އަދުގެ ޚާއްސަ

Print

އާބީ އާއި ބްރިޓްނީ: އެއް ހަށިގަނޑެއްގައިވާ ދެ ފުރާނަ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޤަބޫލުކުރަންދަތި


ފޮނުވީ: އެމް

އަނެއްކާ ވެސް އެއްކަލަ ކަހަލަ ޤަބޫލުކުރަން ދަތިވާހަކައެކެވެ. މިއީ އަޖާއިބުގެ ބިމުން ލިބިފައިވާ އަޖާއިބެކެވެ. އެމެރިކާގެ ދެ އަންހެން ކުދިންނެވެ. ނުވަތަ ދެ ބޯ ހުރި، އެއް ކުއްޖެކެވެ. ތިޔަބޭފުޅުން ވިދާޅުވާނެ ގޮތަކަށް ވިދާޅުވާށެވެ.

އާބީ އާއި ބްރިޓްނީ އަކީ، އެއް ހަށިގަނޑެއްގައިވާ ދެފުރާނައެވެ. މި ދެކުދިން، ބޭނުންވާ ކޮންމެ ކަމެއްގައި އެއްބަސްވެ އެއްގަލަކަށް އަރަން ޖެހެއެވެ. ތަނަކަށް ދާން ވިޔަސް، ހެދުމެއް ގަންނަން ވިޔަސް ދެބަސްވެ އަރާރުންވެގެން ކުރެވޭނެ ކަމެއް ނެތެވެ.



މި ދެކުދިން ދިރިއުޅެމުން ގެންދަނީ، ހަމަ އާދައިގެ އެހެން އަންހެން ކުދިން ވެސް ދިރިއުޅޭ ގޮތަށެވެ. ވަރަށް ޙަރަކާތްތެރިއެވެ. ވަރަށް މަޖަލެވެ. މީހުނާ ގުޅެއެވެ. ނަމަވެސް މި ދެކުދިންނާމެދު، މީހުންގެ ހިތުގައި އުފެދޭ ސުއާލުތައް ގިނައެވެ. ޢާއްމުކޮށް ފެނި ތަޖުރިބާކުރެވިފައިވާ ޙާލަތެއް ކަމުގައި ނުވާތީއެވެ. މި ދެކުދިން އެއްފަހަރާ ދެ އަތުން ކާތަކެތި ނަގައިގެން ދެ އަނގައިން ކައެވެ. އަދި އެއްފަހަރާ ދެ އަތުން ލިޔައެވެ. އެހެން މީހުން ހައިރާންވެފައި ތިއްބަސް، މިކަންކަމަކީ މި ދެ ކުދިންނަށް މާ ބޮޑުކަމެއް ކަމުގައި ނުވެއެވެ.

މި ދެކުދިން ނޫނަސް ދެ ބޯ ހުންނަ ކުދިން އުފަންވެއެވެ. ނަމަވެސް ގިނަ ޙާލަތްތަކުގައި އެފަދަ ކުދިން ކޮންމެވެސް ސަބަބަކާހެދި މަރުވަނީއެވެ. މާތްﷲގެ ހެޔޮ ރަޙުމަތްފުޅުން މި ދެކުދިން މިތިބީ ގަދަވެ ސަލާމަތުންނެވެ.

ދެބޯ ހުންނަ މަޚުލޫޤުންނަކީ، އެހެން ދިރޭތަކެތީގެ ތެރެއިން ވެސް ފެންނަ އެއްޗެކެވެ. ދެބޯހުންނަ ބަކަރިއާއި ހަރުފަ ފަދަ ތަކެތި ދުނިޔޭގައި އުޅެއެވެ. ނަމަވެސް، މާތް ﷲ، ދެ ބޯ ދެއްވާފައިވާ މަޚުލޫޤުންގެ ތެރެއިން މީހުން އެންމެ ޝައުޤުވެރިވާނީ، އެމެރިކާގެ މި ދެކުދިންނަށް ކަން ޔަޤީނެވެ.



ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ