އަދުގެ ޚާއްސަ

Print

މިޢުރާޖު މައުލޫދު

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ އަރުޝީފު


{auto}miuraj-maulood.xml{/auto}

ފަންވަތުގެ ބަހެއް


މިޢުރާޖު މާލޫދަކީ، ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި ކިޔެމުން އަންނަ މަޝްހޫރު މާލޫދެކެވެ. މި މާލޫދު ލިޔުއްވީ ނުވަތަ ތަރުޖަމާ ކުރެއްވީ ކޮންބޭފުޅެއްކަމެއް އަޅުގަނޑުމެންނަށް އަދި އެނގިފައެއް ނެތެވެ. ކިޔައިދެއްވައިފައިވަނީ، މއ. މާގަސްދޮށުގޭ އަލްފާޟިލް ޢަބްދުﷲ ޙަސަނު (ހޮޅުދޫ ޢަބްދުﷲ) އެވެ.
  ފަންވަތުގައި ''ދިވެހި އަރުޝީފު''އެއް  ހަދައި، އެ އަރުޝީފަށް މި މާލޫދު ލެވިފައި މިވަނީ  ކޮންމެހެން ދީނީ އެއްޗެއްގެ ގޮތުގައެއް ނޫނެވެ. އެކަމަކު ޒަމާންވީ ދިވެހި އަދަބީ ތަރިކައެއްގެ ގޮތުގަ އެވެ. ކީއްވެގެންތޯ އެވެ؟ މައިގަނޑު ދެ ތިން ސަބަބެއް ދަންނަވައިލާނަމެވެ.

މި ޒަމާނަކީ ދިރާސާކުރުމުގެ ޒަމާނެވެ. ދިވެހި ބަހުގެ މަތީފެންވަރުގެ ކޯސްތައް އެބަ ހިންގެ އެވެ. ދިވެހި ބަހާބެހޭ ގޮތުން މަތީތަޢުލީމު ޙާޞިލުކުރާ އެފަދަ ފަރާތްތަކަށް މި މާލޫދުގައިވާ ބަސްމަގާއި، ހުށަހެޅުމުގެވައްޓަފާޅިއާއި، ދިވެހި އަކުރުތަކުގެ އަޑުތައް އަދާކޮށްފައިވާ ގޮތާއި،  މި ފަދަ ކަންކަން ހޯދައި ދެނެގަތުމުގައި  އެދެވޭ މަންފާއެއް ކުރުން ވަރަށް ގާތް ނޫންތޯ އެވެ. އަނެއް ސަބަބަކީ، ދީނީ ޢިލްމުގެތެރެއަށް އަލަށް ވެދެވަޑައިގަންނަވާ ބޭފުޅުންނާ ގުޅިފައިވާ ސަބަބެކެވެ. އެހެނީ ކައުއިތުރު މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި، އިތުރު އެކަލޭގެފާނުގެ ލޮބުވެތި އާލު އަޞްޙާބުންނާބެހޭ ގޮތުން ދިވެހި ބަހުން ވާހަކަތައް ގެނެސްގަތުމުގައި ދިވެހި ބަހުގެ ރީތި އަދަބީ ހަމަތަކަށް ފެތޭގޮތަށް އަދި ވަކިން ޚާއްޞަކޮށް، އެ މާތް ބޭބޭކައު ކަނބަލުންނަށް ދޭންޖެހޭ ޤަދަރާއި އިޙްތިރާމު ބަސްމަގުން ލިބިގެންދާގޮތަށް، މި ދެންނެވި ފަދަ މިހާރުގެ ބައެއް ބޭފުޅުންނަށް ދިވެހި ބަހުގެ ބަސްމަގު ގެންގުޅުއްވޭތަން ވަރަށް ނުފެނެ އެވެ. އެ ބޭފުޅުންނަށް އެކަމުގައި ދަތިތަކެއް ހުރިކަން،  ދެއްވާ ދަރުސްތަކުންނާއި، ލިޔުއްވާ ލިޔުއްވުންތަކުން އެބަ ފާހަގަ ކުރެވެ އެވެ. ވީމާ އެ ފަދަ ފަރާތްޕުޅުތަކަށް ވެސް ވެދެވޭ އަގުހުރި އެހީތެރިކަމަކަށް އަޅުގަނޑުމެންގެ މި މަސައްކަތްވުން އެއީ ފަންވަތުގެ ހެޔޮ ނިޔަތެވެ.  ތިންވަނަ ސަބަބަކީ، މި މާލޫދުގައި ހުށަހެޅިފައިވާ މަޢުލޫމާތުތަކުގެ ތެރޭގައި އިޞްލާޙު އަންނަން ޖެހޭ ކަންތައްތަކެއް ހުރިކަމަށްވާނަމަ، އެކަމަށް ޝައުޤުވެރިކަންހުރި، ކަމުގެ ޢިލްމީ ޤާބިލްކަން ވެސް ހުރި ބޭފުޅުން ކޮމެންޓުގެ ގޮތުގައި އެ ވާހަކަތައް ހާމަ ކޮށްލެއްވުމުން އާންމު ހޭލުންތެރިކަން ވެސް އިތުރުވެގެން ދިޔައީ ނޫންތޯ އެވެ.

މިޢުރާޖު މަޢުލޫދުގެ މަސައްކަތް ކުރެއްވި ބޭފުޅުންނަށް އެ ބޭފުޅުންގެ ޚާލިޞް ނިޔަތުގައިވާ ގޮތުގެ މަތިން،  މާތް ﷲ ހެޔޮ ދަރުމައާއި، ހެޔޮ ޖަޒާ ދެއްވާށި އެވެ!

ދިވެހިންގެ ތެރޭގައިވާ ދުވަސްވީ އަދަބީ، ޢިލްމީ މަސައްކަތްތައް ހިމަނައިގެން ކުރިޔަށް އޮތްތާނގައި ފަންވަތުގެ ދިވެހި އަރުޝީފު މުއްސަނދި ކުރުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އުންމީދެކެވެ.
         
                                ޝުކުރިއްޔާ!

-    ފަންވަތް -


ހަމަމިގަލަމުން

އިދާރާ

ވާހަކަ