އަދުގެ ޚާއްސަ

Print

ދެފައި ނެތް މީހެއްގެ ހިތްވަރުގަދަ ދިރިއުޅުން

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޤަބޫލުކުރަންދަތި


ޢަބްދުލްމުޢީދު ޙަސަން


ތިމާއަށް ލިބިފައިނެތް އެއްޗެއް ޙާޞިލުކުރުމަށް އެދިގެން މީހުން ޝަކުވާކުރެ އެވެ. ފަލަ މީހުން، ހިކެން ބޭނުމެވެ. ހިކި މީހުން، ފަލަވާން ބޭނުމެވެ. ކަޅުމީހުން، ދޮންވާން ބޭނުމެވެ. ދޮންމީހުން ކަޅުވާން ބޭނުމެވެ. ފަޤީރުން، މުއްސަނދިވާން ބޭނުމެވެ. މުއްސަނދިން، ލިބިފައިވާ އެއްޗަކާމެދު ހިތްހަމައެއް ނުޖެހެ އެވެ. މިއީ ޝަކުވާތަކުގެ ދުނިޔެ އެވެ. މި ޙަޔާތުގައި ހިތްހަމަޖެހިގެން ދިރިއުޅޭނީ ޤަނާޢަތްތެރިންނެވެ.

ޗައިނާގެ ރައްޔިތެއް ކަމަށްވާ ޕިންގ ޝުއިލިން އަކީ، ޤަނާޢަތްތެރިއެކެވެ. 1995 ވަނަ އަހަރު، ލޮރީއެއްގެ ދަށުވެ އޭނާގެ ހަށިގަނޑު ދެބުރިވި އެވެ. މަރުނުވެ އޭނާ ދިރިހުރިކަމީ، އަންތަރީސްވާރުގެ ކަމެކެވެ. އޭނާއަށް ޝިފާލިބުނުލެއް އަވަސްކަމުން ޑަކުޓަރުން ވެސް ޙައިރާންވި އެވެ. ވިދިވިދިގެން ކުރި ގިނަ އޮޕަރޭޝަންތަކަކަށްފަހު، މިހާރު އޭނާވަނީ ހޮސްޕިޓަލުން ދޫކޮށްލާފަ އެވެ. މިހާރު އޭނާއަކީ، ވިޔަފާރިވެރިއެކެވެ. އޭނާ ހިންގާ ސުޕަރމާކެޓަށް ކިޔަނީ، "ހާފް މޭން – ހާފް ޕްރައިސް" އެވެ. އޭނާއަކީ ގުނަވަންތައް އުނިވެފައިވާ މީހުންނަށް ހުރި ނަމޫނާ ޝަޚުޞިއްޔަތެކެވެ.

ޕިންގގެ އިސްކޮޅަކީ، ދެ ފޫޓު ހަތް އިންޗި އެވެ. ނުކުޅެދުންތެރިކަމުގެ މައްޗަށް ގަދަވެގަތުމަށް ހިތްވަރުދީ އޭނާ ލެކްޗަރތައް ދެ އެވެ. މިކަން ކުރުމަށްޓަކައި، ފުރޮޅުލީ ގޮނޑިއެއްގެ އެހީތެރިކަން އޭނާ ހޯދަ އެވެ.

އޭނާއަށް ފަރުވާކުރި ހޮސްޕިޓަލުގެ ނާއިބު ރައީސް ވިދާޅުވެފައިވެ އެވެ. "އަޅުގަނޑުމެން އޭނާގެ ޗެކަޕެއް ހަދައިފީމު އެވެ. އޭނާއަކީ އޭނާގެ ޢުމުރުގައިވާ ގިނަ މީހުންނަށްވުރެ ދުޅަހެޔޮ މީހެކެވެ."

އޭނާއަކީ ވަރަށް އާދަޔާ ޚިލާފު ޝަޚުޞިއްޔަތެކެވެ. ހަށިގަނޑުގެ ބޮޑު ބަޔެއް އުނިވުމަށްފަހު، ދުނިޔޭގައި ދިރިހުރި ހަމައެކަނި މީހަކީ އޭނާ އެވެ. އޭނާގެ މޫނުގައި އަބަދުމެ ވަނީ ހިނިތުންވުމެވެ. އޭނާއާ މާޔޫސްވުން ކުރިމަތި ކުރުވާނެ ކަމެއް މިދުނިޔޭގައި ނެތްފަދަ އެވެ.

އޭނާ ދިރިއުޅޭ ގޮތް ފޮޓޯތަކުން ބައްލަވާލައްވާށެވެ.



















މަޞްދަރުތައް:
އައްރިޔާޟު ޑޮޓް ކޮމް.
boscoho.com



ހަމަމިގަލަމުން

އިދާރާ

ވާހަކަ