Print

ސުޢޫދީ ޢަރަބިއްޔާގައި ފެންބޮޑުވި ހާދިސާގެ ފޮޓޯތައް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެނގޭތަ


ޢަބްދުލްމުޢީދު ޙަސަން


ސުޢޫދީ އަރަބިއްޔާއަކީ ޢާއްމުކޮށް ވާރޭ ވެހޭ ޤައުމެއް ނޫނެވެ. ނަމަވެސް މިއަހަރު އާދަޔާ ޚިލާފަށް ވާރޭވެހި އެޤައުމުގައި ވަނީ ފެންބޮޑުވުމުގެ ހާދިސާއެއް ހިނގާފަ އެވެ. ކުރިޔަށް އޮތް ވިއްސަކަށް އަހަރަކީ، ގިނައިން އެ ޤައުމަށް ވާރޭވެހޭނެ މުއްދަތެއް ކަމަށް މޫސުމާބެހޭ ފަރާތްތަކުން ލަފާކުރެ އެވެ. މިހެންވެ، ވާރޭފެން ޚަޒާނާކޮށް ރައްކާކުރާނެ ގޮތަކާމެދު ސުޢޫދީ ޢަރަބިއްޔާގެ ބައެއް ފަރާތްތަކުން މިހާރު ވިސްނަން ފަށައިފި އެވެ.

ޢަރަބި ކަރައިގައި ކޯރުތައް ދެމި، ބަގީޗާތައް ހެދުމުގެ ކުރިން ޤިޔާމަތް ނުވާނެ ކަމަށް އޮންނަ ޙަދީޘްފުޅެއްވެ އެވެ. މިއަހަރު ވާރޭ ވެހުނު ގޮތަށް ކޮންމެ އަހަރަކު ވާރޭވެހެން ފަށައިފިނަމަ، އެ ޙަދީޘްފުޅުގައިވާ ދުވަސް ކުރިޔަށް އޮތް އަހަރުތަކުގެ ތެރޭގައި ފެނުމަކީ ދުރު ކަމެއް ނޫނެވެ.

ތިރީގައި މިވަނީ، ސުޢޫދީ ޢަރަބިއްޔާގައި މިއަހަރު ހިނގި ފެންބޮޑުވުމުގެ ހާދިސާގެ ބައެއް ފޮޓޯތަކެވެ.























މަޞްދަރު:
އައްރިޔާޟު ޑޮޓް ކޮމް.


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ