އަދުގެ ޚާއްސަ

Print

ވަކަރު ކޮއްޓި

ޝާޢިއުކުރީ Administrator3 . ހިމެނޭބަޔަކީ އެނގޭތަ


ޢާމިރު ރަޝީދު
 
ސްލެޓް ވްޑްޕެކާރ (Woodpecker)ގެ ނަމުން ނަންދީފައިވާ މިދޫނީގެ ދިގުމިނުގައި 11 އިންޗި ހުރެއެވެ.
މިހާތަނަށް މިދޫންޏަށް ދިވެހިނަމެއް ދެވިފައި ނުވުމާއި އެކު، ދޫނީގެ ދިރިއުޅުން ހުންނަގޮތަށްބަލައި މިދޫނީގެ ދިވެހިނަމެއްގެ ގޮތުގައި އަޅުގަނޑު "ވަކަރު ކޮއްޓި" ބޭނުންކޮށްފައިވަނީ އެވެ.

ވަކަރު ކޮއްޓި ޢާއްމު ގޮތެއްގައި ދިރިއުޅެނީ ގަސްގަހުގައި ހޮހަޅަ ހަދައިގެން، އެ ހޮހަޅަ ތަކުގައެވެ.
ޢާއްމު ގޮތެއްގައި މި ދޫނި އޭގެެ ދިގު ތުންގަނޑު ބޭނުންކޮށްގެން ގަސްގަހުގެ ވަކަރު ވަކަރުގަނޑު ތެރޭގައި ދިރިއުޅެމުންދާ އެކި އެކި ސޫފާ ސޫފި ހޯދުމަށް ވަކަރުގަނޑުގައި ތުނބުން ކޮށައި ކައިއުޅެއެވެ. އަދި ތުންގަނޑު ބޭނުންކޮށްގެން ހޮހަޅަ ހަދައި އެ ހޮހަޅަ ތަކުގައި ހާލިހަދައިގެން ދިރިއުޅެމުންދެއެވެ. ނަމަވެސް ކޮންމެ އަހަރަކު  ހާލިހަދާ ތަން އާކުރެ އެވެ.  އެއް ހާއްޔެއް ދެފަހަރަކު ބޭނުމެއް ނުކުރެއެވެ. މިފަދަ ހާލިތައް "ވަކަރު ކޮއްޓި" ތައް ދޫކޮށްލުމުން ދެން މިފަދަ ހާލިތައް ބައެއް އެހެނިހެން ދޫނިތައް ހާލީގެ ގޮތުގައި ބޭނުން ކުރެއެވެ. އެގޮތުން ބަކަމޫނު އަދި ބާޒު ފަދަ ދޫނިތައް މިފަދަ ހާލިތައް ބޭނުންކޮށް އުޅެއެވެ.

މިދޫނީގެ ތުންގަނޑު، މިފަދަ އިތުރު ދޫނިތަކަށް ކަންކަން އެންގުމުގެ ގޮތުން ވެސް ބޭނުން ކުރެއެވެ. (ކޮމިޔުނިކޭޓުކުރުމަށް)
 
ދުނިޔޭގެ އެކި ހިސާބުތަކުގައި ވަކަރު ކޮއްޓި އާއިލާގެ 200 އަށްވުރެ ގިނަ ވައްތަރުގެ ދޫނި އުޅެއެވެ.
އުމުރު : ޢާއްމު ގޮތެއްގައި ވަކަރު ކޮއްޓިއެއްގެ އުމުރަކީ 4 އަހަރާއި 11 އަހަރާ ދެމެދެވެ.
މައިގަނޑު ކެއުން : އެކި އެކި ސޫފާސޫފި އަދި ގަސްގަހުގެ މޭވާ.
ކޮންމެ ދޫންޏެއްގެ ފައިގައިވެސް 4 އިނގިލި ހުރެއެވެ. ( ދެ އިނގިލި ކުރިމައްޗަށް ވާގޮތަށް އަދި އަނެއް ދެ އިނގިލި ފަހަތަށް ވާގޮތަށް)
އާއްމު ގޮތެއްގައި އައިން ހަދައިގެން އުޅުމުގެ ބަދަލުގައި ވަކަރުކޮއްޓި ފެންނާނީ އެއް ދޫނި ނުވަތަ ދެ ދޫނި އެކީގައި ތިއްބައެވެ.

މިދޫނި އާއްމުގޮތެއްގައި ދޭކާ އަށަކާ ދެމެދުގެ ޢަދަދަކަށް ބިސްއަޅައެވެ. އަދި ބިސްފީކުރުމުގައި އަންހެން ދޫންޏާއި ފިރިހެން ދޫނި އެއްވަރަކަށް ހިއްސާވެއެވެ.
ފިނިސަރަހައްދުތަކާއި އޮސްޓްރޭލިއާ، ނިއު ގިނީ، މަޑަގަސްކަރަ އަދި ނިއުޒިލޭންޑް ފަދަ ގައުމުތައް ފިޔަވައި ދުނިޔޭގެ އެހެނިހެން ހުރިހާ ހިސާބެއްގައިވެސް ވަކަރު ކޮއްޓި ދިރިއުޅެއެވެ.
 
އެނގޭތަ؟

ވަކަރު ކޮއްޓިއަކަށް މިނެޓަކު 20 ފަހަރު ހުއްޓާނުލާ ގަސްގަހުގެ ވަކަރުގައި ކޮށާލެވެއެވެ.
ދުނިޔޭގައި އުޅޭ އެންމެ ބޮޑެތި ވަކަރުކޮއްޓި ދިރިއުޅެމުންދަނީ އޭޝިޔާ ބައްރުގައެވެ.




(ނިމުނީ)

މައުލޫމާތު ހޯދީ :
 އާމިރު ރަޝީދ
http://www.defenders.org/wildlife_and_habitat/wildlife/woodpeckers.php#
http://www.ohio-nature.com/woodpecker-facts.html
http://lifestyle.iloveindia.com/lounge/facts-about-woodpeckers-1989.html
ފޮޓޯހޯދީ :
http://www.flickr.com/photos/alodor/2998193670/
http://www.flickr.com/photos/donaldsducks/3094326034/

ހަމަމިގަލަމުން

އިދާރާ

ވާހަކަ