އަދުގެ ޚާއްސަ

Print

ކިޔާލަބަލާށެވެ! ވިސްނާލަ ބަލާށެވެ!(3)

ޝާޢިއުކުރީ މުޚްތާރު ޢަބްދުއްރަޙްމާނު . ހިމެނޭބަޔަކީ މާދަރީބަސް


28 ޖޫން(ހޯމަ)އާ ގުޅޭ....

މުޚްތާރު އަބްދުއްރަޙްމާން ނޫރާނީގެ ށ.މިލަންދޫ

21 މޮޔައަކު އަތަށް ތޫނުކަމެއް ދީފާ ވަލަށް ވައްދައިފި ނަމަ ގަސްރުއް ރޯނެ އެވެ.

طبيعة فاسد ވެފައިތިބޭ جاهل އަކަށް حكومي ވެރިކަމެއް مالي قدرއެއް سياسي ބާރެއް ލިބިއްޖެނަމަ އެއީ ހަމަ އެންމެންގެ މައްޗަށް ވެސް ހުރި ނުރައްކަލެކެވެ. وطني ބިރެކެވެ. ނުޖެހި ނުދާނެ آفات އެކެވެ.

عامّ اجتماعي نظرއަކުން ބަލާނަމަ އެ مجتمع ގައި އެމީހާއަށްވުރެ މީސްތަކުންގެ قدرއާއި احترام ލިބޭ މީހަކު ވާނަމަ ، އެމީހަކު ވާނީ مفسرން ގެ އަމާޒު ފަތްގަނޑަކަށެވެ. އެމީހަކު ބުނާހައި ބަހަކާ ކުރާހައިކަމަކަށް ترحيب ދީ خوشامد ނުކުރާ ކޮންމެ مصلح އަކު ވާނީ ވަގަށް ބަންނަން ވެފައިވާ މަސްގަނޑަކަށެވެ. އެމީހެއްގެ نفس ދީންވެރިކަމާ تقواى ވެރިކަން خيارކޮށް އަޅުކަމާއި مشغول ވެ އުޅޭ މީހަކުނަމަވެސް އެމީހެއްގައި ކުދި ވިކުން ވިކައިގެން ، އަނގައިން ބަހެއް ނެރެގެން ވެސް އެ فاسد ންގެ އަނިޔާވެރިކަމުން سلامة ވާނެ ގޮތެއް ނެތިދާނެ އެވެ. އެމީގެ މައްޗަށް ކުޑަކުދިންނާ މޮޔަ جاهل ން ފާ ކޮށްފާނެ އެވެ. މިހެންގޮސް . . . . . . . .. ... . . . . . . . . . . .  وَسَيَعْلَمُ الَّذِينَ ظَلَمُوا أَيَّ مُنقَلَبٍ يَنقَلِبُونَ  (سورة الشعراء 227 )

22 މަހާނަމަ މައްޗަށް މަޑިއަށް ނުޖަހާށެވެ.

ދެ މާނައެއްގެ މައްޗަށް تأويل ކުރެވިދާނެ އެވެ. އެއީ މަޑި ކަށިޖަހާފާނެކަމުގެ ބިރަށް ކަނޑަށް ފަޅަށް އެރެން ނުކެރޭމީހާ ، މަޑިމިޔަރަށް މަޑަ ކުވަރު ޖަހައިއުޅޭގޮތް ދެއްކުމަށް ފަސްފުންޏަކަށް މަޑިޖަހައި އުޅެފާނެއެވެ. އެކަމުން މަލާމާތް ލިބިދާކަހަލަ ކަމެކެވެެ.

 ދެވަގޮތަކީ نفوذ ގަދަ ވެރިޔަކު ނުވަތަ އެފަދަ އެހެންވެސް މީހަކު އޭނާ މުލައްދަނޑީގެ ބާރުން ކަންތައް ކުރިދުވަ ތިމާއަށާ އެނޫންވެސް އެތައްބައެއްގެ حقّ ތައް އަތުލައިގަނެފައި ވެދާނެ އެވެ. ނުވަތަ އޭނާ އެދޭ ފަރާތްތަކަކަށް އެތަކެތި ދީފައި ވެދާނެ އެވެ. ނުވަތަ ޖާނަށް އަނިޔާވެރި ވެފައި ހުރި ކިތައްމެކަމެއް ހުރެދާނެ އެވެ. ދެން ދުނިޔޭގެ ދައުރު ވުންތަކުން އޭނާގެ ގަދަފަދަ ފާރު ވެއްޓި ކަލޭ ކަހަލަ އާރެއް ބާރެއް ނެތް މީހަކަށް ވެދާނެ އެވެ. އެ حالت ގައި ގެއްލި ފައިވާ ކަލޭގެ حقّ ލިބިގަތުން ފިޔަވައި އެފަދަ އަނިޔާވެރިޔާގެ މައްޗަށްވެސް ذاتي ދިމާކުރުން ތަކުން އެއްކިބާވާށެވެ. ކަލޭ ދުލުގެ رهن އަކަށް ކަލޭ ނުވާށެވެ.

23 ކަލޭ މުއްސަނދިކަމުގެ ތެރޭގައި ، ކަލެއަށްވުރެ ބޮޑަށް އެ މުއްސަނދިކަމުގެ نعمة ން އަރާމާއި ހިތްހަމަޖެހުން ލިބުނު މީހުން ތިބެދާނެ އެވެ.
 
ކަލެއަށް ލިބިފައިވާ މުއްސަނދިކަމަކީ އެތައް ބައެއްގެ منّة މަސައްކަތުން ކަލެއަށް حاصل ވެފައިވާ ނަމެކެެވެ. ގިނަ ބައެއްގެ ބައިވެރިވުމާ ، އެތައް ބައެއްގެ حقّ އެކުލެވިގެންވާ މުދަލަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. އެ حقّ ތައް ރިވެތި ވެގެންވާ ގޮތުގައި އަދާ ނުކުރެވިއްޖެ ނަމަ އެކަމާ سوال ކުރެވޭނީ ކަލެއާއި އެވެ. މުދަލެއް حاصل ކުރުމުގައި ގިނަ ބަޔަކު ދާ އޮހޮރުވާފަދައިން އެ ކައި ހުސްކުރާނެ ބަޔަކު ވެސް ތިބޭނެ އެވެ. ބުނެވެއެވެ. މީހާއަށް ކިތަންމެ ގިނަ މުދަލަކާ ފައިސާއެއް ލިބުނު ނަމަވެސް حقيقة ގައި މީހާއަށް ލިބޭ އެއްޗަކީ ކައި ބޮއި ފޭރާންލައި އުޅުނު އެއްޗަކާ އޭނާ މާތް ﷲގެ وجه ފުޅު އަދައި ކުރި ހޭދައެކެވެ. ދެން ހުރި ހުރިހާ އެއްޗަކީ ކަލޭ ދިރިހުރި އިރުގަޔާ މަރުވެ ދިއުމަށް ފަހުވެސް އެހެން ބައެއްގެ އުފަލާ އަރާމު ލިބިގަތުމަށް ހުރި އެއްޗެކެވެ.

ނަމަވެސް އެމުދާ ހޯދިގޮތަކާ އެއިން ހޭދަކުރި ގޮތަކާ އަދި ހޭދަ ނުކޮށް ހޭދަ ނުކުރި ނަމަ ހޭދަ ނުކޮށް ހުރި ގޮތަކާމެދު ކަލެއާ سؤال ކުރެވޭނެ އެވެ.

24 ކަލޭ فقير ކަމަށް ކެތްތެރިވެ ރުހިއްޖެނަމަ ކަލެއަކީ ފުރިހަމަ މުއްސަންޖެކެެވެ.

فقير ކަމުގެ أهل ވެރިން އޭނާގެ فقير ކަމާމެދު ޝަކުވާ ކުރުމާ ، ތިމާއަށްވުރެ مالي ތަނަވަސްކަމުގެ أهل ވެރިންނަށް حسد ވެރިވުމުން އަމިއްލަ نفس سلامة ކުރާށެވެ. އަދި ތިމާ فقيرحال ގައި ހުރެމެ، މުއްސަނދިން ކުރާ ބައެއް ބާވަތުގެ ކަންތަކަށް ރައްދު ދިނުމަށް ކަންތައް ނުކުރާށެވެ. ބުނެވެއެވެ. ފަޚްރުވެރި فقير އަކު ސުވަރުގެ ނުވައްދަވާނެ އެވެ.

حقيقي މުއްސަނދި ކަމަކީ نفس ގެ މުއްސަނދި ކަމެވެ.  نفس ގެ މުއްސަނދިކަން އެތައް ބަޔަކަށް ބެހިގެން ވެއެވެ.  مثال މީހާއަށް توفيق ވެރިކުރައްވާފައިވާ علم އާއި ހުނަރުވެރިކަމާ ، ދުޅަހެޔޮކަމެެވެ. މުދަލުގެ މުއްސަނދިކަމަކީ فحرވެރި ކަމަކަށް ނުވެހިނގައިދާނެ އެވެ. ރަސޫލާ صلى الله عليه وسلم،ގެ ބަސްފުޅެއްގައި ވެއެވެ. ހަމަކަށަވަރުން ތިމަންކަލޭފާނު ސުވަރުގެއިން ދެކެވަޑައިގަތީ فقير ން ކުރެ مسلم މުހާޖިރުންނެެވެ. އެމީހުންނާއެކު މުއްސަނދިންކުރެ ސުވަރުގެއަށް ވަންނާތީ ދެކެވަޑައިގަތީ عبدالرحمن بن عوف އެވެ.

ބައެއް ފަހަރަށް މުއްސަނދިކަމަކީ ދުނިޔޭގެ ފިތުނަ ތަކަށް ހުށައެޅި ދާާ ކަމެކެވެ. ބުނެވެޔޭ ދަރަންޏެއް ނެތް فقير ކަމަކީ ފުރިހަމަ މުއްސަނދިކަމެކެވެ. ބޮޑު توحيد ގައި މުއްސަނދި ކަމުގެ ބިރުވެރި ކަމާމެދު އަންނަނިވި ދެރައިވަރު ވެއެވެ.

1 [ގިނަ މުދާނަމަ ތިމާބެލި
   ގިނަ ދޮގުހަދަން އުޅެންވާނޭ
   ގިނަ އުނދަގޫ ބޮޑުވާނޭ ]

2 [ މާލު ދުނިޔޭ ބަލާނީ
    މާތުރާލުން ފަހުން ދިނެތް
    މާނެތް މީހު ބުއްދި ނެތް ]

25 އޮޑިކެނޑިއަށް ދެރަ ދޭން ދިޔަ ނުހިއްކީމައި ކަނޑުވާނީ އެ އުޅަނދުގައި ތިބި ބައެކެވެ.

احتماعى نظر އަކުން ބަލާއިރު قوم އެއްގައި ނުވަތަ ބައެއްގެ ތެރެގައި ތިބޭ އެންމެންނަކީ އެއްފަދަ ބައެއް ނޫނެވެ. ބައެއް މީހުން ގަދަފަދަ އެވެ. އަނެއް ބަޔަކު އާރެއް ބާރެއް ނެތެވެ. މުސްކުޅި މީހާ އާއި ޒުވާނާ ތަފާތެވެ. މުއްސަނދިންނާއި فقير ން ނާއި ހަމަހަމައެއް ނޫނެވެ. ބަލި ޙާލު މީހާ އާއި ދުޅަހެޔޮކަން ލިބިގެންވާ މީހާއާއި ހަމަހައެއް ނޫނެވެ.

މިހިރަ ގޮތްގޮތުން ބަލާއިރު ކަމެއް ކުރެވޭ ޙާލަތުގައި ތިބޭ ބަޔަކު ނުކުޅެދުން ބައެއްގެ މައްޗަށް އިނގިލި ދިއްކޮށް އެމީހުން ނުކުރަންޏަކާ މަވެސް ނުކުރާނަމޭ ބުނުމަކީ ނުވަތަ ކަމުން عزل ވެގަތުމަކީ قوميّة ގެ ނައު އަޑިއަށް ދުއްވައިލަން އުޅުންފަދަ ކަމެކެވެ. މިފަދަ ކަންކަމުގައި ދެރައެއް ލިބުނަސް ނުވަތަ މޮޅެއް ރީއްޗެއް ލިބުނުނަމަވެސް އެކަމެއްގެ قاعل އަމާޒު ކުރެވެނީ އެ قوم އެއްގައި ތިބި ކަމަށް އެކަށޭނަ ކުޅެދުންތެރިންނާ ޒުވާނުންގެ އަޚްލާޤާއި ސުލޫކު ގެ މިންގަނޑުގެ މައްޗަށެވެ.

26 ބަޅަކު ނަގޫ ސަންފާއޮނަކަށް ލައި ތެދޮކޮށް ހާނާފައި ދޫކޮށްލިޔަސް ބަޅުވާނެ އެވެ.

މިބަސް އާންމު ގޮތެއްގައި ގިނަ މީހުން މާނަ ކުރަނީ اخلاق ގެއްލިފައި ތިބޭ ފަތަރާސީ އަންހެނުން ، ކިތަންމެ ހެޔޮލަފާ ތެދުވެރިއެއްގެ صحبت ގައި ގެންގުޅެފައިވެސް ، އެ އަންހެނަކު އެމީގެ صحبت ން ވަކިވެއްޖެނަމަ ނުވަތަ فرصة އެއް ލިބިއްޖެނަމަ އެކަނބުލޭގެ އިހުގެ ފަތަރާސީކަމަށް رجوع ވާނެއޭ ބުނުމަށެވެ.

ނަމަވެސް ނަސޭހަތަކަށް މާނަކޮށް ތަރުޖަމާ ކުރާނަމަ ބުނެވޭނީ جاهل ކަމާއި ، އަމިއްލަ نفس فساد ވުމާ ، ތިމާގެ އަމިއްލަ نفس އަށް ލިބުން އެދޭ ކޮންމެ ރަނގަޅު ކަމެއް އަނެކުންނަށް ލިއްބައިދިނުމަށް މަގު ފަހި ކޮއްދިނުމާއި ، މިފަދަ ދީނާ ދުނިޔޭގެ އަޚްލާޤީ މިންގަނޑުތަކުން އެއްކިބާވެ طبيعة ހަރުކަށިވެފައިވާ މީހަކު އިޞްލާޙު ވުމަކީ ހުދުކާޅެއް ފެނުންފަދަ ކަމެކެވެ. އެފަދަ މީހަކު ކުރާ ހުވަޔާއި عهد ގެ މަތީގައި ثابت ވެ ހުރެދާނެ ކަމަށް ބަރޯސާވުން ނުރައްކާތެރި ކަމަކަށް ވުން ދުރެއް ނޫނެވެ. އެއީ منافق ން خهد އެއް ކޮއްފިނަމަ غدرވެރި ވާނޭ ބުނެވުނު ބަހުން دلبل ލިބެއެވެ.

27 ކަނޑޫ ދަނޑި އަލިފާނަށް ލައިގެން ނޫނީ ނުހޭނެއެވެ.

ގިނަ ބާވަތުގެ ދަނޑި ގަހުން ކަނޑާލި ރޯކަންމަތީ އަލިފާނަށް ލައި ހޫނުކުރުމުން މަޑުވާނެ އެވެ. ދެން އެ މަޑު ކަމުގައި ވަނިކޮން ހޭނީމައި ގުދު، ބަޅު ފިލައި ދެއެެވެ. ދެން އެ ތެރުކަންމަތީގައި ހިކުމުން ތެދުކަންމަތީގައި އޮވެދެއެވެ. މިބަހުގެ މާނައަކީ ތަންދޮރު ނޭގުމުގެ ސަބަބުންނާ جاهل ކަންފެތުރި عامّ ވެފައިވާ ماحول އެއްގައި އުޅެބޮޑުވާ މީހާއަށް ހެޔޮނުބައިނޭގި ހުރިނަމަވެސް އޭނާ އަށް ހެޔޮނުބައި ވަކިވެ ޢިލްމީ ކޯރުތަކުން ކަރު ހިއްކުން ފިލުވައިލަން ލިބުމުން ހެޔޮލަފާ މީހަކަށް ވެދާނެ އެވެ.
ނަމަވަސް ކަނޑޫ ދަނޑި އަލިފާނަށް ލައި މަޑުކޮށް ، ހާނައިފާ ދޫކޮށްލުމުން ގަހު އޮތް ބަޅަށް ބަދަލުވާނެ އެވެ. ކަނޑޫދަނޑި ހޭނޭނީ އަލިފާނުން އަންދައި އަޅިއަށް ވުމުން އެ އަޅި އެވެ. އެ އަޅި ބޭނުން ގޮތަކަށް ހޭނިދާނެ އެވެ.

ކަނޑޫ ދަނޑި އަލިފާނަށް ލައިގެން ނޫނީ ނުހޭނޭނެއޭ ބުނެއުޅެނީ جاهل ކަމާ ފަތަރާސީ ކަމުގައި ގެންގުޅެ އެގޮތަށް ހޭނިފައިތިބޭ ހަރުކަށި އަންހެނާ ، ދެން އޭނާ ހެޔޮމަގަށް ހޭނުމަކީ ކަނޑޫ ދަނޑިއެއް ހޭނުންފަދަ ކަމެކެވެ. ކަނޑޫ ދަނޑި ހާނާފައި ދޫކޮއްލުމުން ގަހު އޮތްބަޅަށް ދާފަދައިން ، އެފަދަ އަންހެނާވެސް  ކަނޑޫ ދަނޑި އާ މިސާލު ކުރަނީ އެވެ. މާނައަކީ ފަތަރާސީކަމުން މަގު ގެއްލިފައިވާ އަންހެނާ ކިތަންމެ ރަނގަޅު މީހަކާ އެކު ކިތަންމެ ހަޖެހޭ އުޅުމެއް އުޅެއުޅެ ހުއްޓާވެސް ވައި ބަދަލުވެއްޖެ ނަމަ އެފަދަ އަންހެނާ ކަނޑޫ ދަަނޑި ގަހު އޮތްބަޅަށް ދާފަދައިން އެ އަންހެނާވެސް އޭނާގެ ފަތަރާސީ މަގަށް އެނބުރި ހިނގައިދާނެ އެވެ. އިހުޒަމާނުގެ ޝާޢިރަކު އެފަދަ އަންހެނާ ސިފަކުރަނީ :

1 ކޭތެ ދެވެއެކުން ހަޑި       2 ނޭނުވާޔާ ޅެމުން އަޑި  
3 ބޭރުން ވިނަމަ ފުޅެއްބަޑި    4 ހޭނޭނުހޭ ކަނޑޫ ދަނޑި
5 ޅޭގޮމަފު ހީކުރަނީ ލާތެ     6 ރޭ އަލފާނު މެލާތެ

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ