އަދުގެ ޚާއްސަ

Print

ހުކުރު ހަތްދުވަސް

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ



މުޙަންމަދު ޝާހިދު ޙަލީމް

ނުކުރު އަޙްމަދު   ހުކުރު ދުވަހަކު   ފިކުރު ކުރިއޭ   ހަކުރު ކައްކަން
    ހުކުރުކޮށްގެން  ޝުކުރުކޮށްފައި   ތަކުރު ކާ ހެން   ދެ ކުރު ކައިލަން

ނުދިގު ފާޚިރު   ދަތުގެ  މާހިރު   މަހުން  އާޚިރު   ދުވަހު ހޮނިހިރު
    މުދިމު  ޒާހިރު    ބަލައި  މޯހިރު    ކުރީ  ތާހިރު   ގިރޭތީ  ހިރު

ނުކުޑަ  ހާދީ   ދުވަހު  އާދީ    ގެނެސް  ބޭންދީ   ރިވެތި  ބާނދީ
    ކުކުޅު  ކާންދީ  ސޮޑާ  ބޯންދީ  އެ  ފަހު  ރަން  ދީ  ކުރީ  ޝާދީ

ނުކަޅު ޢައްބާސް ނުވާ ކަން ފާސް އެނގުނު މި ދުވަސް ވި ހޯމަ ދުވަސް
    ނުކާން ފަރުމަސް  ކެއީ ގެރިމަސް  ކަމަށް ކަނޑުމަސް  ވެގެން ބޯހާސް

ނުއަލި ތައްޚާން  ދުވަސް ވި އުފަން  ޚައިރު ލާ އަން މަހުން ޝަޢުބާން
    ނުއައެ އިންނާން  އެނގުނު ހިނދު ކަން  ކަނޑާށޭ ރަން ކިޔައި ބީފާން

ނުގުދު މޫސާ   ދެ ބަދަ ގުޑިޔަސް   ބަދަލި ހިއްޕީ   މި ބުދަ ދުވަހަށް
    ނަގުދު ދީފައި އެ ބޮނދި ގަނެގެން  އަބަދު އިނދެގެންނެ ބަނދި ކިޔުމަށް

ނުކުޑަ  އިބުރާ    ބުރާސްފައްޗަށް    ޖަމާކުރިއޭ    އެކީ   ދައްޗާ
    ނުކުޑަދައްޗާ     ނުކުރުދައްޗާ      ނުބޮޑުދައްޗާ     ނުހުދުދައްޗާ

ނުކުރު އަޙްމަދު   ނުދިގު ފާޚިރު    ނުކުޑަ ހާދީ   ނުކަޅު ޢައްބާސް
    ހުކުރު  ހޮނިހިރު  ދުވަހު ނޫނީ   އެކީ  އުޅެޔޭ   ކުޅެން ޑިގު، ތާސް

ނުއަލި  ތައްޚާން  ނުގުދު  މޫސާ   ނުކުޑަ  އިބުރާ  ވަރަށް  ގުޅެޔޭ
    މި  އާދީ   ހޯމަ   އަން   ބުދަޔާ   ބުރާސްފައްޗާ   ވޮލީ  ކުޅެޔޭ

ހަމަމިގަލަމުން

އިދާރާ

ވާހަކަ