އަދުގެ ޚާއްސަ

Print

މި މަންޒިލުން...

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ޢާއިޝަތު ނީޒާ (އޭންޒް)

އަހަރެން ތިބާ އާއި ބައްދަލުވީ މި މަންޒިލުން ނެވެ.  
އެ ދުވަހު ތިބާގެ ސޫރަ ދަސްވި އެވެ.
ތިބާގެ ފަރާތުން ލަފުޒެއް ދަސްކުރީމެވެ.
ތިބާގެ ހިތުން ޖާގައެއް ލިބުނެވެ. އެއްވެސް ބަދަލަކާ ނުލަ އެވެ.
ތިބާގެ އޯގާވެރިކަމާއި ހަމްދަރުދީ އިޙްސާސް ކުރީމެވެ.
ހަމަ މި މަންޒިލުގަ އެވެ.

ތިބާގެ ހަންހާރަކުރުމާއި، ލޯބިވެތި ޙަރަކާތްތަކުން ހިތް އޮޔާލީމެވެ.
ތިބާގެ އުންމީދުންފުރިގެންވާ ބަސްތަކުން، ކުރިމަގު އާރާސްތު ކުރުމަށް ހިތްވަރު ލިބުނެވެ.
ހަމަ މި މަންޒިލުގަ އެވެ.

ތިބާގެ ބަދަލުވަމުން ދިޔަ މިޒާޖު ދުށީމެވެ.
މި ކަމުގެ ހެކިވެރިޔަކަށް އަހަރެން ފުދެ އެވެ.
ހަމަ މި މަންޒިލުގަ އެވެ.

އޯގާވެރިކަމުގެ އަތް ދުރަށް ދާތީ ދުށީމެވެ.
ލޮބުވެތި ބަސްތައް މަދުވާން ފެށި އެވެ.
ނުރުހުމާއި އައިބުތައް ފާޅުވާން ފެށި އެވެ.
ހަމަ މި މަންޒިލުގައެވެ.

އެކަނިވެރިކަމާއި މާޔޫސްކަން އިޙްސާސް ކުރަމުންދިޔަ ހިތުގެ އަޑު އެހީމެވެ.
ކެތްތެރިކަމާއެކު ހިންދަމުން ދިޔަ ކަރުނަތައް ދުށީމެވެ.
ހަނު ހުރެގެން، ހިތާއި ސިކުނޑީގައި ހަނގުރާމަކުރި މަންޒަރު ތަސްވީީރު ކުރީމެވެ.
ހަމަ މި މަންޒިލުގަ އެވެ.

މިއީ އަހަރެން ލޯބި ދަސްކުރި މަންޒިލެވެ.
ވަފާތެރިކަމާއި ބޭވަފާތެރިކަން މިންކުރި މަންޒިލެވެ.
ހިމޭންކަމާއި އެކަނިވެރިކަމުގެ ރަހަ ލިބިގަތް މަންޒިލެވެ.

(ނިމުނީ)



ހަމަމިގަލަމުން

އިދާރާ

ވާހަކަ