އަދުގެ ޚާއްސަ

Print

އޭނާއަށް 300 ކާފަ ދަރިން ލިބުނެވެ.

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޤަބޫލުކުރަންދަތި


ޢަބްދުލްމުޢީދު ޙަސަން


ގަލްފުގައި ދިރިއުޅުނު އެންމެ ޢުމުރު ދިގު މީހާ ނިޔާވި ވާހަކަ، ބައެއް ވެބްސައިޓްތަކުގައި ޝާއިޢުކުރެވެމުން އެބަދެ އެވެ. ޢުމާނުގެ، ޢުމާން ދުވަހު ނޫހުގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި، އޭނާއަކީ ޢުމާނުގެ ސަމާއިލު ވިލާޔަތުގެ މީހެކެވެ. އޭނާގެ ނަމަކީ މިފުތާޙު ބިން ބަޝީރެވެ. މަރުބަލި ނޫން އެހެން ބައްޔެއް ޖެހިގެން ދުވަހަކު ވެސް އޭނާ ހޮސްޕިޓަކަށް ގޮސްފައެއް ނުވެ އެވެ. ޢާއްމު ގޮތެއްގައި އޭނާ ކައިއުޅުނީ، މާމުޔާއި ތާޒާ އެއްގަމު މަހެވެ.

މަރްޙޫމް މިފުތާޙު ނިޔާވިއިރު، އޭނާގެ ޢުމުރަކީ 137 އަހަރެވެ. އޭނާއަށް ލިބިފައިވާ ދަރީންގެ ޢަދަދަކީ، 13 އެވެ. ނަމަވެސް އޭނާގެ ކާފަ ދަރިންނާއި، މުނި ކާފަ ދަރިންނާއި، ހޫރު ކާފަ ދަރިން ... ގެ ޢަދަދު 300 (ތިން ސަތޭކަ) އަށް އަރާފައިވެ އެވެ. މި ލިޔުންކޮޅާއެކުގައިވަނީ، އޭނާގެ ފޮޓޯ ކަމަށް، އަލްޔައުމުއްސާބިޢު ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ފޮޓޯ އެވެ.

މާތް ﷲ މަރްޙޫމު މިފުތާޙަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާށި އެވެ! އާމީން!


މަޞްދަރުތައް:
ޢުމާން ދުވަހު ނޫސް.
އަލްޔައުމުއްސާބިޢު ވެބްސައިޓް.
އަލްއިޤުތިޞާދިއްޔާ (www.aleqt.com).



ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ