އަދުގެ ޚާއްސަ

Print

"ޞައްދާމު އަވަހާރަކޮށެއްނުލެވެ އެވެ."

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޤަބޫލުކުރަންދަތި


ދަންޖެއްސުނީ ޞައްދާމު ޙުސައިނާ ވައްތަރު 13 މީހުންގެ ތެރެއިން މީހެކެވެ.


ޢަބްދުލްމުޢީދު ޙަސަން


ޢިރާޤުގެ ކުރީގެ ރައީސް، ޞައްދާމު ޙުސައިނު ދަން ނުޖެއްސޭކަމަށް ބުނާ ފޮތެއް ވެ އެވެ. އެ ފޮތުގެ ނަމަކީ، "ޞައްދާމު ލަމް ޔުޢުދަމް" އެވެ. މާނައަކީ، "ޞައްދާމު އަވަހާރަކޮށެއްނުލެވެ އެވެ." ފޮތުގެ މުއައްލިފަކީ، އަނީސުއް ދަޣީދީ އެވެ.

ފޮތުގެ މުއައްލިފު ބުނެފައިވާ ގޮތުގައި، ބަޣުދާދު ވެއްޓުމުގެ ކުޑަ އިރުކޮޅެއް ކުރިން އޭނާއަށް ވަނީ ޢިރާޤު ޓީވީން ޞައްދާމު ޙުސައިނު ފެނިފަ އެވެ. އަދި އޭގެ ތިން މިނިޓް ފަހުން ޞައްދާމު ޙުސައިނު ފެނުނެވެ. ވިދިވިދިގެން ފެނުނު މި ދެފަހަރު، ފެނިފައިވަނީ ތަފާތު ދެ ޞައްދާމެކެވެ. ފުރަތަމަ ފެނުނީ، އާލާސްކަންފުޅާ އުޅުއްވާ ޞައްދާމެކެވެ. އިށީނދެވަޑައިގެން އިންނެވީ، ރިޔާސީ ގަނޑުވަރުގެ ގޮނޑިކޮޅުގަ އެވެ. އަޞްލު ޞައްދާމަކީ މިއީ އެވެ. ދެވަނައަށް ފެނުނީ ބަލިވެ އުޅޭކަމުގެ އެއްވެސް ޢަލާމާތެއް ނެތް، ގަދަބަދަވި ޞައްދާމެކެވެ. އޭނާ ހުރީ މަގުމަތީގަ އެވެ. މިއީ ޞައްދާމުގެ ބަދަލުގައި ބޭނުންކުރެވޭ، ޞައްދާމާ ވައްތަރު މީހެކެވެ.

ފޮތުގެ މުއައްލިފު ބުނާގޮތުގައި، ޞައްދާމު ޙުސައިނު ދަންޖެއްސުނު ހާދިސާއަކީ ކުޅެފައިވާ ދޮގު ތަމްސީލެކެވެ. އަދި އޭނާގެ ދެ ދަރިކަލުން ކަމުގައިވާ، ޢުދައްޔާއި ޤުޞައްޔު ވެސް އަވަހާރަކޮށެއްނުލެވެ އެވެ.

ޞައްދާމު ޙުސައިނާ ވައްތަރު 13 މީހަކު، ޢިރާޤުގެ ކަންކޮޅުތަކުން ހޯދައިގެން ގެނެސް އޭގެ ތެރެއިން ތިން މީހަކު، އިޚުތިޔާރުކުރެވުނު ކަމަށް ފޮތުގައިވެ އެވެ. އެއީ ޞައްދާމާ އެންމެ ވައްތަރު ތިން މީހުންނެވެ. އެ ތިން މީހުންގެ މޫނު، ޞައްދާމުގެ މޫނާ މުޅިން ކަހަލަ ގޮތަކަށް އެއްގޮތް ކޮށްފައިވަނީ، ޕްލާސްޓިކް ސާޖަރީ ހަދައިގެންނެވެ.

މި ފޮތް ބުނާގޮތުގައި ދަންޖައްސާ މަރާލެވުނު މީހަކީ ޞައްދާމު ޙުސައިނެއް ނޫނެވެ. އެއީ ޞައްދާމާ ވައްތަރު މީހެކެވެ. އެމީހާއާ ޞައްދާމާ ތަފާތުވާ ފާޅުކަން ބޮޑު ބައެއް ކަންތައްތަކަކީ:

1. ވާތްފަރާތު ބުމައިގެ ކައިރީގައިވާ ކަޅުތިލަ.
2. ވާތްފަރާތު ކަންފަތްކައިރީގައިވާ ކަޅުތިލަ.
3. ކަންފަތް.
4. އިސްތަށި. ޞައްދާމު ޙުސައިނުގެ އިސްތަށިފުޅުގައިވަނީ ހަރު އިސްތަށިކޮޅެކެވެ. ވައްތަރު މީހާގެ ބޮލުގައިވަނީ ފަން އިސްތަށްޓެވެ.
5. އަދި ޞައްދާމުގެ ދަތްދޮޅީގައިވާ އަޑިތަންކޮޅު، ޞައްދާމާ ވައްތަރު މީހާގެ ދަތްދޮޅީގައި ނެތްކަން ފާހަގަކުރެވެ އެވެ.

ތިރީގައި މިވަނީ، ފޮތުގައި ގެނެސްދީފައިވާ ބައެއް ފޮޓޯތަކެވެ. އަޞްލު ޞައްދާމާއި، ޞައްދާމާ ވައްތަރު މީހާގެ ތަފާތުތައް ކިޔުންތެރިން އަމިއްލަފުޅަށް ބައްލަވާލައްވާށެވެ.



އަޞްލު ޞައްދާމާއި އޭނާއާ ވައްތަރު މީހާގެ ތަފާތުތައް



އަޞްލު ޞައްދާމުގެ އެންމެ ފަހުގެ ފޮޓޯތަކުގެ ތެރެއިން ފޮޓޯއެއް



ޞައްދާމު ޙުސައިނުގެ އަޞްލު ފޮޓޯތައް



ޞައްދާމު ޙުސައިނާ ވައްތަރު މީހެއް



މިއީ ޞައްދާމު ޙުސައިނާއި އޭނާއާ ވައްތަރު މީހެއް ކަމުގައިވާ މިޚައިލް ރަމަޟާން ގެ ފޮޓޯ އެވެ.
މި ދެ ފޮޓޯގެ ދެމެދުގައިވާ ތަފާތުތައް ދެނެގަންނަން ފަސޭހައެއް ނުވާނެ އެވެ.
ކަނާތްފަރާތުގައިވާ ޞައްދާމު ޙުސައިނުގެ މޫނަށްވުރެ، ވާތްފަރާތުގައިވާ މިޚައިލް ރަމަޟާންގެ މޫނު ތަންކޮޅެއް ދިގުކަން ނޫންކަމެއް އެބަ ފާހަގަކުރެވޭތޯ އެވެ؟



މިއީ އަޞްލު ޞައްދާމު ޙުސައިނެވެ.



މިއީ ޞައްދާމު ޙުސައިނާ ވައްތަރު މީހާގެ ފޮޓޯއެކެވެ. ދަތްދޮޅީގައި އަޑިތަންކޮޅު ނެތްކަން ފާހަގަ ނުކުރެވޭތޯ އެވެ؟



މި ފޮޓޯގައި މިވަނީ، ޞައްދާމު ޙުސައިނާއި އޭނާގެ ދަރިކަނބަލުން ރަޣަދެވެ.
ކަންހުޅިއާއި ބުމަ ކައިރީގައި ކަޅުތިލައެއް ނެތެވެ.



މިއީ ޞައްދާމާ ވައްތަރު މީހެކެވެ.



ބިޑިއަޅައި ހިލިހިލާ ޖަހާއިރު ހެވިފައި މިހިރަ މީހާއަކީ ޞައްދާމާ ވައްތަރު މީހެކެވެ. މި މީހާ މީހުންގެ ކުރިމައްޗަށް ނެރެވުނު އިރު ހުރީ ރުޅިއައިސް ރަތްވެފަ އެވެ. މިއީ ދަންޖެއްސުމަށްޓަކައި ކުޅެވުނު ތަމްސީލުގެ ބައެއް ކަމަށް އަނީސުގެ ފޮތުގައިވެ އެވެ.



މިއީ މަތީގައިވާ ފޮޓޯގައިވާ މީހާ އެވެ. މަތީގައިވާ ފޮޓޯގައިވާ މީހާގެ ބުމަ ކައިރީގައިވާ ކަޅުތަންކޮޅު ފާޅުވުން ކުޑައީ އެފޮޓޯ ނުސާފުކަމުންނެވެ.


ނޯޓް:
މި ލިޔުންޝާއިޢުކޮށް ނިމުނުއިރު، ސުރުޚީގައި ބަހުގެ ކުށެއްވެ އެވެ. ކުށް ފާހަގަކޮށްދެއްވީ އަލްއަޚު އާދަމް ނަޞީރު އިބްރާހީމެވެ. މިފުރުޞަތުގައި އޭނާއަށް އިޚުލާޞްތެރި ޝުކުރު ދަންނަވަމެވެ.
ކުރިން އޮތް ސުރުޚީއަކީ، "ޞައްދާމު އަވަހާރަކޮށްނުލެވެ އެވެ."


"ޞައްދާމު ޙުސައިނު އެބަހުންނެވި އެވެ."

އަޞްލު ޞައްދާމު ޙުސައިނު ކޮބާ؟



ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ