އަދުގެ ޚާއްސަ

Print

ރަސް ހަރުފަ

ޝާޢިއުކުރީ ޙުސައިން ޝާކިރު . ހިމެނޭބަޔަކީ ސައިންސް


ލިޔުނީ: ޝާކިރު

ހަރުފަޔަކީ ބޯދާ ޒަމާނުންފެށިގެން އަދި މިއަދުވެސް ބައެއް މީހުން އަޅުކަންކޮށް އުޅޭ ސޫތްޕެކެވެ. ހަރުފައަކީ މިވަގުތު ދުނިޔޭގައި އުޅޭ އެންމެ ދުވަސްވީ ރެޕްޓައިލްސް އެވެ. ތާރީޚީގޮތުން ޑައިނަސޯރަށްވުރެ މިސޫފިދޮށިކަމަށް ބުނެއެވެ. މި ސޫފި އެނގިފައިވަނީ "ހަރުފަ" އިގެ ނަމުންނެވެ. ހަރުފަ ތަފާތު ދަރިފަސްކޮޅުތަކަށާއި ވަންހަތަކަށް ބެހި ފައިވެއެވެ. 14 ނުވަތަ 15 ދަރިކޮޅުގެ 2400 ވަންހައިގެ ހަރުފަ އުޅެއެވެ. މިސޫފީގެ ދަރިފަސްކޮޅު ބެހިފައިވަނީ ހަމަހަމަ އުޞޫލަކުން ނޫނެވެ. ބައެއް ދަރިކޮޅުގައި އެންމެ ވައްތަރެއްގެ ހަރުފަ އުޅޭއިރު އަނެއް ދަރިކޮޅެއްގައި ވަރަށް ގިނަ ވަންހަތައް ވެއެވެ. ދުނިޔޭގެ އެތަންމިތަނުގައި ވިހައިގެ ބިރުވެރިކަމެއް، އަސަރެއްނެތް 1500 ވަންހައިގެ ހަރުފައުޅެއެވެ. މި ސޫފިތައް ދިރިއުޅެނީ ބިމުގައި ހަރުކޮނެގެންނާއި ގަސްގަހުގައި އަދި ފެންފެންގަނޑުގައެވެ.


ކިނގް ކޮބްރާ.

ކިންގް ކޮބްރާ އާންމުކޮށް ދިރިއުޅެނީ ތެތްފިނި ތަންތަނުގައެވެ. ހަރުފަ މީހުން ދިރިއުޅޭ ހިސާބަށް އަންނަން ދިމާވަނީ އެސޫފި ދިރިއުޅޭ މާހައުލަށް އިންސާނުންގެ ފުށުން ލިބޭގެއްލުމުގެ ސަަބަބުންނެވެ. ކިންގް ކޮބްރާ ދިރިއުޅެނީ 90 - 120  ޑިގްރީ ފެރެނައިޓްއާ ދެމެދުގެ ފިނިހޫނުމިނުގައެވެ. އެހެންނަމަވެސް އެއަށްވުރެ ފިނިތަންތަނުގައި ދިރިއުޅުމުގެ ގާބިލުކަން މިސޫތްޕަށް ލިބިގެންވެއެވެ. ކިންގްކޮބްރާ ކައިއުޅޭ ތަކެތީގެ ތެެރޭގައި އެހެންބާވަތްތަކުގެ ހަރުފައާއި ފަނިފަޚުސާއާއި މީދަލާއި ކުދިކުދި ދޫންޏާއި މިފަދަ ބާވަތްތައް ހިމެނެއެވެ.

ކިންގްކޮބްރާއަކީ ރޭގަނޑަށްވުރެ ދުވާލު ބޮޑަށް ޙަރަކާތްތެރިވެ އުޅޭ އެއްޗެކެވެ. މިއީ ލޮލުގެ ފެނުން މާރަނގަޅު ސޫތްޕެއްނޫނެވެ. ނަމަވެސް އެހެނިހެން ދިރޭތަކެތީގެ ހަށިގަނޑުން ބޭރުކުރާ ހޫނު ފެނުމުގެ ގާބިލުކަމާއި މީދަލެކޭ އެއްފަދައިން ވައިބްރޭޝަން އިހުސާކުރުމުގެ ގާބިލުކަން މިސޫތްޕަށް ލިބިގެންވެއެވެ. މިސޫފީގެ ދުލުގެ ކުރިވަނީ ދެކަފި ވެފައެވެ. މިސޫފި ވަސްދެނެގަންނަނީ ދުލުންނެވެ. ހަރުފަ ހިނދުހިނދުކޮޅާ ދޫ ބޭރަށް ނެރެނީ މިސަބަބަށްޓަކައެވެ.

ކިންގްކޮބްރާ ދަރިމައިވާ އުމުރަކީ 3.5 – 4 އަހަރާއި ދެމެދެވެ. މިސޫފި ބިސްއަޅަނީ ބިމުގައި ހޮރުކޮނެގެންނެވެ. ހޮރުކޮންނަނީ މީގެ އަންހެންސޫތްޕެވެ. ބިސްއަޅާ ފަހަރަކު 20 – 50 އާ ދެމެދުގެ އަދަދަކަށް ބިސްއަޅައެވެ. އާންމުކޮށް އަޅަނީ 40 ބިހެވެ. ބިސްފީވެ ވިހަނީ 2.5 މަހުންނެވެ. ބިސްވިހާއިރު މިސޫފީގެ ދިގުމިނަކީ ގާތްގަނޑަކަށް ދެ ފޫޓެވެ. ކިންގްކޮބްރާ 16 – 18 ފޫޓަށް ދިގުވެއެވެ. މިސޫފީގެ އެވްރެޖް ދިގުމިނަކީ 13.5 ފޫޓެވެ. ބަރުދަނަކީ 13 – 18 ރާތަލެވެ. މިސޫފީގެ އުމުރަކީ ގާތްގަނޑަކަށް 20 އަހަރެވެ. މިސޫފީގެ ޅަފަތުގެ ގިނަހަރުފައިގެ ކުލައަކީ ކަޅު ކުލައެވެ. ހުދު ނުވަތަ ރީނދޫ ކުލައިން ހުރަހަށް ގަޅިކަނޑާފައި ހުންނާނެއެވެ. މިވައްތަރުގެ ޒުވާން ސޫފީގެ ކުލައަކީ އޮލިވް، ބްރައުނިސް ކުލައެވެ. ނުވަތަ ރީނދޫ ފެހިކުލައެވެ.
ކޯލްޑް – ބްލެޑް ޖަނަވާރަށްވުރެ ވާމް – ބްލެޑް ޖަނަވާރަށް ވިހަލުމުން ވިހައިގެ އަސަރުކޮށްގެން ވިހަވާއެތި މަރުވާލެއް އަވަހެވެ. އިންސާނެއްގެ ގަޔަށް ހަރުފަ ވިހަލާތާ ގިނަވެގެން ވިއްސަކަށް މިނެއްޓަށްވުރެ އަވަހަށް ވިހައިގެ އަސަރު އިންސާނުނަށް ކުރެއެވެ.
ކިންގް ކޮބުރާ ނޫނަސް ވިހަލާ ހަރުފައިގެ ބާވަތްތައް އުޅެއެވެ. ހަރުފަ ދަތްއަޅާ އެއްޗެއްގެ ހަށިގަނޑުގެ ތެރެއަށް އެހެނިހެން ހަރުފައަށްވުރެ ގިނަވިހަ އެއްފަހަރާ މިސޫފި ފޮނުވާލައެވެ. އެންމެ ޅަފަތުގެ ހަރުފައެކޭ ދަރިމައިވާ އުމުރުގެ ހަރުފައެކޭވެސް އޭގައި އެކުލެވޭ ވިހައިގައި ހުންނަ ޒަހަރުގެ މިންވަރު އެއްވަރެވެ. ނަމަވެސް ދަރިމައިވާ އުމުރުގެ ހަރުފައިގައި އުފައްދާ ވިހައިގެ މިންވަރު އިތުރުވާނެއެވެ. 
  
ހަރުފަ ސިކާރަކުރާއެތި ކެއުމަށް ގިނައިރުތަކެއް ނަގާނެއެވެ. އަދި ސިކާރަ ކަނީ އޮތްގޮތަށެވެ. މިގޮތަށް ކެއުމަށްޓަކައި ކާއެތި މިސޫފީގެ އަނގައަށް ހެޔޮވަރުކުރުމަށްޓަކައި އޭގެ ދަތްދޮޅި ނައްޓާލައެވެ. ހަރުފައިގެ ހަށިގަނޑުގެ ތެރެއަށް ކާއެތި ވަދެގެންދާއިރު ހަރުފައިގެ ހަށިގަނޑުގައި އުފައްދާ ވަރުގަދަ އެސިޑަކުން އެއެތި ކުދިކުދިކޮށް ހަޖަމުކުރަމުން ގެންދެއެވެ. ކޮބްރާ ވިހަލުމުން ބޯއަނބުރާ މޭނުބައިކުރުމާއި ނިއުރޯލޮޖިކަލް އަދި ނިއުރޯ މަސްކިއުލާ ނިޝާންތައް ފާޅުވާނެއެވެ. ގައިގެ ވަރުދެރަވެ ނޭވާ ނުލެވި ހާސްވެ މަޑުމަޑުންގޮސް މަރުވެދެއެވެ.

ކިންގް ކޮބްރާގެ ބޯކުޑަވެފައި ފަތިވާނެއެވެ. ނޭފަތާއި އަނގަފުޅައުވާނެއެވެ. ހަށިގަނޑު ހިމަވެފައި ލޫޅާފަތިވާނެއެވެ. މިސޫތްޕަށް ދުޝްމަނުންގެ ހަމަލައިން ސަލާމަތްވުމަށްޓަކައި ނިވަލެއްގެ ގޮތުގައި ކަރުގެ ތިރިންފެށިގެން މައްޗަށް މަކަނަށް ފުއްޕާލާ 6 – 8 އިންޗި ތިރިއަށް ބޯގުދުކޮށްލުމުގެ ގާބިލުކަން ލިބިގެންވެއެވެ. ސްޕިޓިން ކޮބްރާ މަކަނަށް ކަރުފުއްޕާވަރު ކިންގްކޮބްރާއަށްވުރެ ބޮޑުވާނެއެވެ. ކިންގް ކޮބްރާއަށް ހަފޫޓު މީހެއްގެ ލޮލަށް ބަލާލެވޭވަރަށް އެސޫފީގެ ހަށިގަނޑު ކޮޅަށް ނަގައި ތެދަށް ހިފަހައްޓާލުމުގެ ގާބިލުކަން ލިބިގެންވެއެވެ.

ސްޕިޓިން ކޮބްރާ އަށް އޭގެ ވިހަކުޅު 12-15 ފޫޓުގެ ދުރުމިނަށް ވަރަށް ބާރަށް އަދި އެހާމެ ސީދާކޮށް ފޮނުވާލުމުގެ ގާބިލުކަން ލިބިގެން ވެއެވެ. މި ހަރުފަ ކުޅުޖަހަނީ އެސޫފި ސިކާރަކުރާއެތީގެ ލޮލަށެވެ. ސިކާރަވެވޭއެތީގެ ލޮލަށް ކުޅުދިއުމާއެކު ކުޅުގެ ވިހައިން އެސޮރުގެލޯ ވަގުތުން އަނދިރި ވެއެވެ. އެވަގުތު ހަރުފަ ސިކާރައިގައި ދަތްއަޅާ ވިހަކޮށްލައިގެން މަރާލައެވެ.
ކިންގްކޮބްރާ މަސްކެއުމަށާއި ބޭސްވެރިކަމަށް މަރައެވެ. މިސަބަބުތަކާއިހުރެ ކިންގްކޮބުރާގެ ބައެއް ދަރިފަސްކޮޅުވަނީ މުޅިންނެތި ގޮސް ފައެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ