އަދުގެ ޚާއްސަ

Print

އާ ދައުރަކަށް ވަނުމަށްޓަކައި

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުﷲ ފާރޫޤު ޙަސަން

    އެމެރިކާގައި މުއްސަނދިކަން ހައްދުފަހަނަޅައިފައިތިބި މީހުންނާ ބެހޭގޮތުން އެމެރިކާގެ މުޙައްޤިޤަކު ފޮތެއް ލިޔެފައިވެއެވެ. އެފޮތުގައި، އެމެރިކާގެ އެންމެ މުއްސަނދި ތިރީސް މީހުންގެ ތަފްސީލު ބަސްދީގަތުންތައް ޝާއިޢުކޮށްފައިވެއެވެ. އެ ތިރީސް މަހުޖަނުންނަކީ 1987 ގެ އަންދާޒާއަށް ބަލާއިރު، އެބަޔެއްގެ ރައުސުމާލުގައި
425 މިލިޔަން ޑޮލަރު ހަމަވެފައިވާ މީހުންނެވެ. އެ ފޮތުގެ ނަމަކީ:

The Ultra Rich, by Vance Packard, Little Brown; 358 pages

    މިދެންނެވި މުއްސަނދީންގެ އަތުގައި އެބައިމީހުންގެ ހިތަށް ގެނެވޭނެ ކޮންމެ އިސްރާފު ޚަރަދެއް ކުރިޔަސް ހުސްނުވާވަރަށް ފައިސާ އެބަހުއްޓެވެ. އެބައިމީހުންގެ މިލްކުގައި ހުންނަ ގޯތިގެދޮރަށް ބަލާއިރު، އެގޭގޭގެ ގޯތިތެރޭގައި މަތިންދާބޯޓު ޖައްސާ ވައިގެ ބަނދަރުތައްވެސް ހުރެއެވެ. މީގެ އިތުރަށްވެސް، އެތައް އެތައް ކަމެއް ވެއެވެ.

    އެހުރިހައި އިސްރާފެއް ކުރަމުންދާއިރުވެސް، އެ މުއްސަނދީން ތިބީ އެބައިމީހުންގެ މުދާ ގިނަކަމާހުރެ ކަންބޮޑުވެފައެވެ. އޭގެތެރެއިން އެއް މުއްސަންޖަކު ބުނެފައިވެއެވެ. އަހަންނަށް ހީވާގޮތުގައި، އަހަރެންގެ ގެއަކީ ބާވަތެއްގެ ފެހިކުލައިގެ ކޮށްޓެކެވެ. އެހެން މުއްސަންޖަކު ބުނެފައިވެއެވެ. މިއެއްޗެއްސަށް ހަދާނީ ކިހިނެއްކަމެއްވެސް އަހަރެންގެ ވިސްނުމަކަށް ނުގެނެވެއެވެ.

I don’t know what the hell to do with it

    އެމެރިކާގެ ހިސާބެއްނެތްހައި ބޮޑެތި މުއްސަނދިންގެ ކުރިމަތީގައި އެބައިމީހުންގެ މުދާ ގިނަކަމުގެ ފޫހިކަމުގެ އިތުރަށްވެސް، އެހެނިހެން މައްސަލަތައް އެބަހުއްޓެވެ. މިސާލެއްގެ ގޮތުން އެކަކު ބުނެފައިވެއެވެ. އަހަރެންގެ ކުދިން ވަރަށް އަވަހަށް އެކުދިންގެ އަމިއްލަ މުދަލުގެ ސަބަބުން މިލިޔަނަރުންނަށް ވެދާނެއެވެ. އޭނާގެ 340 މިލިޔަން ޑޮލަރުގެ މުދާގަނޑުގެ އެއްވެސް ބައެއް އެކުދިންނަށް ދޭކަށް ބޭނުމެއް ނޫނެވެ. އޭނާ ބުނާގޮތުގައި، ގިނައިން ދިނުމަކީ އެކުދިން ވިޔާނުދާވާނެ ކަމެކެވެ.

Giving more just spoils them

    ފޮތުގެ މުޞަންނިފް ވާންސް ޕެކާޑަކީ އިޤްތިޞާދީ ޢިލްމުވެރިޔެކެވެ. އޭނާ އެމެރިކާގެ މުއްސަނދިންގެ މުއްސަނދިކަމުގެ މައްޗަށް ތަފްސީލުކޮށް ބަލައިލުމަށްފަހު އެ މައްސަލައާމެދު އޭނާގެ ޚިޔާލު ފާޅުކޮށްފައިވެއެވެ. އޭނާ ލިޔެފައިވެއެވެ. މަދުބަޔެއްގެ އަތުގައި ފައިސާ ޖަމާވުމަކީ ވަރަށްބޮޑު ހަލާކެކެވެ. މިބާވަތުގެ ކެޕިޓަލިޒަމަކީ ޤައުމުގެ އިޖްތިމާޢީ ޞިއްޙަތަށްހުރި ނުރައްކަލެކެވެ. އެކަމުގެ ފަރުވާއެއްގެ ގޮތުން، މުޞަންނިފް ހުށަހެޅުމެއް ހުށަހަޅައިފައިވެއެވެ. އެއީ، ވަކި އަދަދަކަށްވުރެ (މިސާލަކަށް ފަންސަވީސް މިލިޔަން ޑޮލަރަށްވުރެ) ގިނަވެއްޖެނަމަ، އިތުރުވާ މުޅި ޖުމްލައިން ޓެކްސް ނެގުމެވެ.

Taxing net worth above certain level (say, $25 million)

    ކެޕިޓަލިސްޓް ނިޒާމުގައި އޮންނަނީ، ފައިދާއިން ޓެކްސް ނެގުމެވެ. ކެޕިޓަލިސްޓް ނިޒާމެއްގެ ދަށުން މީހަކު މުދާވެރިވެއްޖެނަމަ، އެމީހެއްގެ މުދާވެރިކަން ހައްތާވެސް އިތުރުވަމުންދަނީ، އެ ސަބަބާ ހުރެއެވެ. އޭގެ ނަތީޖާއަކީ، އެއްބަޔެއްގެ އަތަށް ފައިސާތައް އެއްވަމުން ދިޔުމުގެ ގެއްލުމާ ކުރިމަތިލާން ޖެހުމެވެ. މިޒަމާނުގެ ކެޕިޓަލިސްޓް ޤައުމުތަކުގައި އެ ގެއްލުންވަނީ އޭގެ އިންތިހާއަށް ގޮސްފައެވެ.

    ނިޞާބެއް ހަމަވުމަށްފަހު މުޅި މުދަލުން އަހަރަކު އެއްފަހަރު [ޓެކްސް] ނަގަމުން ގެންދިޔުމަކީ އިސްލާމީ ތަޞައްވުރެކެވެ. އިސްލާމީ ޝަރީޢަތުގައި ޒަކާތުގެ ނަންދެވިފައިވަނީ އެ ތަޞައްވުރަށެވެ.

    ހުޅަނގުގެ ޤައުމުތަކުގެ ކެޕިޓަލިސްޓް ނިޒާމުގައި ހިމެނޭ ގެއްލުންތަކާހުރެ، އެތާނގެ ހަރުދަނާ ވިސްނުންތެރިން ވަނީ އާ އިޤްތިޞާދީ ނިޒާމެއް ހޯދުމުގެ މަސައްކަތަށް ނުކުމެފައެވެ. ނަތީޖާއެއްގެ ގޮތުން، މިހާރު އެބައިމީހުންވަނީ ޒަކާތުގެ ނަން ބޭނުންނުކޮށް، ޒަކާތުގެ އުސޫލުގެ އަހަންމިއްޔަތު ގަބޫލުކުރަން ފަށައިފައެވެ.

    މިބާވަތުގެ އެތައްކަމަކަށް ނަޒަރު ހިންގާއިރު، މިހާރު މިވަނީ ހުޅަނގުގެ ކުރިމައްޗަށް އިސްލާމްދީނުގެ އިޤްތިޞާދީ އުސޫލުތައް ހުށަހެޅުމަށް އެންމެ އެކަށީގެންވާ ވަގުތު އައިސްފައެވެ. ހުޅަނގުގެ މީހުން މިހާރުގެ ކެޕިޓަލިޒަމަށްވުރެ ރަނގަޅު އުސޫލެއްގެ ގޮތުން އިސްލާމީ އިޤްތިޞާދީ ނިޒާމު ލިބިގަތުމުގެ މޫސުމް އައިސްފައެވެ. އެ ނިޒާމާއެކު އިސްލާމީ ހުރިހައި އުސޫލުތަކެއްވެސް މެއެވެ.

    ޝައްކެއްނެތެވެ. މިއަދުގެ ދުނިޔެވަނީ އާ ދައުރަކަށް ވަނުމުގެ އޮޅިގަނޑުގެ ކުރިމައްޗަށް ހުއްޓިފައެވެ. އެ އާ ދައުރުގެ ނަކަމަށްވާނީ، [އިސްލާމީ ނިޒާމުގެ ދައުރެވެ.] ނަމަވެސް، ދުނިޔެ އެ އާދައުރަށް ވަނުމަށް އެޅިފައިވާ އެންމެބޮޑު ހުރަހަކީ، ޚުދު އަޅުގަނޑުމެންނެވެ. މިޒަމާނުގެ މުސްލިމުންނެވެ.

    މިޒަމާނުގެ މުސްލިމުން ހަދަމުންގެންދާ އެންމެބޮޑު ގޯހަކީ، އެބައިމީހުންގެ ޙަޤީޤަތާ ޚިލާފު ޤައުމީ މައްސަލަތަކާހުރެ ޣައިރު މުސްލިމުންނާ ދެކޮޅަށް ޙަޤީޤަތާ ޚިލާފު އަރާރުންތަކެއް ފަށައިގަނެގެން އުޅޭކަމެވެ. ޙަޤީޤަތުގައި އެ އަރާރުންތަކުން މުސްލިމުންނަށް ލިބޭ އެކައްޗެއްވެސް ނެތެވެ. އަނެއްކޮޅުން އޭގެސަބަބުން ވަރަށްބޮޑު ގެއްލުމެއް ލިބެމުން އެބަދެއެވެ. އެ ގެއްލުމަކީ، ޤައުމީ ކޯޅުންތަކާހުރެ މުސްލިމުންނާ ޣައިރު މުސްލިމުންނާ ދެމެދު އުފެދިފައިވާ ނަފްރަތުގެ ސަބަބުން، ޣައިރު މުސްލިމުން އިސްލާމްދީނާމެދު ހުސްހިތަކާއެކު ވިސްނައި ފިކުރުކުރުމަށް ހުރަސްއެޅުމެވެ. އެކަމަކީ އެކަށީގެންނުވާ ކަމަކަށްވުމެވެ.

    މުސްލިމުން އިސްލާމްދީން ފަތުރަން އެއްވެސްކަމެއް ނުކޮށް، ހަމައެކަނި ޣައިރު މުސްލިމުންނާ އެބައިމީހުން ވަމުންދާ ޤައުމީ އަދި މާއްދީ އަރާރުންތައް ހުއްޓާލައިގެން ތިބެން ރުހި ގަބޫލުވިޔަސް، އިސްލާމްދީން ޚުދު އެ ދީނުގެ ފުރިހަމަކަމުގެ އާރާއި ބާރުގައި ދާނީ ފެތުރެމުންނެވެ. އެ ދީން ފެތުރުމަށްޓަކައި ބަޔަކު މަސައްކަތް ނުކުރިކަމުގައި ވިޔަސްވެހެވެ.

    އިސްލާމީ ޢަޤީދާ ބިނާވެފައިވަނީ އިންސާނީ ފިޠުރަތު އެދި ގޮވާ ގޮވުންތަކާ އެއްގޮތަށެވެ. ހަމައެފަދައިން އެ ދީނުގެ ޢަމަލީ ނިޒާމުވެސް ފަރުމާކުރެވިފައިވަނީ ފިޠުރީ އުސޫލުތަކާ އެއްގޮތަށެވެ. ދުނިޔޭގެ ވިސްނުންތެރިންނާއި ޢިލްމުވެރިންގެ ކުރިމަތީގައި އިސްލާމްދީނަކީ ގަބޫލުކުރެވޭފަދަ ދީނަކަށް ހެދުމަށްޓަކައި ބޭނުންހާވެސް ކަމަކީ، އިސްލާމްދީން އެހެނިހެން އަމިއްލަ ގޮތްތަކާ ގަޑުބަޑުނުކޮށް، އެ ދީނުގެ ސާދާގޮތުގައި ދުނިޔޭގެ ކުރިމައްޗަށް އެ ދީން ހުރަހަޅައިލުމެވެ.

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ