އާދަޔާ ޚިލާފު ޖަވާބު
ޢަބްދުލްމުޢީދު ޙަސަން
އެއީ އިމްތިޙާނެއްގައި އައި ސުވާލަކަށް ދޭން ޖެހުނު ޖަވާބެކެވެ. އިމްތިޙާނު ކަރުދާހުގައި އޮތް ސުވާލެއްގައިވެ އެވެ.
"ޢިޝާ ނަމާދުގައި ވަނީ ކިތައް ރަކުޢަތް؟"
މި ސުވާލަށް ޖަވާބު ދިން ދަރިވަރަކު ލިޔުނެވެ.
"ޢިޝާ ނަމާދުގައި ވަނީ ހަތަރު ރަކުޢަތެވެ."
މި ޖަވާބު ނުބައިކަމަށް ނިންމައި ޓީޗަރު މި ޖަވާބަށް ސުމެއް ދިނެވެ. މިކަން އެނގުނީ، ދަރިވަރު ފާސްނުވި ސަބަބު ހޯދުމަށްޓަކައި ބެލެނިވެރިޔާ ކުރި މަސައްކަތުންނެވެ.
ބެލެނިވެރިޔާ: "އަޅުގަނޑުގެ ދަރިފުޅު ދިން ޖަވާބު ރަނގަޅު ނުވީ ކީއްވެތޯ އެވެ؟"
ޓީޗަރު: "ތިބާގެ ދަރިފުޅު ދީފައިވަނީ ރަނގަޅު ޖަވާބު ކަމުގައި ނުވާތީ އެވެ؟"
ބެލެނިވެރިޔާ: "ރަނގަޅު ޖަވާބަކީ ކޮބައިތޯ އެވެ؟"
ޓީޗަރު: "ރަނގަޅު ޖަވާބަކީ: ޢިޝާ ނަމާދުގައި ވަނީ، މެންދުރު ނަމާދާއި ޢަޞްރު ނަމާދުގައި ވާ ފަދައިން، ހަތަރު ރަކުޢަތެވެ."