ލޯބީގެ ދަތުރު
އަޙްމަދު މުޖުތަބާ
ފެނިގެން ކަލާ ކުރިއޭ އަސަރު، ފުރިހަމަކަމެއް ނެތުމުން ތިވަރު
މިހިތުން ފިލާގޮސް ބައު ދަބަރު، ލޯބިން ދެލޯ ވެއްޖޭ އަވަރު
ލިބިފާ ނުވޭ މަށަކަށް ޚަބަރު، ދުނިޔޭގެ ވާކަން ފުރިހަމަ ތިވަރު
ލިބިފާ ތިވާ ބޮޑުކަން ފަރަގު، ފެނުމުން ކަތުން ކުރެޔޭ ފިކުރު.
ކުރުމަށް ތިކަން ބަނުމުން ކަމަރު، މައްލަވަ ކުރަން ފެށިއޭ ހަވަރު.
ކުރުވެފަ މަގޭ ވެވުމުން ހުތުރު، މީހެއް ފަދައިން ހުރުމުން ބަބުރު.
ނަމަވެސް ފެށިން ކަނޑުގައި ދަތުރު، ތިއްބަސް ނިކަން ގިނަ އޮޑި ފަހަރު
ޑޮލަރަށްވިޔަސް ގޮވަމުން ނަދުރު.މަހަކަސް ހެވޭ ބުނަމުން ސަފަރު
ލޯބީގެ ނައު ދުވެގޮސް ބަދަރު، ވަގުތުން ޖެހީ އަރިހުން މިތުރު
ޗާބީގެ އަމުރަށް އެބުރޭ ބުމަރު، ފަދައިންވިޔޭ އެހިދުން ހަތުރު
ފިޔަވަޅު އަޅަން ނެތަކަސް އަމުރު، ނުޖެހޭ ނަމޭ ފަހަތަށް މިސޮރު
ދިޔަޔަސް ހެވޭ ބުނަމުން އުމުރު، ހުރިހާ ހިނދަކު މޭގާ ޗަލަރު
ގޭދޮށުގަވިން ނުމެގޮސް ވެދުރު، މިގޮތަށް ހުރީ ދޭތޯ ނަޒަރު
މިގޮތުން ކުރިން ފައިސާ ހަރަދު، ހުރިހާ ކަމެއް ކުރަމުން މިވަރު
ދިއުމަށް ފަހުން އެތަކެއް އަހަރު، ލިބުނޭ ރުހުން ފުރަތަމަ ފަހަރު
ކުރުމުން ވެގޮސްހަމަ ކަޅިހަތަރު، އުފަލުން މަވީ މެހިގޮސް ދެކަރު
(ނިމުނީ)