އަދުގެ ޚާއްސަ

Print

ދުންފަތުގެ އިސްތިޢުމާލުކުރާ އެންމެ ހަގު ކުއްޖާ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެނގޭތަ


ޢަބްދުލްމުޢީދު ޙަސަން


އެންމެ ގިނައިން ދުންފަތުގެ އިސްތިޢުމާލު ކުރާ އެންމެ ހަގު ކުއްޖަކީ އިންޑޮނީޝިއާގެ ކުއްޖެކެވެ. އޭނާ ވަނީ، ޢުމުރުން ދެ އަހަރު ފުރުމުގެ ކުރިން ދުވާލަކު، ސާޅީސް ސިނގިރޭޓް ބޭނުންކޮށްފަ އެވެ. ނަމަވެސް މިހާރު އޭނާ ވަނީ، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަށްޓަކައި ފަރުވާ ލިބިގަންނަން ފަށާފަ އެވެ.

އަރުދީ ރިޒާލް ނަމަކަށް ކިޔާ އެކުއްޖާ، ދުންފަތުގެ އިސްތިޢުމާލުކުރަން ފަށާފައިވަނީ، ޢުމުރުން 18 މަހުގަ އެވެ. އޭނާގެ ވާހަކަ ވަނީ ޚަބަރުފަތުރާ ވަސީލަތްތަކުން މުޅި ދުނިޔޭގައި ފަތުރާފަ އެވެ.

މިދިޔަ މަހުން ފެށިގެން، އަރުދީ އަށް ދަނީ ނަފުސާނީ ފަރުވާ ވެސް ލިބެމުންނެވެ. މިހާރު އޭނާ ދުވާލަކު ބޭނުންކުރަނީ، ވިހި ސިނގިރޭޓެވެ. ދުންފަތުގެ އިސްތިޢުމާލުކުރުމާ ދުރުވުމަށްޓަކައި، އޭނާއަށް ވަނީ ކުޅިވަރާއި މުނިފޫހިފިލުވުން ބޭނުންވެފަ އެވެ. ދުންފަތުގެ އިސްތިޢުމާލުކުރާ ބައެއް މީހުންނަށް އެއާ ދުރަށް ދެވެނީ ވަރަށް އުނދަގުލުންނެވެ.



ނަންގަނެވި ދިޔަ ކުއްޖާގެ އިތުރުން، ކިރުބޯ ޢުމުރުގެ އެހެން ދެކުއްޖަކަށް ވެސް އިންޑޮނީޝިއާގައި ފަރުވާ ދެވެމުން އެބަދެ އެވެ. އެ ދެކުދިން ދުވާލަކު ދުންފަތުގެ އިސްތިޢުމާލުކުރާ ވަރު އެނގިފައެއް ނެތެވެ. ނަމަވެސް ޢުމުރުން ފަސް އަހަރު ނުފުރޭ ކުޑަކުދިންނާއި ކިރުބޯ ތުއްތު ކުދިން، ދުންފަތުގެ އިސްތިޢުމާލުކުރުން ވަނީ އިންޑޮނީޝިއާގައި ޢާއްމުވެފަ އެވެ.



ކުޑަކުދިންނަށް ދުންފަތުގެ ބާވަތްތައް ލިބެނީ، ދުންފަތުގެ އިސްތިޢުމާލުކުރާ މައިންބަފައިންނާއި ބެލެނިވެރިންގެ އަތުންނެވެ. އެބައިމީހުން ބޭނުންކުރާ ސިނގިރޭޓް ފަދަ ތަކެތި ބޭނުންވެގެން ކުޑަކުދިން ބުނުމުން، އެބައިމީހުން ކުދިންނަށް ދެނީ އެވެ. އޭގެ ގެއްލުމާމެދު އެބައިމީހުންނަކު އަޅައެއް ނުލަ އެވެ.



މަޞްދަރު:
އައްރިޔާޟު ޑޮޓް ކޮމް.
މެއިލް އޮންލައިން.



ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ