އަދުގެ ޚާއްސަ

Print

ރީތި ދިވެހިރާއްޖެ

ޝާޢިއުކުރީ Administrator3 . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ޢަލީ ޝަރީފް/ ފިލިގަސްދޮށުގެ ކ، މާލެ

އުދުހުމުން ހީވޭމަތިން ހާރެއްއޮތީހެން ކަނޑުމަތީ.

       ހުދުފަށެއް ރާޅުގެ ފޮނުން ހެދެމުންދެޔޭ ފަރުތައްމަތީ.

ކަނޑުނުލުން މަޑުފެއްސަކަށް ލޮނުގަނޑު ބަދަލުވާ ގޮތްއޮތީ.

       ދަނޑުތަކާ ފެހިރުއްތަކެއް ހެދިފޯދިފާ ނަލަކަންމަތީ.

މަޑުމަޑުން ގޮނޑުދޮށްތަކަށް ދާ ރާޅުތައް ފެންނަންއޮތީ.

       އަޑުތަކުން ދުރުހެލިވެފާވާ ހަނުހިމޭން ކަމުގައި އޮތީ.

އުދުހި އައި ކަނޑުދޫނިތައް ގޮވަމުން އުފާވެރިކަންމަތީ.

       ހުދުވެލީގައި ދުވެއުޅޭ މަންޒަރު ދެކޭށޭ، ތުނޑިމަތީ.

ފެނުނު ހުރިހާ ވިލުތަކާ ހުދުސާފުމޫދާ ގުޅިއޮތީ.

       ފެނުއަޑީގައިހުރި ބަގީޗާ މުރަކައިން ހެދިފާއޮތީ.

ދިރިއުޅޭ މަސްތައް އެތާނގައި ބިރުތަކަށް ބެލުމެއްނެތީ.

       ހިރިތަކާ ގާތަކުގެ ދަށުގައި ފިލަފިލާ އުޅެވެންއޮތީ.

ވާދަކުރެވޭ މަންޒިލެއް މަދުތާކުގައި ނޫނީ ނެތީ.

       ހާދަހާގިނަ ދޫތަކުން ޖައްނަތުގެ ނަންދީފާއޮތީ.

ރީތިކަން ދެކިލާ އުފާކޮށްލާނެ މިނިވަންކަން އޮތީ.

       ވީތި ދުރުގައި މީހުނާ ނަލަރީތި ދޮންވެލިގަނޑުމަތީ.

ސާފުތާހިރު ޖައްވަކުން ވައިރޯޅި ޖެހިލާގޮތް އޮތީ.

       ސާފުކަންހުރި ރަށްތަކަށް، މަތިވެރި ލަގަބު ލިބިފާއޮތީ.

(ނިމުނީ)

އިދާރާ

ވާހަކަ