އަދުގެ ޚާއްސަ

Print

އަހަރެންގެ ބަސް އަހައި އެހީތެރިވާނަން ހެއްޔެވެ..؟؟

ޝާޢިއުކުރީ Administrator3 . ހިމެނޭބަޔަކީ ދުނިޔެ


އަބްދުﷲ އިބްރާހިމް.   ނ.މިލަދޫ

އަހަރެންގެ އުމުރުން ވީ ދުވަހެއް ބެލުމުގައި ތިބާއަށް މާ ބޮޑު ފައިދާއެއް އޮތްކަމަކަށް ނުދެކެމެވެ. މުހިއްމު ކަމަކީ އަހަރެންގެ ހަޔާތުގެ ދަތުރުނާމާ އަޑުއަހައި އަހަރެންނާއި ބައިވެރި ވުމެވެ.
އަހަރެން ދުނިޔެއަށް އައިސް މިކުރާ ކަމަކީ މީހުން ސަލާމަތް ކުރުމެވެ. ފަގީރު މަދު އާބާދު ތަކާއި މުއްސަނދި ބޮޑެތި އާބާދު ތަކުގައި އަހަރެން މަސައްކަތް ކޮށް ތަފާތު ތަޖުރިބާތައް ހޯދާފައިވާނެއެވެ. ތަފާތު ނަސްލުގެ ތަފާތު މީހުންނާއި ބައްދަލުކޮށް އެކި އެކި މީހުންނަށް އެހީތެރިވީމު އެވެ. އެ މީހުން އަހަރެންގެ މަސައްކަތަށް އެހީތެރިކަމާއި އެއްބާރުލުން ދިނެވެ.
އެކަމަކު ބައެއް މީހުން އަހަރެން ދެކެ އަރައިގަންނަ ރުޅި ހާދަހާގަދައެވެ. އަހަރެން އެމީހުންގެ ގައުމުތަކަށް އެރުން ވަގުތުން މަނާވެސް ކުރިއެވެ. އަހަންނަށް ވާގިވެރިވާ މީހުންނާ އަހަރެން ދެކެ ރުޅި އަންނަ މީހުން ދެމެދު ހަމަ ނުޖެހުން ހިނގައި ބަޔަކު މީހުން މަރުވެގެންވެސް ދިޔައެވެ. އަހަރެން ކެއްތެރިވީމެވެ. މަސައްކަތުގައިި ސާބިތުވީމެވެ. މި މަސައްކަތުގައި ވާން ޖެހުުނު ކޮންމެ ގުރުބާނީއަކަށް ވެސް އަހަރެން ނާއި އަހަރެންގެ އެކުވެރިން ތައްޔާރެވެ. ފަރުވާލެއް ނެތެވެ. އަހަރެންގެ އެކުވެރިންނަށް އަހަރެންވެސް އެހީތެރި ވަމެވެ. އަދިވެސް ވާނަމެވެ. ތާ އަބަދަށެވެ. އަހަރެންގެ މަސައްކަތް ތަޖުރިބާކޮށްފި މީހަކު އަހަރެން ލައްވާ އެ މަސައްކަތް ކުރުވާ ހިތްވެއެވެ. ސަބަބު ވަނީ ތިބާގެ ހިތުގައެެވެ. ފަހުން އިނގޭނެއެވެ.

އެގޮތުން އަހަރެން ގެ ފައުޖު މުޅި ދުނިޔެއަށް ފެތުރިގެން ވެއެވެ. މިފަހަރު މިއައީ ތިބާގެ އަރިހަށެވެ. ތިބާގެ ވިސްނުން ރަނގަޅު ވާނެ ކަމަށާއި އަހުރެންނަށް އެހީތެރިވެ އަހަންނަށް ބައިއަތު ހިފާނެކަމަށް ވަރަށް އުއްމީދު ކުރަމެވެ. އަޑު އަހާށެވެ. އަހަރެން މިއައީ ތިބާ އަށް އެހީތެރިވާށެވެ. ތިބާއަކީ ކޮންމެ ނަސްލެއްގެ ކޮންމެ ދީނެއްގެ އަހުލުވެރިއަކަށް ވިޔަސް މައްސަލައެއް މި ވަގުތަކު ނެތެވެ. ތިބާ އަހުރެންނާއި ރުހި ގަބޫލް ވާނަން ހެއްޔެވެ.؟ އަހަރެންގެ މަސައްކަތުގައި ބައިވެރިވާނަން ހެއްޔެވެ.؟ އަހަރެން އެދޭ ގޮތަށް ކަންތައް ކޮށްދީފި ނަމަ އަހަރެން ތިބާގެ މަސައްކަތުގައި އެހީތެރި ވާނަމެވެ. ތިބާ އުފާ ކުރާ ވަރަށެވެ. ބުނެ ބަލާށެވެ. އަހަރެންނަކީ ބަރަކާތްތެރި އެކެވެ. އެހީ ތެރި އެކެވެ. އުފާވެރިކަމާއި ހިތްހަމަ ޖެހުމެވެ.

އަޚާއެވެ. އުޚްތާއެވެ. އަހަރެންނަކީ އިސްލާމް ދީނެވެ. އަހަރެންނާއި ބައިވެރި ވާނަން ހެއްޔެވެ؟

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ