www.fanvai.info

Print

31 ވަނަ އަރަތް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އަރަތް


ޢަބްދުލްމުޢީދު ޙަސަން


ޙިންނާގެ ފޯނު ބިލަށް 450 ރުފިޔާ އެރިއެވެ. އޭރު އޭނާގެ އަތުގައި އެއްވެސް ފައިސާއެއް ނެތުމާއެކު، އޭނާގެ ދެ ރަޙުމަތްތެރިއެއްގެ އަތުން ފައިސާ އަތުލި އެވެ. ކޮންމެ ރަޙުމަތްތެރިއެއްގެ އަތުން އަތުލީ 250 ރުފިޔާ އެވެ. އެހެންކަމުން އޭނާއަށް ލިބުނީ ޖުމްލަ 500 ރުފިޔާ އެވެ.

ދެން އޭނާގެ ފޯނުބިލަށް 450 ރުފިޔާ ދެއްކުމަށްފަހު ބާކީ އޮތް 50 ރުފިޔާއިން، ދެ ރަޙުމަތްތެރިންކުރެ ކޮންމެ މީހަކަށް 10 ރުފިޔާ (ޖުމްލަ 20 ރުފިޔާ) ދިނެވެ. އެއަށްފަހު އޭނާގެ އަތުގައި ބާކީ އޮތީ، 30 ރުފިޔާ އެވެ.

ދެ ރަޙުމަތްތެރިންކުރެ ކޮންމެ މީހަކު ބުންޏެވެ.
"ދެން ތިބާ ތިމަންނައަށް ދައްކަން ޖެހޭނީ 240 ރުފިޔާ އެވެ."

އެދުވަހު ހަވީރު ގެޔަށް ގޮސް ޙިންނާ، އޭނާގެ ކޮއްކޮއަށް މިވާހަކަ ކިޔާދިނެވެ. ދެން ޙިންނާގެ ކޮއްކޮ އޭނާ އަދާކުރަންޖެހޭ ދަރަނީގެ މިންވަރު ބަލައި ފައިސާ ހިސާބުކުރި އެވެ.

ފުރަތަމަ ރަޙުމަތްތެރިޔާއަށް ދައްކަންޖެހޭ ވަރު + ދެވަނަ ރަޙުމަތްތެރިޔާއަށް ދައްކަންޖެހޭ ވަރު =
240 + 240 = 480

ދެ ރަޙުމަތްތެރިންނަށް ދައްކަންޖެހޭ ފައިސާގެ ޖުމްލަ + ބާކީ =
480 + 30 = 510

މި ނަތީޖާ ލިބުމުން ޙިންނާ ޙައިރާންވި އެވެ.

ދެ ރަޙުމަތްތެރިންގެ އަތުން އަތުލި ފައިސާ ނޫން އެހެން ފައިސާއެއް އޭނާގެ އަތަކު ނެތެވެ.

ދެ ރަޙުމަތްތެރިންގެ އަތުން އޭނާ އަތުލި ފައިސާގެ ޖުމްލަ އަކީ 500 ރުފިޔާ އެވެ.

ނަމަވެސް މިހާރު މިވަނީ 10 ރުފިޔާ އިތުރުވެފަ އެވެ.

ސުވާލަކީ، މި 10 ރުފިޔާ އިތުރުވީ ކިހިނަކުންތޯ އެވެ؟


www.fanvai.info