އަދުގެ ޚާއްސަ

Print

ކިޔާލަބަލާށެވެ! ވިސްނާލަ ބަލާށެވެ!(2)

ޝާޢިއުކުރީ މުޚްތާރު ޢަބްދުއްރަޙްމާނު . ހިމެނޭބަޔަކީ އިޖުތިމާޢީ


28 މޭ (ހުކުރު)އާ ގުޅޭ...

18- ތަރިއަށް ޖަހާ ދުނި ވެއްޓޭނީ ތިމާގެ ފައިދޮށަށެވެ!

މުޚްތާރު އަބްދުއްރަޙްމާން ނޫރާނީގެ ށ.މިލަންދޫ

ދުނިޔަވީ އުސޫލުތަކަށް ބަލާއިރު އެކި މީހުންނަށް ކުރެވޭނީ އެކިބާވަތުގެ ކަންތަކެވެ. އެކިމީހުން މޮޅުވާނީ އެކިބާވަތުގެ ހުނަރުތަކަށެެވެ. علمي ގޮތުންނާ مالي ގޮތުންވެސް އެކިމީހުންނަށް حاصل ކުރެވޭނީ ތަފާތު މިންވަރު ތަކަށެވެ.

ކަން މިހެން ހުރުމާއެކު ތިމާއަށް ނުކުރެވޭފަދަ ކަންތައްތައް، ނުވަތަ އަނެކުންނަށްޓަކައި ކޮށް ނުދެވޭފަދަ ކަންތައް ކޮށްދޭނެކަމަށް ބުނަމުން އިޤުރާރު ވަމުން ދިއުމަކީ ތިމާގެ عزّت އާ قدر ފައިދޮށަށް ވެއްޓިދާނެ ކަމެކެވެ. އެކުއުޅުނު މީހުންވެސް ތިމާ ދޫކޮށްފައި ހިނގައިދާނެ ކަހަލަ ކަމެކެވެ.





19- މަލާ މާބުރުގެ ޤާނޫނަކުން  އުލްފަތުގެ ގުލްޝަނުން ޞުލްހައިގެ މާމެލާމެއްޔެއް ނުފޮޅޭނެ އެވެ.


މަލާ މާބުރުގެ ޤާނޫނަކީ ގުލްޝަން ފަރިވެ ފޮޅޭ ކޮންމެ މަލެއްގެ ފޮނިކޮޅު ބޯލަން ގުލްޒާރުގައި ފޮޅޭ ހުރިހާމަލަކަށް طواف ކުރަމުންދާ މާބުރާއި ކޮކާލުގެ ހުރިހާ ޝިކާރަވެރިން ޝާމިލުވާގޮތުގައި ޖެހޭ ތަމްސީލީ މިސާލެކެވެ. އިންސާނުން ދުނިޔެގައި ދިރިއުޅުމުގައި ކެހިވެރިކަމުގެ މަޅިތައް ޖަހައި ނާޖާއިޒު ފައިދާތައް ނަގާ މީހުން އެކަން ކުރުމުގައި ގަދަކެޔޮޅުހެދިގެން ގެންގުޅޭ އެންމެ ގަދަ ހަތިިޔާރަކީ ޤާނޫނެވެ. މާބުރާއި ކޮކާލުގެ ބާވަތްތަކީ، ކުރި ތަކުލީފީ މަސައްކަތަކާނުލައި ބޮޑެތި ފައިދާގަނޑު މިލްކު ކުރާ ހަތިޔާރަކަށް ޤާނޫނު ހެދުމެވެ. މަލާއި މާބުރުގެ ޤާނޫނަކަށް ވަނީއެވެ. މާބުރު ހެނދުނު ފޮނި ބޯނީ ހެނދުނު ފޮޅޭ މަލުންނެވެ. އެ މަލުގެ ބޭނުން އެ ކެނޑުނީ އެވެ. މި ޒަމާނަކަށް އައި އިރު މަލާއި މާބުރުގެ ޤާނޫނު ފަދަ ޤާނޫނެއް މި އިންސާނުންގެ މެދުގައި ވެސް ދަނީ ހެދެމުންނެވެ. އެފަހަރަކަށް ޖެހިއޮތް ބޭނުމެއް ފުދުމުން އުވައިލާ، ނުވަތަ ދެން ޖެހުނު ބޭނުމަށް މަގު ފަހިވާގޮތަށް ބަދަލުކުރުމަކީ މިއަދުގެ ދުނިޔޭގައި ޢާންމު ކަމެކެވެ. ޤާނޫނަކީ އިސްލާމްދީނުގެ ޝަރީޢަތާ ތަޢާރުޟު ނުވާގޮތަކަށް ވަކިބާވަތެއްގެ ކަންތައްތަކެއް ހައްލުކުރުމަށް مشورة ގެ އުސޫލުން ކަންކުރަން  ހަމަޖެހިފައި އޮންނަންވާނެ ހަރުދަނާ ހަމަތަކެކެވެ. 

މިބުނި مشورة ގެ އުސޫލޭ ބުނެވޭ މަސައްކަތުގެ ނަތީޖާއަކީ،  ރުކަށް އަރާ މީހާ އާ ރުއްވެރިޔާ އާ މަހަށްދާ މީހާ އާ، އޮޑިވެރިޔާ އާ، ވަޑާންކުރާމީހާ އާ، ވަޑާން ކުރުވާ މީހާ އާ، މި ކަހަލަ ކޮންމެ ދޭދޭ ދެމެދުގެ ކޮންމެ ނިންމުމެއް ޤައުމެއްގައި އެއް އުޞޫލަކުން ކަންތައް ކުރުމަށް އެއްބަސްވެ ނިންމާ ނިންމުންތަކެވެ. ޙަޤީޤަތުގައި އެއީ  قانون އެވެ. މިއީ އިޖުތިމާޢީ قانون ގެ ބައެކެވެ. ދެވަނައީ دينއާއި قومية ގެ مصلحة ރައްކައުތެރި ކުރުމުގެقانوني أصول  އެވެ.

ނަމަވެސް މިޒަމާނަކަށް އައިސް މަލާއި މާބުރުގެ قانون ދަނީ މުޅި ދުނިޔޭގައި ޖަހާފައިވާ މުކައްބައަކަށް ބަދަލު ވަމުންނެވެ. قانون އަކީ ކާންބޯން ކުރާ މަސައްކަތެކެވެ. އެއްބަޔަކަށް ހުރި ޚަޒާނާއެކެވެ. އެ ޚަޒާނާގެ ތަޅުދަނޑި އޮންނަނީ ލޯޔަރުންނޭ މި ކިޔޭ  قانوني وكيلންގެ އަތްޕުޅުގަ އެވެ. ލ. މާވަށު މުސްކުޅިއަކު ބުންޏެވެ. [ކަލެއަށް އެނގޭތަ! ތިމާގެ އަމިއްލަ މުދާ ތިމާ ޖެހޭނީ ފަޑިޔާރުންނާ قانوني وكيلން ނަށް އަގުދީފާ ގަންނާށޭ މިއީ މިހާރުގެ شريعة އޭ. ] ތެދެކެވެ. މާތް ﷲ ގެ دين ގައި ދެ خصمންގެ މެދުގައި ޖެހޭ مسألة ތައް ނިންމަންވާނެ ޢަދުލުވެރި ގޮތް ވަނީ ކަނޑައެޅި ނިމިފަ އެވެ. އެއީ شريعة އަށް ބޭނުންވާ كافي ހެކި ބަހާއި، حاكمއާ ދެ خصم ން ދެމެދުގައި عدل އަށް حكم ކުރުމެވެ. މީސްތަކުންގެ މެދުގައި عدل އަށް حكم ކުރުމަށް އަމުރު ކުރައްވައިފާމެ ހެކިބަސް ވަންހަނާ ކުރާ މީހުންނާއި، ދޮގުހެކިދޭ މީހުންނާއި، މާތްﷲ ކުރައްވައިފާވާ حكم ން حكم ނުކުރާ މީހުންނަށް وعيد ގެ ބަސްފުޅު وحيކުރައްވައިފާވ ެއެވެ. ދެ خصم ންގެ ދޭތެރޭގައި ހިނގާ شريعة  އަކަށް، ދެ خصم ން ކުރެ މީހަކު قانوني وكيل އަށް ނުވަތަ ލޯޔަރަކަށް ނުވަތަ އެހެންވެސް އެފަދަ މީހަކަސް ދޭ ފައިސާގެ ޕާރުސަލަކަށް ބުރަވެ ކުރެވޭ حكم އަކީ عدل انصاف އާ ގުޅުމެއްނެތް حكم އަކަށް ވެއްޖެނަމަ އެ حكم ކުރި މީހާ مائدة سورة ގެ( 44-45-47 ) މިތިން آية ގެ وعيد ގެ ތެރެއަށް ހިނގައިދާނެކަމުގެ ބިރުހުއްޓެވެ.

ދަންނައެވެ. މި ޒަމާނުގާ مسلمން އުޅޭ ކޮންމެ ތަނެއްގައި އިސްލާމްދީނުގެ ކަރާމާތްތެރި  ކޮންމެ ކަމަކަށް يهودية ގެ ގޮވުންތަކުގެ ޒަހަރުގެ އަސަރު ނުފޯރާ އެއްވެސް ކަމެއް ނެތޭ ބުނެވޭ ހިސާބަށް ދުނިޔެ ހިނގައްޖެ ކަހަލަ އެވެ. މިއަދު ދުނިޔެ އެދި ގޮވަނީ އިސްލާމްދީނުގެ އަލިކަން ދުނިޔެ ދުށުމުގެ ތަންކޮޅެއް ކުރީގައި مكة ގައި عبد الله جدعان ގެ ގެއިން ނުކުތް خلف الفضول ގެ ބައިވެރިން ފަދަ ބައެއްގެ އެހީތެރިކަމަށެވެ. މިހެން ނުވިނަމަ އިސްލާމީ އުޚުއްވަތްތެރިކަމުގެ  އުލްފަތުގެ ގުލްޝަނަށް ޖެހޭނީ ފަޅު ސަހަރާއަކަށް ބަދަލުވާށެވެ. ޔަހޫދީންނަކީ އެމީހުންގެ ގޮތް ފެތުރުމަށްޓަކައި ހުރިހާބާވަތެއްގެ އުކުޅު ބޭނުންކުރާ ބައެކެވެ. ނަސޭހަތްތެރިންގެ ގޮތުގަ އެވެ. މުދަލުން ހޭދަކުރާ ހެޔޮލަފާ ބައަކަށް ވެގެންވެސް މުސްލިމު ޒުވާނުން އެމީހުންގެ މަކަރުގެ ދަލުގައި ޖައްސައެވެ. އަހުރެމެންގެ سلامة ކަންވަނީ އަހަރެމެންގެ އިސްލާމްދީނާ  އެއްގޮތަކަށް ކުރި عمل އަކުންނެވެ.

يهودي ބާރުތައް މުޅި ދުނިޔެއަށް އެކުގައިމެ ފެތުރޭނޭ      
                    نهي އަމުރެއް ނެތޭ! މީހަކު ނުބުނެ އޮވެ ދުނިޔެ ނިމިދާނޭ  
 

20- ނެތް ތެލުގައި ވޮށް އެރުވީމައި ފުއް އަނދާނެ އެވެ.


ކަލެއަކީ ދީނާއި ޝަރީޢަތުގައި ހުރި ހެޔޮނުބައި ވަކިކޮށް އެނގޭ މީހަކު ނަމަވެސް މީސްތަކުން ކުރާހައި ކަމަކާ ބެހި އެކަމަށް އަނގަލައި އުޅުމަކީ މާ ރަނގަޅު ކަމެއް ނޫނެވެ. އަދި ވެރިކަމުގެ ފަރާތުން ކުރާ ކަންކަމަށް ފާޑުކިޔައި އުޅުމަކީ ކަލެއާ ބެހުމެއް ނުވާކަމަކަށް ވެސް ވެދާނެ އެވެ. އޭރުން ކަލެއަށް އަދަބެއް ލިބުން ގާތްކަން ބޮޑެވެ. ފަހެ دين ގައި ކަންތައް نهي ކުރުން ހުރީ ތިން ދަރަޖައަކަށެވެ.
ފުރަތަމައީ އަތުން އެކަމެއް نهي ކުރުމެވެ. އެއީ قانوني ބާރު ލިބިގެންވާ سياسيވެރިންގެބަ އެވެ.

ދެވަނައީ ދުލުން نهي ކުރުމެވެ. އެއީ ވެރިކަމުގެ ފަރާތުން قانوني ބާރު ލިބިފައިވާ علم ވެރިންނެވެ. ނުވަތަ ތިމާގެ ذِمّة ގެ ދަށުގައިވާ ބައަކު ކުރާ دين އާއި دنيويގޮތުން މާނަ ކުރެވިފައިވާ ކަމެއް ކުރާނަމަ އެކަން މަނާކުރުމަކީ ކަލޭގެ ކަމެކެވެ.

ތިންވަނައީ ކަލޭގެ އަމިއްލަ نفس نهي ކަންތައް ކުރުމުން نهي ވެގަންނާށެވެ. މުސްކުޅި ބަހެއްގަ ބުނެފައި ވެއެވެ.

[ބަޔަކު ބޯހައި ރާއެއް ކަލޭ ނުބޮނިކޮށް ކަލޭ سلامة ވެދާނެ އެވެ.]

ތަންދޮރު ނުދަންނަ جاهل އަކަށްވުރެ، ބުއްދިން تصّرف ނުފުދޭ ދުނިޔޭގެ އާޖަފާޖު ނުދަންނަ علم ވެރިޔާ އޭނާގެ ދުލުގެ ސަބަބުން މާ އަވަހަށް ހަލާކުވާނެ އެވެ. نعوذ بالله

(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ