އެހެން ގޮތަކަށް ރޯދަހިފާ މީހެއް!
ޢަބްދުލްމުޢީދު ޙަސަން
އެއްރެޔަކު ޚަލީފާއެއްގެ ގަނޑުވަރަށް ދިޔަ ރަށްފުށު މީހެއްގެ ގާތުގައި ޚަލީފާ ވިދާޅުވި އެވެ.
"ގަނޑުވަރުގެ ކެއުމުގައި ބައިވެރިވެލަން ސުފުރާމައްޗަށް އަންނާށެވެ!"
އޭނާ ދެންނެވި އެވެ.
"ސާހިބާއެވެ! އަޅުގަނޑު މިހުރީ ރޯދައަށެވެ!"
ޚަލީފާ ވިދާޅުވި އެވެ.
"ތިބާ ދުވާލާއި ރޭގަނޑު ރޯދަހިފަނީ ހެއްޔެވެ؟"
އޭނާ ދެންނެވި އެވެ.
"މާތް ސާހިބާއެވެ! އަޅުގަނޑު ރޯދަހިފަނީ ސާހިބާ ތިޔަ ހީފުޅުކުރެއްވި ގޮތަކަށް ނޫނެވެ.
ދުވާލަށްވުރެ ރޭގަނޑު ރޯދައަށް ހުރުން މާފަސޭހަ އެވެ.
އަދި ރޭގަނޑަށްވުރެ ދުވާލުގައި ކާބޯތަކެތީގެ ރަހަ މާ މީރެވެ.
މިހެންވެ، އަޅުގަނޑު ރޯދަހިފަނީ ރޭނގަޑު އެވެ."