އަދުގެ ޚާއްސަ

Print

އޭނާއަކީ މަހުދީގެފާނު ކަމަށް ދަޢުވާކުރި އެވެ.

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެނގޭތަ


ޢަބްދުލްމުޢީދު ޙަސަން


މި ޒަމާނުގައި މަހުދީގެފާނު ކަމަށް ދަޢުވާކުރާ މީހުން ގިނަވެއްޖެ އެވެ. ދާދި ފަހުން ޔަމަނުކަރައިގެ މީހަކު ވެސް މަހުދީގެފާނު ކަމަށް ދަޢުވާކޮށްފައިވެ އެވެ. އަދި ސުޢޫދީ ޢަރަބިއްޔާގެ އިރުމަތީ ބިތުގެ ރަށެއްގެ މިސްކިތެއްގައި ކުރު ޚުޠުބާއެއް ދިން މީހަކު ވެސް އެކަމަށް ދަޢުވާކޮށްފައިވެ އެވެ. އޭނާ ދިން ޚުޠުބާގައި މީހުންގެ ލޭ ކެކޭ ފަދަ ދީނީ ޝިޢާރުތައް ހަރުއަޑުން އުފުލި އެވެ. އަދި އޭނާއަކީ، އިންތިޒާރުކުރެވޭ މަހުދީގެފާނު ކަމަށް ބުންޏެވެ. އޭނާގެ މިބަސް ހިތުގެ އަޑިން ތެދުކޮށް ޤަބޫލުކުރުމަށް ގޮވާލި އަޑު ޖައްވުގައި ގުގުމާލި ހިނދު، މިއަޑު އިވުނު މީހަކު ވަގުތުން ފުލުހުންނަށް މިކަން އެންގި އެވެ. ދެން ފުލުހުން އައިސް މިސްކިތުގައި އަޑުގަދަކުރި މީހާ ހައްޔަރުކޮށްގެން ގެންގޮސް ތަޙުޤީޤުކުރި އެވެ.

ޙަޤީޤަތް އެނގުނީ ފުލުހުންގެ ފަރާތުން ވާހަކަ ދެއްކެވި އަލްޢަމީދު ޔޫސުފުލް ޤަޙުޠާނީގެ ވާހަކަފުޅުންނެވެ. އޭނާ ހާމަކުރެއްވި ގޮތުގައި އެމީހަކީ، ސުޢޫދީ ޢަރަބިއްޔާގެ ރައްޔިތެކެވެ. ޢުމުރަކީ، 35 އަހަރެވެ. އޭނާއަކީ، ނަފުސާނީ ބައްޔެއް ޖެހިފައިވާ މުޅިން ހަމަ ނޫން މީހެކެވެ. މިސްކިތުގައިވާ މައިކު ނަގައިގެން އޭނާ އެއާކުޅެ، އޭނާގެ ހިތަށް އެރިހައި ވާހަކައެއް ދެއްކި އެވެ. އޭނާ ދިނީ، ދިނާއި ބަހުގެ ހަމަތަކަށް ފެތޭ ޚުޠުބާއެއް ނޫނެވެ. (އެހެނީ، އެފަދަ ޚުޠުބާއެއްނަމަ، އޭގައި ޝަރުޠުތަކެއް ހަމަވާން ޖެހެ އެވެ.)

ޤަޙުޠާނީ ވިދާޅުވީ، އޭނާއަކީ ހަމަ މީހެއްތޯ ބެލުމަށް ފުލުހުންގެ ފަރާތުން އޭނާ ހޮސްޕިޓަލަށް ފޮނުވި ކަމަށެވެ. އޭނާއަކީ ބުއްދި ހަމަޖެހޭ މީހެއް ނޫންކަން އެނގުމުން، ދައްމާމުގައިވާ މޮޔައިންގެ ހޮސްޕިޓަލެއްގައި މިހާރު އޭނާ ވަނީ ބެހެއްޓިފަ އެވެ.

މަހުދީގެފާނު ކަމަށް ދަޢުވާކުރި އެމީހާއާ ބެހޭ ގޮތުން ހޯދި ހޯދުމުން އެނގުނު ގޮތުގައި އެމީހާއަކީ ޢިމާރާތެއް ބެލެހެއްޓުން ހަވާލުކުރެވިފައިވާ ވޮޗަރެކެވެ. އޭނާ އެރި ކުޑަ މިސްކިތް ހުންނަނީ، އޭނާ ބަލަހައްޓާ ޢިމާރާތާ ދާދި ކައިރީގަ އެވެ.

މައްކާ ފޯރަމާއި ޝަބަކަތުލް ފައިޞަލް ފަދަ ކިތަންމެ ވެބްސައިޓެއްގައި މިވާހަކަ ޝާއިޢުކުރި އެވެ. ޝަބަކަތުލް ފައިޞަލު ޑޮޓް ނެޓްގައި މިވާހަކަ ޝާއިޢުކޮށްފައިވަނީ، 5 މާޗް 2010 ގައެވެ. އެ ސައިޓުގައި ބުނެފައިވަނީ މިއީ، އިއްޔެ ހިނގި ކަމެއް ކަމަށެވެ.


މަޞްދަރު:
ޝަބަކަތުލް ފައިޞަލު ޑޮޓް ނެޓް


ހަމަމިގަލަމުން

އިދާރާ