އަދުގެ ޚާއްސަ

Print

ހަތަރު ދުވަހުގެ ކުއްޖެއްގެ ބަނޑުތެރޭގައި ތިން ކުދިން

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ސިއްޙަތު


ޢަބްދުލްމުޢީދު ޙަސަން


އެ ތިންކުދިން އޮތީ، ޢުމުރުން އެންމެ ހަތަރު ދުވަސްވީ ފިރިހެން ކުޑަކުއްޖެއްގެ ބަނޑުތެރޭގަ އެވެ. އެ ކުއްޖާގެ ބަނޑުތެރޭން އެ ތިންކުދިން ނެރުނީ ޖޯޑްންގެ ޑަކުޓަރުންގެ ޓީމަކުންނެވެ. އެޓީމުން ހާމަކުރި ގޮތުގައި އެއީ ކާމިޔާބު އޮޕަރޭޝަނެކެވެ. އެ ޓީމުގައި އިސްކޮށް ހުންނެވި ޑރ. ނާޖިޙު ވިދާޅުވީ، އޭގެ ތެރެއިން ފުރަތަމަ ކުއްޖާ އޮތީ ބޮޑުވެ ފުރާފުރިހަމަވެފައި ކަމަށެވެ. ދެވަނަ ކުއްޖާ އޮތީ މުޅިން ފުރިހަމަ ނުވެ އެވެ. ތިންވަނަ ކުއްޖާ އޮތީ ހެދިބޮޑުވުމުގެ މަރްޙަލާގަ އެވެ.

ކުޑަކުއްޖާގެ ބަނޑުތެރޭން ނެގި ތިން ކުދިންނަކީ ވެސް ތިން ފިރިހެން ކުދިންނެވެ. އެތިން ކުދިން ނެގުމަށްޓަކައި ކުރި އޮޕަރޭޝަން ކާމިޔާބު ނުވެދާނެތީ ގިނަ ބަޔަކު ކަންބޮޑުވި އެވެ. އޭގެ ތެރޭގައި ކުއްޖާގެ މަންމައާއި ބައްޕައާއި ޑަކުޓަރުންގެ ޓީމު ވެސް ހިމެނެ އެވެ. އެކުއްޖާގެ ބަނޑުގައި ދުޅަވެފައިވާ ތަނަކީ، ކެންސަރު ނޫންކަމާއި އެއީ އިތުރު ތިންކުދިންކަން އެނގުނީ ވިހެއުމަށްފަހު ކުރި ތަޙުލީލުތަކުންނެވެ.

ކުއްޖާގެ މަންމަ ހީކުރީ، އޭނާގެ ބަނޑުގައި ދުޅަވެފައިވާ ތަނަކީ، ކެންސަރު ކަމަށެވެ. އަދި ވިހެއުމުގެ ތެރޭގައި އޭނާއަށް ކެންސަރު ޖެހިދާނެތީ ވެސް އޭނާ ބިރުގަތެވެ. ނަމަވެސް އެއީ އޭނާގެ ބަނޑުތެރޭގައި އޮތް އިތުރު ތިންކުދިންކަން އެނގުމުން އެއީ ކެންސަރު ނޫންކަން އެނގި ހިތްހަމަޖެހުނެވެ.

ޑރ. ނާޖިޙު ވިދާޅުވީ، ކުޑަކުއްޖެއްގެ ބަނޑުތެރޭގައި އިތުރު ކުދިން ޤަރާރުވުމަކީ، ދުނިޔޭގެ އެހެން ޤައުމުތަކުން ވެސް ފެނިފައިވާ ކަމެއް ކަމަށެވެ. ނަމަވެސް މި ޙާލަތުގައި ފެނުނު ތަފާތަކީ، އެއް ކުއްޖެއްގެ ބަނޑުތެރޭގައި އިތުރު ތިންކުދިން ޤަރާރުވި ކަމެވެ.


މަޞްދަރު:
ވަކާލަތުލް މިލައްފު ޕްރެސް.


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ