން ތިއްބަވާ ވެރިން اصلاح ވެއްޖެ قوم އެއްގެ رعيّة ން ތިބޭނީ اصلاح ވެފަ އެވެ. رعيّة ން ނަކީ ވެރިންގެ ހިޔަންޏޭ، ހިޔަނީގައި އޭގެ އަމިއްލަ ޙަރަކާތެއް ނުހުންނާނެ އެވެ. ހިޔަނި ކުރާނީ  އެހިޔަނީގެ އަސްލު ޝަޚުޝު ކުރާ ހަރަކާތެކެވެ.

އެ ބައެއްގެ ކަންހިންގަވާން ތިއްބަވާ ވެރިންނާއި، އެ ބައަކަށް مستقبلގެ ޗާޓް ކުރަހައި ހިނގަންވީ މަގުގައި ކުލަޖައްސާން ތިބޭ ބަޔަކު فساد ވެއްޖެ ނަމަ އެ ބައެއްގެ رعيَّة ން ފާސިދުވެދާނެކަމުގެ ބިރު ހުއްޓެވެ.

وقال صلى الله عليه وسلم – سلام އާއި صلواة  ލެއްވި އިތުރު އެކަލޭގެފާނު  حد يث ކުރެއްވި އެވެ.  (صنفان من أمتى ތިމަންކަލޭގެފާނު أمّة ގެ مصنف ން- إذا إصلاحوا އެމީހުން اصلاح ވެއްޖެނަމަ - صلح الناس މީސްތަކުން  صلح ވާނެ އެވެ. واذا فسدوا އެމީހުން فساد ވެއްޖެނަމަ  - فسدالناس މީސްތަކުން فساد ވެދާނެ އެވެ. ( الأمراء އެއީ ކަންކަން ހިންގަވާ ވެރިންނާ - والفقهاء  دين ގެ  فقه ވެރިންނެވެ. (احياء علوم الدين)

ލިޔެވިދިޔަ حد يث ގައި ، އެ ބައެއްގެ رعيَّة ން ނަށް މަގުދައްކާން ތިބޭ ديني علم ވެރިންނާ ކަން ހިންގަވާން  ތިއްބަވާ ވެރި ބައަކު اصلاح ވެއްޖެ ނަމަ މީސްތަކުން اصلاح ވާނެއޭ.  އެ މީހުން فاسد ވެއްޖެނަމަ މީސްތަކުން ފާސިދު ވާނެ އޭ. އެ އޮތް ބަސްފުޅަކީ، ދެކިދެނިވެ ބަލައި އުޅޭ އެއްވެސް އެއް ވެސް މީހަކަށް ވަންހަނާއެއް     ނެތި މާރޯގާއިން  ފެންނަމުން އިވެމުންދާ ކަންތަކެވެ. އެ ގޮތަކީ ކަމެއް ފަސާދަ ކުރެވޭނީ ވެސް އިޞްލާޙް ކުރެވޭނީވެސް އެ މީހެއްގާ ކޮންމެވެސް އުރަތްޕެއް ހުރި މީހަކަށް ނުވަތަ ބަޔަކަށެވެ. ކަމެއް ނަމެއް ނެތް މީހަކު ބުނާ ބަހަކަށް މީހަކު ނުބަލާނެ އެވެ.
ދުނިޔަވީ އުޞޫލުތަކަށް ބަލާއިރު މީސްތަކުން ފަސާދަކޮށް ދީނީ އަދި ދުނިޔަވީ مصلحلة ތައް ފާސިދު ކުރާ މީހުން އަޑުއަރުވަނީ ތިމައުރެންނީ ދީނާ ދުނިޔެ ޞުލްހަކުރާ مصلح ން ކަމުގަ އެވެ. ކީރިތި قران ގެ بقرة سورة ގެ (11-12 ) މި ދެ اية ބައްލަވާށެވެ. މި ދެ اية އާ އިސްވެދިޔަ حد يث تعارض އެއް ނުކުރެވޭނެ އެވެ. މި ކަމުގެމައްޗަށް تفصيل ކޮށް ލިޔާ މީހަކަށް ދިގު بيان ތަކެއް ލިޔެވިދާނެ އެވެ.


11 ނުބައި ރަނގަޅެވެ. ނުބައިނަށް – ރަނގަޅެވެ.

ތިމާއީ ކިތަންމެ ރަނގަޅު މީހަކު ނަމަވެސް ކަޅު ލިސްޓަށް އެރުމަކީ އެކަށީގެންނުވާ ކަމެއް ނޫނެވެ. މީހަކު ކުރި ނުބައި ޢަމަލެއްގެ ޖަޒާއެއްގެ ގޮތުން އެކަމަށް ކަނޑައެޅިގެންވާ ޙައްޤު އަދަބެއް ލިބުމަކީ ތިމާ ނުބައި ނަމެއްގައި އެޅުނީއަކީ ނޫނެވެ. ނުބަޔަކީ ތިމާ ނުކުރާ ކަމަކަށް ނުބައި ނަމެއްގައި އެޅި އަދަބެއް ލިބުމެވެ. އެ މީހެއްގެ ކިބައިން ދުވަހަކު ވެސް ނުބައި عمل އެއް ثابت ނުވާ މީހަކަށް ނުބައި ކިޔުމަކީ އެ ނުބައި ކިޔާ ބައަކަށް ހުރި ނުބައި ނަމެކެވެ.


12-  ބާ އިންޖީނު ގަނޑެއްހެން މަންމަގެ އަނގަ ތެޅެނީ ކުދިންގެ ކަންނެތްކަން  ބޮޑުވީމަ އެވެ.

ބޮޑެތިވަމުން ފުރާވަރަށް އަރަމުން އަންނަ އަންހެން ކުދިން، ގެ އާ ބަދިގެ އާ ގޯތިތެރޭގައި ކުރަން ހުންނަ މަސައްކަތް ނުކުރާނަމަ، މަންމަގެ އަނގަ ހުއްޓާލައިގެން ހުންނާނެ ވަގުތެއް ވަރަށް ނުވާނެ އެވެ. މަންމަ އަށް އަބަދު ޖެހޭނީ " މަރިޔަނބާ ގޭތެރެ ކުނި ކަހާލާ. އަޖާބެއް ފަހެ ނުވާނެތަ! މަރިޔަނބު ގާތު ގޭކުނި ކަހައިލާށޭ ބުނީމާ ! ގޭތެރެ ކުނި ކަހާފާ ފެންގުޅި ބުޑަށް ކުނިފުނި އެއްކޮށްފާ އެ ރައްކާވީ އެނދެއް އަށްޓެއް ފޮޅާވެސް ނުލައޭ. ފާތުމަ ގާތު ތެލި ދޮންނާށޭ ބުނީމާ ފިޔަން ވެސް ދޮވެނުލާ . ކަލޭމެންނާ ނުޖައްސާ މަށަށް ހުރިހާކަމެއް ނުވާނެ."


13 ބެހެން ދަތުރެއް ދިމާވެއްޖެ ނަމަ މާލިމީއަށް މާލިމީކަން ނޭގެނީ އެވެ.

ދުނިޔޭގައި ތަފާތު ގިނަ ކަންތައް ތަކެއް ވެ އެވެ. އާންމު ގޮތެއްގައި ބަލާއިރު ކޮންމެ ކަމެއް ކުރުމުގެ ޒިއްމާގައި ޤާއިމުވެ ތިއްބަވާނީ އެ ކަމަކަށް އަހުލުވެރި، ކަމަށް ނަންހިނގާފައިވާ މީހުންނެވެ.  ނަމަވެސް އެ މީހަކު އެ ކަމަށް ކިތަންމެ قابل ނަމަވެސް ހުރިހާ ފަހަރަކު އެންމެ މޮޅުގޮތަށް އެކަމެއް ނުވެ ހިނގައިދާނެ އެވެ. ނަމަވެސް قدرة ގެ قانون އަކީ قدرة ގެ قانون އެވެ. ދުނިޔެ ހިނގަމުން ދާނީ މީހާއަށް نصيب އާއި بد نصيب ގެ صفحة ތައް އުނގަންނައިދެމުންނެވެ.


14 އެދުރުމީހާ ދޭ ފިލާވަޅު ތައް ދަސް ނުކުރާ ނަމަ އެދުރު މީހާއަށް ކިޔަވައިދޭން ނޭނގެނީ އެވެ.

ކިޔަވައިދޭ އެދުރުން ކިޔަވައިދޭ ފިލާވަޅުތަކަށް ފަރުވާކުޑަކުރުމުން ކުއްޖާއަށް އެނގޭނީ ވަރަށް ކުޑަ މިންވަރެއްގެ މަޢުލޫމާތެކެވެ. މިހެން ވެއްޖެނަމަ ކުއްޖާއަށް ދަސްވަމުންދާނީ، އެ ކުއްޖާ ދިރިއުޅޭ މާހައުލުގެ އަޑުތަކާ މަޢުލޫމާތު ތަކެވެ. އޭރުން ދުރުތިބީން ބުނާނީ، މިވެނިމީހާއަށް ކިޔަވައިދޭން ނޭނގެނީ އެވެ. 

 
15  فطرة ގެ އުސޫލުން ކުދިންގައި ހުންނަ، ތަފާތުތަކަށް ނުބަލައި ހުރިހާ ކުދިންނަށް އެއް އުސޫލަކުން  ކިޔަވައިދޭނަމަ، ފަރުވާ ކުޑަކަމަށްވާނީ ކުދީންނެވެ.

فطرة ގެ اصول ން ބަލާއިރު ކުދިންގެ ވިސްނުމާ ބުއްދިއާ ذهن ގެ ބާރުތައް ތަފާތު ވާނެ އެވެ. ކުއްޖާ ދިރިއުޅޭ މާހައުލަކާ، އެ ކުއްޖާ އުފަންކުރި ލެއަކާ، މި ބުނެވިދިޔަ ހުރިހާ ކަމެއްގެ ތަފާތުތަކުން ކުއްޖާގެ طبيعة އަށާއި ضمير އަށް ތަފާތު އަސަރުތައް ކުރަމުން ދާނެ އެވެ. މި ތަފާތުތަކަށް ބެލުމެއްނެތި ހުރިހާ ކުދިންނަށް އެއް ބަހުރުވައަކުން އެއް اصول އަކުން ބުނެދީފާ، ނޭނގުނު އެއްޗެއް އެނގޭ މީހުންކުރެ އަހައިގެން  އޮޅުންފިލުވައިލާށޭ. ބުނެފާ ނިންމައިލުމަކީ ، ބައިކުޅަބައި އެ ދުރުންގެ ކަމެކެވެ.


16 ކުރާކަމުގާ مراد ލިބެންޏާ، މުރާލިކުދިންނަށް ތުރާކަމެއް ނެތެވެ.

ބުނެވެއޭ نصيب ކަންދިމާކުރާ ގޮތަކުން މީހާއަށް ހީނުކުރާހައި ގޮތްގޮތުން ކަން ފަހިވަމުންދާނަމަ ބުނެއުޅެވެނީ، އެ މީހެއްގެ މުރާލިކަމުން އޭނާއަށް ތުރާތަކުން ސަލާމަތްވީކަމުގަ އެވެ. ނަމަވެސް މަސައްކަތުގެ ގޮތުން ބަލާއިރު ހަމަ އެއްކަމެއް ކުރާ،  ޚަރަދު ކުރުމުގާ އެއް اصول އަކުން عمل ކުރާ، އެއް ވަރަކަށް ފައިސާ ލިބޭ، ނަމަވެސް އެކަކަށް ހަމަޖެހޭ ފަދައަކުން އަނެކަކަށް ހަމަނުޖެހޭގޮތް ދިމާވެދެއެވެ. ކުރާކަމަކުން ނުވަތަ ބުނާ ބަހަކުން ވިޔަސް އެދެވޭ ނަތީއްޖާއެއް ލިބެނީ ބައެއް މީހުންނަށެވެ. ބައެއް މީހުންނަށް ލިބޭ ކުޑައެތިކޮޅުން ފުދޭއިރު، އަނެއްބަޔަކަށް ގިނަވުމަށް އިތުރަށް އެދުނުނަމަ ވެސް ހިތުގެ މުރާދު ފުރިހަމަވާގޮތް ނުވެދެ އެވެ. ލިބޭ ކުޑައެތިކޮޅުގައި ބަރަކާތް ލައްވައިފިނަމަ، ބަރަކާތް ކެނޑިގެންވާ ގިނަމަ މުދަލަށް ވުރެ، އަތަށްލުއިވެފައި ހިތާ ހައްޓަށް ލިބޭ ހިތްހަމަޖެހުން ބޮޑުވާނެ އެވެ. ލިބޭތަކެތީގައި ބަރަކާތްލައްވަނީ އެ ހޯދުމުގައި ތިމާގެ ޢަމަލުތަކުގެ ތެދުވެރިކަމުންނެވެ. ﷲގެ މަގުގައި  އެ ހޭދަކުރުމުންނެވެ.  ﷲގެ  މަގުން އެއްކިބާނުވެ ވެއްޖެ ނަމަ ކަލޭ މުރާލިކަމުގެ مراد حاصل ކޮށްފި އެވެ.

17 ބައެއްގެ ތެރޭގައި އެއްބައިވަންތަކަން ދެމިއޮންނާނީ ، އެބައެއްގެ ތެރޭގައި عدلވެރިކަން ދެމިއޮތް މިންވަރަކުންނެވެ. އެއްބައިވަންތަކަން ގެއްލޭނީ އެދުންތައް ކުރިއަށް ނެރުމުންނެވެ.

ބައެއްގެ ތެރޭގައި އެއްބައިވަންތަކަމުގެ ރޫޙު އަށަގެންނެވޭނީ، އެބައެއްގެ ކުދިބޮޑު، މޮޅުދެރަ އެންމެންގެ ތެރޭގައި އެއްފަދައަކުން ޢަދުލު އިންޞާފުގެ ތަރާދުގެ ދެކޮޅު ހަމަހަމަ ވީ މިންވަރަކުންނެވެ. ވަކިމީހަކަށް ވަކި އުޞޫލަކުން ބެލުމުގެ ބަދަލުގައި އެގައުމެއްގެ އިސް ސަފުގައިތިބި ބަޔަކު މާތް ﷲ އާ އެކަލާނގެ ރަސޫލާގެ އަމުރުފުޅުޅުތަކާ އިރުޝާދު ތަކުގައި ފައިތިލަތައް ޘާބިތު ކޮށްފިނަމަ އެ ގައުމެއްގެ މެދުކެބިންގެ ފިޔަވަޅުތައް އިސްސަފުންގެ ފިޔަވަޅުތަކާ ސީދާކުރުމުން، (މެދުރިކުނާމަތީގެ) ދަށުފަންތީގެ މީހުންގެ ފިޔަވަޅުތައް ސީދާކުރާނެ އެވެ. މިސާލަކީ ނަމާދުގައި ސަފުތައް ސީދާކުރަނީ ބުނެވިދިޔަ މާނަ ރަމްޒު ކޮށްދޭ ގޮތުގަ އެވެ. ކުރީގައި ހުންނަ މީހާގެ ހަރަކާތްތަކާ ބަސްތަކަށް އެންމެން ތަބަޢުވެ އިޤުތިދާ ވެ އެވެ.

عرب ކަރައިގެ ފަރުބަދަތަކުގެ ތެރެއިން އިސްލާމްދީނުގެ އަލި ނޫރު ފާޅުވެ، އެ ނޫރު މުޅި ދުނިއެއަށް ފެތުރިގެން ދިޔައީ ޢަދުލުވެރިކަމާއި ހަމަހަމަކަމުގެ ލޯބިކުރިއަށް ނެރުނު ދުވަހު އެވެ. އެ ދުވަހު އެއްބައިވަންތަކަން ޤާއިމުކުރާކަށް މުއައްޒަފުންނާއި މަޙްކަމާތަކަކަށް، ފައިސާއަކަށް ބޭނުމެއް ނުވި އެވެ. ސުލްޙަވރިކަމާއި  ހަމަހަކަން ފުރަގަހަށްލާފައި، އެދުންތައް ކުރިއަށް ނެރުމަށް ބޭނުންވީ ތަފާތު ނަން ކިޔާފައި މަޙްކަމާތަކާ އޮފީސް ތައް ގިނަކޮށް ޢަދަދެއްނުވާހާ މުއަޒަފުން ތަކެކެވެ. އިވެމުންދާ ލަވައަކީ [ބަޑިތަކުރު ވިހޭރޭ އަލަފަތް އައިހެން، ގެންނަންވީ ނަގުދޭ ] ބޭނުންވާނީ ނަގުދޭ ] މި އެވެ.
 
(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ