Print

ފަންވަތުގެ ލިޔުންތެރިން ތަޢާރުފުކުރުން

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އާދަކާދަ



ފަންވަތުގެ ލިޔުންތެރިން ތަޢާރުފުކުރުމަށްޓަކައި މަސައްކަތްތަކެއް ކުރެވެމުން އެބަދެ އެވެ.

މިކަމުގައި ބައިވެރިވެވަޑައިގެންނެވުމުގެ ދޮރު ވަނީ ފަންވަތުގެ އެންމެހައި ލިޔުންތެރިންނަށް ހުޅުވާލާފަ އެވެ.

ލިޔުންތެރިޔަކާ ބެހޭ ގޮތުން އަޅުގަނޑުމެން ތައްޔާރުކުރާ ތަކެތީގައި ހިމަނާނީ ލިޔުންތެރިޔާ ދެއްވާ މަޢުލޫމާތެވެ.

(ނަމަ ވެސް  މިހާތަނަށް އަޅުގަނޑުމެންނާ ވަކިވެވަޑައިގެން ދެމި އޮތުމުގެ ގޮވައްޗަށް ދަތުރު ކުރައްވާފައިވާ ފަރާތްޕުޅުތަކާ ބެހޭ ތަޢާރުފު ތައްޔާރު ކުރާނީ އިތުބާރު ހުރި މަޞްދަރުތަކުގެ މައްޗަށް ބިނާކޮށް ފަންވަތުންނެވެ.)

ލިޔުންތެރިން ތަޢާރުފުކުރުމަށްޓަކައި އަޅުގަނޑުމެން ތައްޔާރުކުރާ ތަކެތި، ފޮތް މައުރަޒުފަދަ ތަންތަނުގައި ވެސް ޢާއްމުކުރެވޭނެ އެވެ.

ލިޔުންތެރިން އަޅުގަނޑުމެންނަށް ފޮނުއްވާ މަޢުލޫމާތުގައި އަންނަނިވި ބައިތައް ހިމަނުއްވައިދެއްވުން އެދެމު އެވެ.

1.    ފުރިހަމަ ނަން
2.    ފޮޓޯއެއް
3.    މިހާތަނަށް ކުރައްވާފައިވާ މުހިންމު މަސައްކަތްޕުޅުތައް
4.    ޙާޞިލުކުރައްވާފައިވާ ކާމިޔާބީ އާއި އިނާމުތައް
5.    މިހާރު އަދާކުރައްވާ ވަޒީފާ ނުވަތަ ކުރައްވާ މަސައްކަތް

މީގެ އިތުރުން، މިހާތަނަށް ފޯނު ނަންބަރު ދެއްވާފައިނުވާ ލިޔުންތެރިން، ފޯނު ނަންބަރު ދެއްވުމަށް ވެސް ދަންނަވަމު އެވެ.
މި މަޢުލޫމާތު ފޮނުއްވާނީ This email address is being protected from spambots. You need JavaScript enabled to view it. އަށެވެ.


ތިރީގައި މިވަނީ އަލްއުސްތާޛު އިބްރާހީމު ރަޝީދު މޫސާއާ ބެހޭ ގޮތުން ތައްޔާރު ކޮށްފައިވާ ސްލައިޑްޝޯއެއްގައި ހިމެނޭ ސްލައިޑެކެވެ.





ހަމަމިގަލަމުން

އިދާރާ

ވާހަކަ