އަދުގެ ޚާއްސަ

Print

ލޯބިން ގުޅޭ ދެ ހިތެއް ސަފުން ވަކިކުރެވިދާނޭތޯ؟

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޤަބޫލުކުރަންދަތި


ޢަބްދުލްމުޢީދު ޙަސަން


ވަކި ސިފަތަކެއް ލިބިފައިވާ މީހަކާ ނޫނީ ނީންނާނަމޭ ބުނާ މީހުން އުޅެ އެވެ.

"މަ އިންނާނީ ގެދޮރު ހުރި މީހަކާ އެވެ."
"މަ އިންނާނީ ސައިކަލެއް ހުރި މީހަކާ އެވެ."
"މަ އިންނާނީ މާލޭ މީހަކާ އެވެ."
"މަ އިންނާނީ ތިރީސް އަހަރު ނުވާ މީހަކާ އެވެ."


ލޯތްބާ ނުލައި، ގެދޮރާއި މުދަލާއި ޢުމުރުން ޒަވާޖީ ޙަޔާތަށް ލިބެނީ ކޮން ހަމަޖެހުމެއްތޯ އެވެ؟
ހުރިހާވެސް އެއްޗަކީ ލޯތްބެވެ. ލޯބިން ގުޅިއްޖެ ދެ ހިތެއް ވަތްކެއް ނުކުރެވޭނެ އެވެ.
ތިރީގައިވާ ދެ މަފިރިންނަށް ނިކަން ބައްލަވާށެވެ!

ފިރިމީހާގެ ސިފަ:

އޭނާގެ އިސްކޮޅު ފަސްފޫޓަށްވުރެ ދިގެވެ. އޭނާއަކީ އިސްކޮޅާ ރޫފަ ހަމަ، ޒުވާނެކެވެ. ހަށިގަނޑުގައި އައިބެއް ނެތެވެ. އޭނާއަކީ، ހުރިހައި ގުނަވަންތަކެއް ހަމަ، ދުޅަހެޔޮ މީހެކެވެ.

އަނބިމީހާގެ ސިފަ:

އޭނާގެ އިސްކޮޅުގައި ވަނީ ގާތްގަނޑަކަށް ދެ ފޫޓް ބަޔެވެ. އޭނާގެ ހަށިގަނޑުގައި ވަނީ ދެބައިކުޅަ އެއްބަޔެވެ. އޭނާއަކީ ދެފައި ނެތް ނުކުޅެދޭ މީހެކެވެ. އެއްތަނުން އަނެއް ތަނަށް ގޮސް އުޅެނީ ފުރޮޅުލީ ފިލާގަނޑެއްގެ މަތީގަ އެވެ.

ތިރީގައި މިވަނީ، މި ދެމަފިރިންގެ ޙަޔާތުގެ މައިދާނުން ނަގާފައިވާ ފޮޓޯތަކެކެވެ.
މި ފޮޓޯތަކުން ޢިބްރަތެއް ޙާޞިލުކުރައްވާށެވެ!








































ހަމަމިގަލަމުން

އިދާރާ

ވާހަކަ